ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ބޭފުޅުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރައްވަން އެމަނިކުފާނު ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ކުރެވިއްޖެއެވެ.
އޭސީސީގެ މެންބަރުންގެ ދައުރު ހަމަވާތީ އޭސީސީ އަށް ފަސް މެންބަރަކު އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ.
އޭސީސީގެ މެމްބަރުކަމުގެ ފަސް މަގާމަށް ކުރިމަތިލާން ކުރި އިއުލާނާ ގުޅިގެން 68 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލިއިރު، ހުރިހާ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެކަމަކު، އޭގެ ތެރެއިން ކޮމިޝަނަށް އައްޔަން ކުރަން ރައީސް ފާހަގަ ކުރައްވާ 12 ބޭފުޅެއްގެ ނަން ވަކިން ފާހަގަ ކުރެއްވި އެވެ.
މަޖިލީހަށް ރައީސް ޞާލިހް ފޮނުއްވި 12 ބޭފުޅުންގެ ތެރޭގައި "ނަޝީދަށް ކަމުނުދާ ބޭފުޅުންތަކެއް އެބަތިއްބެވި" ކަމަށް ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭސީސީ އަށް އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ފަހު ކޮމެޓީގެ ރިޕޯޓް އެކުލަވާލިތާ ހަފްތާއެއް ވެފައި ވާއިރު ވެސް އެރިޕޯޓްގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ތިން ދުވަހެއްގެ މަތިން ރިޕޯޓަށް ބަހުސް ކުރުން މަޖިލީހުގައި ތާވަލް ކުރިއެވެ. ކޮންމެ ދުވަހަކު ވެސް ރިޕޯޓަށް ބަހުސް ކުރުން ތާވަލް ކުރުމަށް ފަހު ޖަލްސާ ނިންމާލާފައި ވަނީ ރިޕޯޓަށް ބަހުސް ނުކޮށެވެެ.
އޭސީސީ އަށް އައްޔަން ކުރާނެ މެންބަރުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ފަހު ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރުން މިއަދުގެ ޖަލްސާ އަށް ވެސް ވަނީ ތާވަލް ކޮށްފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލް ވިދާޅުވީ "ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ކޮންމެވެސް އުކުޅަކުން އޭސީސީގެ މެންބަރު ކަމަށް ނަޝީދު ބޭނުންފުޅުވާ ބޭފުޅުންތަކެއް ގެންނަވަން" ކަމަށެވެ.
"ރައީސް ޞާލިހް 12 ބޭފުޅަކު ސެލެކްޓް ކުރައްވާފައި ވަނިކޮށް އެއިން ބޭފުޅަކު ކަޓުވާލުމަށް އަނެއްކާ އިތުރު ނަންތަކެއް ހުށަހަޅުއްވަން ރައީސް އަށް އަންގަވައިފިނަމަ މައްސަލަ ގޯސްވެދާނެތީ ނަޝީދު މިހާރު ރޭއްވެވުމެއް ރާއްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބެނީ." އޭނާ ވިދާޅުވިއެވެ.
ނަޝީދު މިހާރު ވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުން ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް ކޮމެޓީއެއް އުފެއްދެވުމުގެ މަސައްކަތް ވެސް ފައްޓަވާފައެވެ. އެކޮމެޓީގައި ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެން ކޮމެޓީގެ އިތުރު މެންބަރުންގެ ގޮތުގައި ކޮމެޓީގެ ތަކުގެ މުގައްރިރުންނާއި، ޕާޓީތަކުގެ ލީޑަރުން ހިމަނުއްވަން ނަޝީދު ވަނީ ނިންމަވާފައެވެ.
އޭސީސީ އަށް މެންބަރުން އައްޔަން ކުރަން ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށް ތުހުމަތު ކުރެވިފައި ވާއިރު ސަރުކާރު ހިންގުމުގެ ނިޒާމްގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ވަންނަ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.
މީނަގެ ދުއްތުރާ ޅަމީދަލަކަށް ވުރެ ބޮޑުވާނެ، ގައުމުގެ ރައީސްމީހާ ކަމައް ހެދިގެން އުޅެނީ، މިހެން ހަދަމުންގޮސް އިބޫއަށް ވަރުގަދަ ލޮޓިއެއް ދޭނެ،
މިހާރު ހުރިހާ ކަމެއް އެހިނގަނީ ނަޝީދުގެ ނުފޫޒުން. އެކަކުގެ އަތްމައްޗައް ހުރިހާ ބާރުތަކެއް ދިނީމާ ވާ ގޮތް ދިވެހިންނަށް މާ ދުރުނޫން މުސްތަޤުބަލައެއްގައި އެނގޭނެ. މިހާރު ވަރަށް ފޮނި ބޮޑުވެފައި އެބަ އެނބުރޭ އެންމެން، މާ މޮޅު ކަމެއް ކުރެވުނު ކަމަށް ހީކޮށް.
ތީއާކަމެންނޫނޭ މީނައަބަދުވެސްބަލާނީ ހާމާނުކަން ތައްކުރާގޮތައް
މީނާގެ އަތް ދައުލަތުގެ ކަންކަމުގެ ތެެރެއަށް ބޭނި ވަރަކަށް ކަންކަން ދާނީ ގޯހުން ގޯހަށް މީނާއަކީ ކުރިންވެސް ފޭލްވެފައި ވާ މީހެއް މިކަންކަން މިދަނީ ގޯހުން ގޯހަށް
ނަޝީދު މަޖިލިސް ރައީސް ގެ މަޤާމުގައި އިނދެ މަޖިލިހުގައި ތިބި އަމިއްލަ ސިކުނޑީގެ ބޭނުން ކުރުމުގެ ބަދަލުގައި ހަމައެކަނި ނަޝީދުގެ ސިކުނޑިން ވިސްނާ މެމްބަރުން އެގޮތުގައި ތިބިހާ ހިނދަކު ރައްޔިތުން އިންތިޚާބުކުރި ރައީސް ސޯލިހުގެ ސަރުކާރު ފުރިހަމަޔަށް ހިންގުމަކީ ވާނެކަމެއް ނޫން. މީ ކެނެރީގެއާއި ސިއްކަގެ ގެއާއި ދެމެދު ހިނގާ ފިނި ހަނގުރާމައެއް. ކުރިއަށް އޮތް ތަނުގައި މިހަނގުރާމައިގެ ސިލްސިލާ ހަރަކާތްތަށް މިއަށްވުރެ ފާޅުކަން ބޮޑުކޮށް ފެނިގެންދާނެ. އަދި ނަޝީދު އަޑީގައި ހުރެގެން އެހެން މީހުން ލައްވާ ނުސީދާކޮށް ރައީސް ސޯލިހުގެ ވެރިކަމަށް ކިޔަމުން ގެންދާ ފާޑުކިއުން ނަޝީދުގެ އަނގައިން ފާޅުކަން ބޮޑުގިތެއްގައި ކިޔާތަން ވަރަށް އަވަހަށް ފެނިގެން ދާނެ. ނަޝީދު ދައްކަން ބޭނުންވަނީ ރިޔާސީ ނިޒާމް ކަމުނުދާކަމަށް އަދި ރާއްޖެއަށް ކަމުދަނީ ބަރުލަމާނީ ނިޒާމްކަން. ސަބަބަކީ ރާއްޖޭގައި ތިބި ނަޝީދު ފަދަ ޔާމީން ފަދަ ރައްޔިތުންގެ މެޖޯރިޓީ މީހުންގެ ރުހުމާއި ތާއީދު ނުލިބޭ ފެއިލްޑް ޕޮލިޓިޝަނުންނަށް ރިޔާސީ ނިޡާމެއްގައި ވެރިކަމަށް ކުރިމަތި ލައިގެން ނުހޮވޭނެކަން އެމީހުންނަށް އެނގޭތީ ވެރިކަމަށް އެމީހުންނަށް އާދެވޭނެ ހަމައެކަނި ގޮތަކީ ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށް ވާތީ.
އަދި ވެރިކަން ހިނގާ ބާރުގެ ތެރެއަށް ނަޝީދު އަޑީގައި ހުރެ މަޖިލިހުން އަތްބާނައިގެން ރައީސް ސޯލިހްގެ ވެރިކަން ހިންގުނަނުދީ ސްލޯ ސްޕީޑަކަށް ވައްޓާލައިގެން މިއުޅެނީ ރައީސް ސޯލިހުގެ ޝަޙްސިއްޔަތަކީ ރައްޔިތުން ބަލައިގަންނަ އަދި ވަރަށް ޕޮޕިއުލާ ޝަޙްސިއްޔަތަކަށް ވަމުން ދާތީ އެކަން ނަޝީދަށް ހަޖަމު ނުކުރެވިގެން. މަޖިލިސް މެޖޮރިޓީ ހޯދީކީ ރައިސް ސޯލިހުގެ ވެރިކަން ހިނގަން އެހީތެރިވާކަށް ނޫން. އެއީ ރައީސް ސޯލިހުގެ ވެރިކަމުގައި އޮބިއަޅަން! މަޖިލިސްގެ ސުޕާރ މެޖޮރިޓީ ދިނުމުގެ ހިތިރަހަ މިފަހަރު ރަންގަޅަށް ލާނެ.
މިޤަވްމަށް ހަމަޖެހުމެއް އަންނާނީ ޢިއްޒަތްތެރިންގެ ގޭގެ މޭޒުދޮށުން ނުކުމެގެން އޮތްހާ ތަނަކު ދުވެ ނުބެހޭ ކަންތަކާ ބެހޭ މިކީ މައުސެއްހެން މިއުޅޭ ކަލޭގެ މަތަކޮށްގެން.
ޓަގުބެ ނަގާފަ ރާއްޖެ ދެކުނު އެންމެ ކޮރަޕްޓް ބޭފުޅަކީ ކެނެރީ ނަޝީދުކަން އަޅުންމެން ފާހަގަކުރަނީ އުފަލާއި ފޯރިޔާ ޖޯޝާއި ޔަގީންކަމާއި އެކު
3ބާރު މުށަށްލައްވައިގެން މަނިކުފާނު ތިއުޅުއްވަނީ އަޅުގަނޑުމެންނަށް ކިހިނެއް ހައްދަވާނަމޭ ހިތާތޯ؟
ނުފޫޒު ފޯރުވޭވަރު މީހުންނަށްދޯ އެކަން ވާނީ ..... ???
މިގައުމުގައި މި ބުނާ އައްނި ސައިޒް ކޮށްލެވޭނެ މީހަކު ނުވަތަ ބަޔަކު ނެތީބާ އެހެންވެއްޖެކަމައް ވަނީނަމަ ގައުމު ގެއްލިހިނގައިދާނެ..މީވަރައްވާހަކަ..
ކޮބައިތޯ މައްސަލައަކީ މިހާރުގެ މަޖިލަީހަކީ ހިންގުންތެރި މަޖީހެކެވެ ކޮންމެކަމެއް މަޖިލީހުން
ހައްލުކުރާނެއެވެ މަގުހެދުމާ ނަރުދަމައާ ބަނދަރު
ގެދުމާ މަސްވެރިން ބާނާމަސް ގަތުމާއި މިހެން
ގޮސް ދެންކިޔާނެކަމެއްނެތް އިނގޭތޯ ފަނޑިޔާރުނގެ މައްސަލަތައްވެސް ފްޓްބޯޅަ ކުޅުން
ތެރިންނަށް އިނާމުދިނުންވެސް އަދި ކޮބާއި މީހަކަށް އާސަންދަ ނުލިބުނަސް މަޖިލީހުގެ ރައީސަށް ހުށަހަޅުއްވަންވީ އެމަނިލުފާ އެކަމެއް
މަޖިލީހުގެ ތެރެއިން ހައްލުކޮށް ދެއްވާނެ އިގޭތޯ
ކިހާ ހިންގުންތެރިތޯ ރެއެއް ދުވާލެއް ބެއްލެވުމެއް
ނެތި އެހިންގަވަނީ ކިހާ މޮޅަކަށްތޯ.
ނޫނޭ އެބަތިބި ތިކަލޭގެ ސައިޒުކޮއްލާކައް އިރާދަކުރެއްވިއްޔާ އެއްވެސްކަމެއްނޫން ކުރީގަވަސްއޮން ނާނީ ސައިޒުކޮއްފަ އަދިމިތިބީމަޑު މަޑުން
އަންނި ބޭނުންވަނީ އެމްޑީޕީގެ ނާއިބްރައީސް ޝިފާޒްގެ ކޮއްކޮ ޒީނިޔާ އޭސީސީ އަށް އައްޔަނުކުރަން. ރައީސް އިބޫ ފޮނުއްވި ނަންނަތަކުގެ ތެރޭގައި ޒީނިޔާގެ ނަން ހިމެނިފައިވީ ނަމަވެސް ކޮމެޓީއިން ނަންތައް ދިރާސާކޮށް މާކްސް ދިނުމުން، ފާސްވާ ވަރަށް ޒީނިޔާ އަށް މާކްސް ލިބިފައި ނުވޭ.
ބަލަ އޭނާއަށް އެހާ ނުފޫޒު ގަދަކުރެވެންވީ ކީއްވެބާ؟ އޭނާއަކީ ވަކި ކާކުތަ؟ ތިޕާޓީގައި ހަމަ ނެތީތަ އޭނާ ޒައިޒުކޮށްލާނެމީހެއްވެސް؟ މީނާ މިހާވެއްޖެނޫން މިޤައުމަށްހުރި ނުރައްކަތެރި ކެންސަރަކަށް؟؟؟؟؟؟؟؟؟؟؟
ޢެކަންވާ އެގިއްޖެ. ހަވަނައިގަ އޮތް ނިޔާޒު އިބްރާހިމް ނުނަގާ ހަތްވަނައިގަ އޮތް މީހަކު ނެގީމަ. އިންސާފުގެ ބަފާތީ. އެގަންޖާ 19 ވަރަށް ތަފާތު. ނިޔާޒޫ ކަލޭ ހަތަރެސްފައި ޖަހާ.
މީނާގެ ދުއްތުރާ މުޅިގައުމަށް ފޯރާންފަށައިފި