މިސަރުކާރަށް އަދި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއުތިރާފުވެ ވަޑައިގެންފިއެވެ.

އެއްވެސް ކަމެއް މި ސަރުކާރަކަށް ނުކުރެވޭ ކަމަށް މިނިސްޓަރ ނަހުލާ އިއުތިރާފުވެ ވަޑައިގެންނެވީ ވެހިކަލްތަކުގައި ސްޓިކާ ޖަހާ މައްސަލައިގައި މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

ހެލްމެޓް އަޅަން މަޖުބޫރު ކުރުން ފިޔަވައި އިތުރު އެއްވެސް އާކަމެއް މިސަރުކާރަށް ކުރެވިއްޖެތޯ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން ނަހުލާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ އާކަންތައްތަކެއް ކުރަން ނޫން ކަމަށެވެ.

"ކަމެއް ކުރެވޭނީ ހާވަފައި ހުރި ހަޑިއެއް ސާފުކޮށް ގެން. މުޑުދާރު ވެފައި ހުރި އެއްޗެހި ސާފު ކުރުމުގެ މަސައްކަތް މިކުރަނީ. ހަޤީޤަތުގައި ކުރަން ހުރި ކަންތައްތަކުގެ ޕްލޭން އަދި ކުރެވެނީ. އެއްވެސް ކަމެއް ރަނގަޅަކަށް ކުރެވޭ ކަމަކަށް ނުވޭ. ކުރެވޭ ގޮތެއް ނުވޭ. ބަޖެޓަށް އެބަ ބަލަން ޖެހޭ. ލާރި އެބަ ހޯދަން ޖެހޭ. ދެން ހުރި ކަންތައްތައް ކުރަން ޖެހޭ. މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފެނިގެން ދާނެ." ނަހުލާ ވިދާޅުވިއެވެ.

މާލޭގައި އުޅަނދު ފަހަރު ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޮޓޯ ސައިކަލް ޕާކު ކުރުމަށް އެއްހާހާއި ފަނަރަސަތޭކައާ ދެމެދުގެ ޖާގަ އަދި، ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް އެއްހާސް ޖާގަ މާލޭގައި ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ނަހުލާ މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ގައްބެ

  ޔާމީންގެ ސަރުކާރުން މަސައްކަތްތައް ކޮށް ނިންމާފަ އަދި އޮތީ ސައިޓް ސާފްނުކޮށް މި މީހާ އައިއިރު! އެހެންވެ ސައިޓް ސާފްކޮށްފަ ރިބަން ދަމަފަ ކަނޑާލީމާ އެއޮތީ ހަޑި ފިލުވެފަ! ގރބއ ބަލަ މަރުމޯލާ!

  169
  15
  • ގާސިމު

   ޔާމީނު ހާވާފަހުރި ހަޑިތަށް ސާފުކުރަން މިޖެހުނީ އަހަރުމެންނާއޭ. ބަލަ ޔާމީނުގެ ކަންނެތްކަމުންނޭ އޭނާޔަށް މިތަން ސާފުކުރަން މިޖެހުނީ. ގައްބެ މޮޔަފުޅުވީތޯ.

   19
   118
   • Anonymous

    ކަން ނެތް މީހުނާ ކަން ހުންނަ މީހުން ފެންނާނެ، މާލެއާއި އަތޮޅުތަކުގެ ފަރާތް ފަރާތަށް ބަލައިލުމުން. ބުރިޖާ، 25 ބުރީގެ އިމާރާތްތަކާއި، ބީޗްތަކާއި، ރިސޯޓްތަކާއި، ހިއްކި ބިންތަކާ، އެއަރޕޯޓްތަކާ، މަޝްހޫރު ފުޑް ޗެއިންގެ ފިހާރަތަކާއި، މަޝްހޫރު ބްރޭންޑްތަކާއި، ބޮޑެތި ސުކޫލްތަކާ، މިހެން ގޮސް ނަންހުސްކޮށް.

    105
    4
   • ކައްތިރި

    ސޭޓް ގެ އަންހެނުން މިނިސްޓަރ ކަމާ ހަވާލު ވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީ ހުރި ނަމަތާ ޔާމީނު ހޭވި ހަޑި ހުންނާނީ؟ ނަހޫ ހަމަ ހެނެއް ހީއެއް ނުވޭ

    57
    2
  • ކާސިމު

   މަސައްކަތް ނިންމި ތނުން އީސީ ސަރީފް މެދުވެރިވެގެން އިންޑިއަގެ ފައިސާއިން ވެރިކަން ބަދަލު ކުރީނު؟ ތަނެއް ހެދުމަށް ވުރެ ހަދާ ނިމުނީމަ ސާފުކުރުން ބޮޑުކަމަކަށް ވަނީ؟ ރނގަޅު. އެބައެއްގެ ލެވެލްއިން ކަންކަން ވަނީ.

   72
 2. ނަފާ

  ކަލޭހޭވި ހަޑި ފިލުވާލާފަ އެހެން މީހުންގެ ވާހަކަދަށްކަން މާތާހިރުވާނެ.

  151
  4
  • ސީޑީ

   ކުރީ ސަރުކާރުން ހެދި ޕާކިންގ ސިސްޓަމްތައް ކޮބާ؟ އެ އެއްޗެހި ބޭނުން ނުކުރަން ތިއުޅެނީ ރީދޫ ކުލަ ލާފަނެތީމަތޯ؟

   131
   4
   • Anonymous

    ނަހުލާ ދަންނަ ސިސްޓަމެއް ނޫނޯ އެއީ. އޭނައަށް އެނގެނީ، ތަޅުންއެޅި ޕާކިންއޯ.

    72
    1
  • ޑގ

   ނަހުލާ އަސްލުވެސް ވަރަށް މޮޅު. އެއްކަމެއް ނުވިޔަސް މަޖިލީހަށް ގެނައީމަ ޔާމީނާ ބެހެލަނިކޮށް ސުޕަރ މެޖޯރިޓީއަށް ތިވާނެ ހަމަ ރަންގަޑަކަށް. ޢަސްލުވެސް ހަމަ ސާބަސް....

   62
   2
 3. ދިވެއްސެއް

  މި ސަރުކާރުގެ ކޮންމެ މިނިސްޓަރަކަށް ވެސް ހީވާ ކަހަލަ މަޖިލީހަށް އައިސް ޔާމީނާ ދިމާއަށް އެއްޗެއް ބުނެވުނީމަ ދެން އެ ޒިންމާ އަދާކުރެވުނީއޭ. އެމްޑީޕީގެ މޮޔައިން ހެއްދުނީއޭ. ދެން މަގާމުގަ ހުރެވޭނޭ އެއްކަމެއް ނުކުރިޔަސް. ބަލަންތިބޭ ވާގޮތް.

  129
  4
 4. ސީދި

  ކަމަނާ އެވިދާޅުވީ ރަނގަޅަށް. ތަރައްގީ މާނަ ކުރަންވީ އެންމެ ގޮތަކަށްނޫން.

  14
  79
 5. Anonymous

  ދުނިޔޭގެ ހުރިހާ އިލްމުވެރިން އެއްބަސްވާ އެއްކަމެއް އޮވޭ!!! ތަޖުރިބާ.. ނަހުލާގެ ތަޖުރިބާއެއްނެތް. ދެން މާމޮޅު މީހަކަށްވެގެން ފިރިމީހާ ޕާޓީގެ ތެރެއަށްވަދެ ތިމާގެ ނެތް ފެންވަރު ދައްކަން ބޮޑު މަގާމެއްގައި، ހުއްޓަކަސް ކަމެއް ނުކުރެވޭނެ. ތަޖުރިބާއެއް ނެތް. އެކައުންޓިންގ ސެޓްފިކެޓެއް އޮތަކަސް ކައިބޮއެގެން އުޅުނީ މީހުން ދިނުމުން... މަސައްކަތެއް ކުރަންޏާ ފެޝަން އިންޑަސްޓްރީއަށް ނުކުމެބަލަ. ބިއުޓީ އޮޕަރޭޝަންތައްކޮށް ސިފަ ބަދަލުކޮށްގެން އުޅޭ މީހުން އުޅެނީ އެއިންޑަސްޓްރީގަ. ޕަބްލިކް ސަރވިސްގައި އުޅޭނީ، އަބުރާ އިއްޒަތާ ތައުލީމާ ތަޖުރިބާ ހުރި ވެރިން.

  107
  9
 6. އައްޑޫ މީހާ

  ތޫނު ރޭޒަރަކާއި ނަރުބުރުހެއް ހިފައިގެން ދާންވީދޯ ހަަޑި ފިލުވާލަދޭން ކަމަނާއަށް ލައްކަ ހަޑިފެނިފަތާ ހުންނާނީ

  92
 7. ބޮޑި

  ކަމަނާ އަށް ނޭގޭނެ ހަޑިވެފަ ހުއްޓަސް ކާސިމްްު ބެ ޖެހޭނީ ލޮނުހޭވަރުކުރަންް

  88
  1
 8. ލަޔާ

  މީހާގައި ކަމެއްނެތްވާހަކަ ނުބުނާތި ކޮންމެވެސް. ހައްތާވެސް ކުރީގެ ސަރުކާރު އޭރުގެ ސަރުކާރު ކިޔަަކިޔާ ތިބޭ! 32 ބިލިޔަން ރުފިޔާގެ ބަޖެޓަށް ވީގޮތެއް ބުނެބަލަ ހަޑި ސާފުކުރުމުގެކުރިން

  101
  1
 9. އާމިން

  ކީކޭ ކިޔަންކަމަށް ތިއުޅެނީ. ގާސިމާދިމާލާށް ބޭނުންހާ އެއްޗެއް ގޮވުނަސް ރައީސް ޔާމީނަކީ ކަލެއާ އަރަފޯދިގެންވާ މީހެއް ނޫން. އެނގިއްޖެތަ

  122
  4
  • Anonymous

   ތެދެއް. ރައީސް ޔާމީނަކީ، މިފަދަ ކުނި މުޑުދާރު، މުދަލުގެ އަޅުން އަމުދުން، ތަހުޒީބެއްނެތް، ގަދަރެއްނެތް މީހަކާ އެއް ޖުމްލައެއްގައި ނަން ލިޔެވޭވަރަށްވުރެވެސް، އިލްމީގޮތުންނާއި، އަޙްލާޤީގޮތުންނާއި، ތަޖްރިބާގެ ގޮތުންނާއި، ރައްޔިތުންނަށް ބޭނުންވާ މުހުތާދުތައް ފިލުވާލަ ދެއްވުމުގެ ގޮތުންނާއި، އާއިލީ ގަދަރުން މާ މަތީގައިވާ މީހެއް. މިތިބަ މުޑުދާރު ގޮތްކުޑަ އަންހެނުން ކޮން ހަޑިއެއްގެ ވާހަކަ މިދައްކަނީ.

   58
   3
 10. ފަތިފުއް

  ނަހުލާ އެނގޭތަ ރައީސް އަބްދުﷲ ޔާމީން ހާވާފސހުރި ހަޑިއެއްވިޔަސް ހާވާފަހުރި ބޭނުންކުރެވޭ ރަނގަޅު ކަންތައްތައްވިޔަސް ނަހުލާ އަކަށް އެއަކުންފިލުވޭނެ އެއްޗެއްނެތް އެއަށްވުރެ މާ ރަގަޅު ވާނެ އޮނަބަލް ޤާސޮމު މިޤައުމުގަ ހާވާފަހުރި ހަޑިމުޑުދާރު ކަންތައްތައް ސާފުކޮށް ރައްޔިތުންނަށް ފައިދާހުރި ކަމެއްކޮށްދޭން އުޅުނިއްޔާ

  50
  1
 11. ބޮންދު

  20 އަހަރު ވެފައިވާ ޓެކްސީ ތަކުގެ ހުއްދަ ބާތިލްކޮށް ޓޯކުރުމާއި، ގަވައިދާހިލާފަށް ޓެކްސީކުރާ ޓެކްސީ ތަކުރާރުކޮށް ނަސޭހަތްދީ ޖޫރމަނާ ކުރުމާއި، އެވަރުން ވެސް ގަވައިދާ ހިލާފް ވާނަމަ ޓެކްސީ ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފާއްޓާ، އިތުރަށް ޓެކްސީ ކުރާނަމަ ހުއްދަ ބާތިލް ކޮށްބަލަ. ޢައިޝާ މާލޭ ކުކިވެސް ކޮންޓްރޯލްކޮށްދީ

  29
  1
 12. ނިޒާމު

  ޟމިމީހުން މިނިސްޓަރުންނައްވުން މީގެއިން އިނގެނީ މިހާރު ގައުމު މިއޮތީ ހަލާކުވެފަކަން އަދި ކޮބާތީ ވަލީދާ މޮހަންމާކަލޯ ..މިއަޅެ ފިލްމު އިންޑަސްޓްރީއެއްތަ..ކޮއްކޯ މިއީ ގައުމެކޭ..އަދިކޮބާ އަލީ އާޒޮމެކޯ ބައްޕަގެ ކުލަބު ހިންގަންދިނީމަ މުޅި ކުލަބުގައި ހިންގުމައް ހުރި ބަޖެޓްކާލައިފަ ކުލަބު ވިއްކާލީ...ދެންވިސްނާ މިވެރިންނައް ހިންގޭނެ ގައުމެއް..

  33
  1
 13. Anonymous

  ޢައިސާދީ މާލޭ ކުލިވެސް ކޮންޓްރޯލްކޮށްދީބަލަ. ކަނބުލޮހާ މުއްސަންޖެއް ނޫނޭ އެންމެން

  37
  1
 14. މާމަ

  މިއީ ޔަހޫދީންގެ ވައްތަރެއް.ތިމާގެ ކަންތައް ވަންހަނާކުރަން އެހެންމީހުންގެ ވާހަކަ ވަރަށް އަޑުލާ ދައްކާނެ.

  41
 15. ގުއިދައިތަ

  ޤާބިލް ނޫން މީހުން މަތީ މަޤާމްތަކާއި ޙަވާލުވެތިބުމަކީ ފަހު ޒަމާނުގެ އަލާމާތެކޭ އިލްމުވެރިން ބުނާތީ އަޑު އަހަން. މިހިރަ ފެންނަނީ އޭގެ ލާމަސީލު މިސާލެއް.

  42
 16. ޒުހޫރު

  ކަނބުލޮ ހަޑިހޭވުމަކީ ކޮބައިކަން ކަނބޮލޮ އަށް އެނގޭތަ؟ ހަޑިހޭވިއްޔާ އެނގޭނެތަ؟ ކަބޮލޮގެ ނުހުންނާނެ ކުރީ ސަރުކާރުގެ ކޯޑިނޭޓަރެއްގެ ފެންވަރުވެސް... ނުވާނެ ކަމެއް ނުކުރެވެނެ އެއްވެސް ކަމެއް ކަނބޮލޮ އަކީ ދުވަހަކު ވަޒީފާ އަދާކުރި މަންޖެއެއްެވެސް ނޫން ދެން ކޮން މިނިސްޓަރު ކަމެއް ވާނީ ކަނބުލޮއަށް ވާނުވާ އެނގޭތަ... ހެހެހެ

  42
  1
  • އަންހެނުން

   އަސްލުވެސް މީނަޔަށް ހަމަވާނުވާނޭގޭ. ފައިސާގެ ފަހަތުން އަދިވެސް މިދުވަނީ. އެއްވެސް ފެންފަރެއްނެއް. ކިޔަވައުގެން ތިބި މީހުނާ މަގާމުތައްހަވާލުކުރަން ވެއްޖެނުން މިހާރު. މިހަކަލަ މީހުން ލައިގެން ރާއްޖޭދާނީ ހައްތާ ފަހަތަށް. އެއްވެސްކަމެއް ރަނގަޅެއްނުކުރެވޭނޭ ތައުލީމާއި ތަޖުރިބާނެތި.

   35
   1
 17. ގަބޫރު

  ގަރުނުގެ ބޮޑު ވަގު ޔާމީނު އެގިއްޖެ!!!

  4
  52
  • Anonymous

   ގަރުނުގެ ބޮޑުވަގު އެބައިން ހިނދުކޮޅެއް އައިސްގެން ތަހުތުގަ ވެޑުވިފަ އެގިއްޖެ!!!!

   15
 18. އައްޑޫސިޓީ

  ތިސުވާލުތައްކުރަން މަށައްފެންނަނީ އިބޫސާލިހު މަޖިލީހަށް ހާޒިރުކޮށްގެން. މިހެން ބުނަންމިޖެހުނީ އޭނަމަގާމުދީފަ ތިބިމީހުންނަށް ކަންކަން ނުވެގެން އުޅެނީއެމީހުންގެ ނާގާބިލްކަމުންތޯ ނޫނީސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާނެފައިސާ ނެތީތޯ ނޫނީސަރުކާރުގެ ގާބިލްކަމެއް ނުވަތައިޚުލާސްތެރިކަމެއް ނެތިގެންތޯ ކަނަކަން ނުކުރެވެނީ. އޭގެފަހުން މިނިސްޓަރުން ހާޒިރުކޮށް ސުވާލުކަރަންވީ!

  37
  2
 19. ހަސީން

  ތިސުވާލުތައްކުރަން މަށައްފެންނަނީ އިބޫސާލިހު މަޖިލީހަށް ހާޒިރުކޮށްގެން. މިހެން ބުނަންމިޖެހުނީ އޭނަމަގާމުދީފަ ތިބިމީހުންނަށް ކަންކަން ނުވެގެން އުޅެނީއެމީހުންގެ ނާގާބިލްކަމުންތޯ ނޫނީސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާނެފައިސާ ނެތީތޯ ނޫނީސަރުކާރުގެ ގާބިލްކަމެއް ނުވަތައިޚުލާސްތެރިކަމެއް ނެތިގެންތޯ ކަނަކަން ނުކުރެވެނީ. އޭގެފަހުން މިނިސްޓަރުން ހާޒިރުކޮށް ސުވާލުކަރަންވީ!

  26
  1
 20. ކިހާ ދެރަކަމެއް

  ނަހުލާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ އާކަންތައްތަކެއް ކުރަން ނޫން ކަމަށެވެ.
  އެކަމަކު ބުނެފި މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފެނިގެން ދާނެޔޭ.. ކޮންމެސް އެކަައްޗެއް ކިޔާބަ ނަހޫ

  33
  • އެހެނަސް

   އޭނަޔަށް ފުރަތަމަ ވާނުވާ އެގޭބާ؟ ކިޔޭނުކިޔޭއެއްޗެއްނޭގޭ. އުޑެއްބުޑެއްނޭގޭ މީހުން ގައުމުގެ ކަންކަން ނިންމަންލީމާ ރައްތިތުންނަށް ގެއްލުންވާނީ. ކިޔަވައިގެން މިނިސްޓްރީތައް ހިންގޭ ފެންވަރުގެ ދިވެގިން އެވަތިބި ވަޒީފާއެއްނުލިބި. ސަރުކާރުންބަލަނީ މިކަހަލަ ގާމާރުމީހުން ގެންގުޅެވޭތޯ.

   31
 21. ވާނުވާ

  ނުކިޔަވާ ހުރިމީހަކަށް މަގާމުދިނީމަ ވާނެގޮތް ތިފެންނަނީ.

  37
  2
 22. ހޭންޑްސަމް

  ނޫހުގަ ހެޑުލައިންޖަހާފަ ބޭނުންވި ގޮތަކަށްނޫން ކޮމެންޓުތަށްއައީކީ. ޔާމީނަށް ތަބާވާ މީހުން ޚަބަރު އެއްކޮށްކިޔާފި. އަދި އެމީހުންގެ ރުޅިގަނޑު ފަޅާގެން ހިނގައްޖެ ޔާމީނަށް ފާޑުކިޔުމުން. އެކަމަކު މަވެސް ހަޤީގަތަށް އެއްޗެއްބުނެލާނަން. ތި މިނިސްޓަރުގެ ރީތިކަމާއެއްވަރަށް އެމަންޖެ ކަންކަން ހާސިލުކުރަންވެސް ފަށައިފި. އެކަމާހެން ހީވަނީ ޔާމީނުގެ އައުވާނުން މިހާރުޅިއެއް އައިޝާދެކެ އައިސްގެން މިއުޅެނީ.

  5
  36
  • މޭބީ

   ހަމަނުކިޔަވާ ހުރިމީހެއްވީމަ ވާނުވާ ނޭގެނީ. ރީތިހާއެއްޗަކީ ރަނެއްނޫ.

   29
   1
  • މަގާމް

   މިނިސްޓަރުގެ މަގާމަށް މީހުން ހޮވަންޖެހޭނީ ރީތިކަމަށް ބަލާފައެއް ނޫން. ބަލަންޖެހޭނީ އެމީހެއްގެ ތައުލީމަށާއި ތަޖުރިބާއަށް. އިބޫ ސޯލިހުގެ ވަގު ސަރުކާރުގެ މިނިސްޓަރުންނަކީ ބޭރުފުށުން ހޮޓްވެގެންނާއި އާއިލީގޮތުން ގުޅޭތީ ހޮވާފައިވާ ބައެއް. އެމީހުންގެ އެއްވެސް ގާބިލްކަމެއްނެތް. ކުރަން އެގޭހާވެސް ކަމަކީ ޔާމީނު ސަރުކާރުގެ ރަނގަޅަށް ވެފައިވާ ކަންތައްތައް ސުންނާފަތިކުރުން. ކަލޭކަހަލަ މީހުންނާހެދި ގައުމު ހަލާކުމިވަނީ.

   21
   2
 23. އަދާލަތު

  މި ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓްރީން، ކަންތައްތަކެއް މަދުންނަމަވެސް އެބަކުރައްވާ. އަދި ރަނގަޅު އުޞޫލްތަކެއްވެސް އެބަ ނެރުއްވާ. ޖުމްލަކޮށް މުޅިރައްޔިތުންނަށް ވިސްނަވާކަން ކަށަވަރު. ދުވެލި މާބޮޑަށް މަޑީ. ޝުކުރިއްޔާ! ނަހުލާ

  4
  14
 24. ޢަލީ ހަފީޒް

  އަހަރެމެން ކަލޭމެން ހޮވީ ތިޔަ ހަޑިއެއް ފިލުވާފާ ޙިދުމަތްތަށް ދޭނެކަމަށް ބުނީމަ، ލަދެއް ހަޔާތެއް ނެތި ހަމަ ނުވެގެނޭ ބުނީމަ އެވަރަކުން ނުވާނެ. ނަހުލާ އަކަސް އިބުރާހިމަކަސް މަހޭއަކަސް ކޮސްނުގޮވާ ކުރަން ބުނި ކަންކަން ކޮށްދީ. ނުވަންޏާ ފައިބަބަލަ.

  20
  1
 25. ހުސެން

  ނަހުލާ ތިއީ އަދި ކުޑަކުއްޖެއްތަ؟ތިއީ ވަރަށް އައްޗި ވާހަކައެއް.؟ނެޕީ ސަރުކާރެއް މިއީ ؟އަދި ނެޕީ ޖަހައިގެން މިސަރުކާރު މިއޮތީ

 26. މަލިކާ

  ފޭރާބުޑައް ކިހަޑިފޭބީމަހަޑިޥާނެ ދެންފިލުވާ

  7
  1
 27. މަލިކާ

  30އަހަރު ހޭވިހަޑިތަ ނުފިލައިގެންތިއުޅެނީ

  12
 28. ނަމަ

  މިނިސްޓްރީ އަށް ހިރަފުސް ބުރާ މާބޮޑައް ހަޑިވެފަ އޮތީބާ އަނެއްކާ

 29. ސަޓޯ

  މިއީ ހާދަ ހަޔާތްކުޑަ މީހެކޭދޯ.. މީހާގެ ގައިގާ އެއްވެސް ގާބިލިއްޔަތު ކަމެއް ނެތްތާނގަ އެހެން މީހުންގެ ބޮލަށް ކަންކަން ކަނޑާލާފަ ޒިންމާތަކުން ރެކެން އެބައުޅެއެއްނު... ނަހުލާ ބަލާލަން ރީތީ ބޭރުން... އެތެރެ އޮތީ ހަޑިހާވާފަ... މުޑުދާރުކޮއް!!