އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހައިރާންވާފަދަ ގާބިލްކަމެއް ދެއްކި ޚިދުމަތްތެރިއެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ސުޝްމާ މަރުވުމާއި ގުޅިގެން ރައީސް ޞާލިހް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޝްމާ މަރުވުމަކީ ލިބުނު ވަރަށް ބޮޑު ޚިތާމައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތައުޒިއާ ސުޝްމާ ދެކެ ލޯބިވާ އެންމެނަށާއި، އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާގެ ރައްޔިތުންނަށް ފޮނުވަން. ސުޝްމާ އަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހައިރާންވާފަދަ ގާބިލްކަމެއް ދެއްކި ޚިދުމަތްތެރިއެއް. އަދި އެކްސްޓާނަލް އެފްއާޒް މިނިސްޓަރުގެ ގޮތުގައި ރާއްޖެ އަށް ލިބުނު ވަރަށް ރަނގަޅު ރަހުމަތްތެރިއެއް." ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ސުޝްމާ އަކީ ހަޤީޤީ އިންޑިއާގެ ދަރިއެއް ކަމަށާއި އޭނާގެ ހަނދާންތައް އަބަދަށް ދެމިގެންދާނެ ކަމަށެވެ.
Sad at the passing of @SushmaSwaraj. Our condolences to her loved ones, @PMOIndia and people of India. She was a public servant of extraordinary caliber and as External Affairs minister, a great friend of the Maldives. She was truly India’s daughter and will be greatly missed.
— Ibrahim Mohamed Solih (@ibusolih) August 6, 2019
ސުޝްމާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ރޭގެ ވަގުތެއްގައެވެ.
ރައީސް ޞާލިހް ސުޝްމާ އަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވާފައި ވާއިރު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހާރީޖީ ސިޔާސަތު އިންޑިއާ އިން ބޭނުންވާ ގޮތައް ބައްޓަން ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއިރު ހާރިޖީ ވަޒީރު ކަމުގައި ހުންނެވީ ސުޝްމާ އެވެ.
ސުޝްމާ އަށް ހާޓް އެޓޭކެއް ޖެހުނީ އިންޑިއާ ސަރުކާރުން ކަޝްމީރުގައި މުސްލިމުންނާއި ދެކޮޅަށް އަލަށް ހިންގަން ފެށި ޖަރީމާއަށް ތާއިދު ކުރިތާ ތިން ގަޑިއިރު ފަހުންނެވެ.
ސުޝްމާ އަކީ އިންޑިއާގެ ހާރިޖީ ވަޒީރުކަން ކުރެއްވި ދެވަނަ އަންހެން ބޭފުޅާ އެވެ.
ތިޔަބެފުޅަަާވެސް ދިވެހިންނަށް ތިޔަހުރިގާބިލުކަންދައްކާލަންވިނިު ތިޔައިހަގިގިދިވެއްސެއްކަންޘާބިތުކޮށްދެއްވަބައްލަވަ
ސުޝްމާއަކީ މުސްލިމުންނަށް ހުރި ބޮޑު ހަތުރެއް
އުފާކުރަމެ ކާފަރު ސުސްމާ މަރުވެދިއައީމާ
ކާފަރަކު މަރުވުމުން ތައުޒިޔާކިއން ދީނުގަ އޮވޭތޯ މިތިބަ ދިވެހި މުސްލިމުންނޭކިޔާ އުޅޭ ވާނުވާ ދީނުގާ ނޭގޭ ބަގައަށް އިމުރާނު ނުވޭހޭ ކިޔާދެކަށް ކަލޭ. ފިތި ނަގޫ އިދެ ގޮޑިޔަށް ބޮޑުކަމު ދެވުނަސް ޖެހެނީ ކަލޭ ހަމަ ރޯން. ތިއަށް ކިޔަމެ އަހުރެމެން ބަސްނުވިކޭ ދިރުނބާ އޮޑކޮޅަށް އެރުމެ ގައިމުތާ
ގެރީގެ ދިފާޢުގައި ތިބިބަޔަކަށް މިއީ ހިތާމަވެރިޚަބަރެއް.
ސޭހުންނޭވެ، ލާދީނީ ކިޔަނީ އިސްލާމްދީނަށް ނަސްރު ނުދީ އިސްލާމުންނަށް ދެރަގޮތް ވުމަށް އަމަލާއި ބަހުން އަތުކުރިއޮޅާގެން ތިބެ މުސްލިމުންނާއި ހިތް ހެޔޮނުކުރާ މީހުން ނޫންތޯ؟ މުސްލިމުންނަކީ އަހުންތަކެއް؟ ވީއިރު އިންޑިޔާ މުސްލިމުންނަށް ދެރަގޮތް އެދޭނީ ލާދީނީ މީހުން ނޫންތޯ؟ އެހެންވީމާ މިސަރުކާރު ލާދީނީ، އަދި އެމްޑީޕީ ލާދީނީ ނުވެ ސަލާމަތް ވާނެތޯ؟ ދެން އަތްޖަހާ
އެއްކަލަ މޯދީ އިންޑިއާ އަށް ވިކިފައި ތިބި އެމްޑީޕީގެ އިސްވެރިން.
މިހާރު މިއޮތް ރީނދޫ ސަރިކާރު ގެނެސްދިނުމުގައި އެ ދައިތަ އަކީ ވަރަށް ޚިދުމަތްތެރި ޑަކާތެއް. އޭނަގެ މޭސްތިރި ކަމުގެ ދަށުން އިންޑިއާ އިން ކަޝްމީރާއި ދިވެހިރާއްޖެ އަޅުވެތި ކޮށްފި. އެއްވެސް ބޭނުމެއްގައި މި ދިވެހިރާއްޖެއަށް އަރާ އިންީއާގެ ޕޮލިހެއް، ސިފައިންގެ މީހެއް މިްައުމުން ދެން ބާލާކަށް ލާހިކެއް ކުޅަދާނައެއް ނޫން. ފޭކު އިންޑިޔާގެ މޮޔަ ރާޑަރުތަކަށް އަދީބު އެއްބޯޓުން އަނެއް ބޯޓަށް ބަދަލުވި މަންޒަރު ނުހޯދުނުއިރު މިޤައުމުގެ ސަލާމަތީ ކަންކަން އެ ރާޑަރުތަކުން ނުބެލޭނެ ކަންވެސް މިރާއްޖޭގެ ރައްޔިތުން ޤަބޫލުކުރަން އެބަ ޖެހޭ.
އަންނި އެރުވި ހެލިކޮޕްޓަރ ބަލަހައްޓާ 40 ސިފައިން ޔާމީނަށް ނުބޭލުނީ ކީއްވެތޯ ރައްޔިތުން ވިސްނައިލައްވާ! އަދި މޑޕ ސަރުކާރުން އެ ޢަދަދު އެތައް ގުނައަކަށް އިތުރު ނުރަނީ. "ހޭލާށޭ ރައްޔިތުން".