މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ބައެއް ޓެކްސީ ޑްރައިވަރުން ނުރުހުން ފާޅުކުރަމުން ދަނިކޮށް ޓެކްސީ ސެންޓަރުތައް އިސްލާހު ކުރެވޭނީ ބޮއިކޮޓް ކޮށްގެން ކަމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކުގެ އެގްޒެކްޓިވް ޑައިރެކްޓާ ޝަހިންދާ އިސްމާއިލް ބުނެފިއެވެ.
ޝަހިންދާ ރޭ ކުރި ޓުވީޓެއްގައި ވަނީ ޓެކްސީ ސެންޓަރުތައް ހައްދުން ނައްޓާފައިވާކަމަށާއި ޓެކްސީ ސެންޓަރުތައް އިސްލާހު ކުރެވޭނީ ޓެކްސީ ބޮއިކޮޓް ކޮށްގެން ކަމަށެވެ.
"އެންމެ ފަސޭހަ މަގަކީ ސެންޓަރުތައް ބޮއިކޮޓްކޮށްގެން ހިނގާފަ ދެވޭ ތަންތަނަށް ދާންވީ ހިނގާާފަ. އަދި އެއާޕޯޓާ ހުޅުމާލެއަށް ފެރީގަ ދާންވީ،" ޝަހިންދާ ބުންޏެވެ.
Taxi centres in Male’ have gone rogue. A simple way to discipline them is to boycott them. Just switch to walking except when absolutely necessary. Take the ferries to the airport and hulhumale’ 🙏🏽
— Shahindha Ismail 🎈(she/her) (@HindhaIsmail) August 6, 2019
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. ގިނަ ޓެކްސީ ޑްރައިވަރުން އަންނަނީ މިއަދު އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ޚިދުމަތުގެ އަގުތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ.
އަގުތަކާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ސެންޓަރުތަކުން މިއަދު ދަތުރުތައް ނުުކުރުމަށް ވަނީ ނިންމާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ އެވެ.
ޝަހިންދާ ދޭބަލަ ފެރީގަ ، އެހެންމީހުނަށް އުޅޭނެ ގޮތްނުކިޔަދީ!
ޕްރައިވެޓް ކާރުކޮޅުގައި އުޅުއްވާ ބޭފުޅުންނަށް ތިކަހަލަ ޚިޔާލު ފާޅުކޮށްލަން ވަރަށް ފަސޭހަ.. އެކަމަކު ދުއްވާނެ ވެހިކަލެއް ނެތް މީހާ.... ނޫނީ ތިން ހަތަރު ކުދިން އުކުޅު ޖަހައިގެން ޑޮކަށް ދައްކަން މާލެދާ ރާއްޖެތެރޭ މީހާ މަގުމަތީ ގަޑި ދެގަޑި ވަންދެން ހުރެގެން ލިބޭ ޓެކްސީން ސްޓްސިނަމާ ހިސާބުން އައިޖީއެމްއެޗަށް 100 ރުފިޔާ ކިޔަސް ޖެހެނީ އަރަން... ޓެކްސީއަށް ބަހަކަށް މީހުން އަރުވައި ބާލާހެން އަރުވައި ބޭލިޔަސް ޖެހެނީ އަރަން... ޝަކުވާއެއް ކޮއްފިޔާ ބުނާނެ މިހާރު ފައިބާށޭ...
ދުނިޔެ ކުރިއަރާ ތަރައްޤީވެފަވާ މިންވަރާ، މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ލޯނުހުޅުވޭ ގަމާރުން، ކަންކަމާ ޚިޔާލުދޭން ފެށީމަ ވާނެ ހަތަރެތި ވަމުން މިދަނީ.. " ފައިމަގުގަ ހިންގާފަ ތަންތަނަށް ދާށޯ... ފެރީގަ "ޓޮއްޓޮއް ޓޮއްޓޮއް" ޖަހަމުން ދާށޯ.. ބަލަގަ ޝަހިންދާ މީކީ 60 ގެ އަނހަރުތަކުގަ އުޅުނުހެން ހިކިމަހާ ކާއްޓާ ކައިގެން އުޅުނު ޒަމާނެއް ނޫނޭ.. ތި ޚިޔާލަކީ ހަމަ %100 ސުމެއްގެ ޚިޔާލެއް...
ތިޔަށްވުރެ ރަނގަޅުވާނެ ލާދީނީ ފިކުރުތަކުން ސަލާމަތްވުމަށް އިސްލާމީ އަޤީދާއާއި ގުޅޭ އިލްމު ހޯދުމަށް މަސައްކަތް ކުރުންވެސް.
ތި ޚީޔާލަށްވުރެން މޮޔަ، ގަމާރު، ކަނޑުކޮސް، ތާކުން ތާކު ނުޖެހޭ އަދި ދެއުޅިއެއްނުވާ " ޚިޔާލެއް " ދެންފަހަރަކުން ނުދިނުން އެދެން.
ދިވެހިން ތަރައްޤީގެ މަގުގައި ކުރިއަރާފަވާ މިންވަރު ބަލާލަން ރަނގަޅަށް ދެލޯހުޅުވާލަބަލަ. ތި ދައްކަނީ މާކުރީ ޒަމާނެއްގެ ވާހަކަ. އެއާޕޯޓަށް ފެރީގަ، ތަންތަނަށް ފައިމަގުގަ. ބީތާވިޔަސް މިވަރު ތަންކޮޅެއް ބޮޑުވަރު. ކަމުދާ އެއްޗެއް ނުކިޔެންޏާ މަޑުން ހުރެބަލަ.
އަސްތާ ތިހެންނުބުނޭ. ޔާމީނުގެ ކޮން ކްރީޓް ތަރައްގީ ކަމުނުދާތީ ޖަޒީރާ ކުރަންވެގެންނޫންތޯ ޖަޒީރާ ސަރުކާރެއްގެނައީ. ޖަޒީރާގައި ދާނީ ފައިމަގުގަޔާ އޮޑިދޯނި ފަހަރުގައި. އެކިޔަނީ ހަމަ ކަމުދާއެއްޗެއް.
ދިވެހިން ތަރައްގީ.ހޯހޯ މަ ވާ ބޯ ހަލާކު
ސަހިންދާ ކަލޭ ވެލްޒިނީ އާއި އައްނި ގޮވައިގެން ނޫނީ އާނިޔާ ގޮވައިގެން ފެރީގައި ދަތުރުކޮށްބަލަ ތެކްސީ ދޤރައިވަރުންނާ ކުޅެންޏާ ރީތި ބޮނޑިއެއްލިބިދާނެ
ޓެކްސީ އަގުބޮޑުކުރާ ޑްރައިވަރުންގެ ހުއްދަތައް އަތުލީމަ ނިމުނީއެއްނުން. ކޮން ބިރެއްގަންނާކަށް. 75ރުފިޔާއަކީ އަސްލު ވަރަށް ބޮޑު އަގެއް. ފަންސާހަށް ހަދާލަންވީ. ބޯހާސްވާ ޑްރައިވަރުން ޑްރައިވަރުކަމުން އިސްތިއުފާދިނީމަ ނިމުނީއެއްނުން.
ސަހިންދާ ތީތެދެއް އެކަމަކު މިހާ ގަމާރުން ގިބަ ފައިސާ ކޯއްޗެއްކަން ނޭނގެ މީހުނަކައް ތިކަންނުވާނެ ދިވެހިންނަކީ މަސސއްކަތް ނުކޮށް އަރާމުގައި އުޅެންބޭނުންވާ ބައެއް..މައިގަނޑު ގޮތެއްގައި ރާއްޖެތެރޭ މީހުންގެ ދުއްޕާނުން ގައުމު ތަރައްގީ ވުމައް ދަތިވަނީ ރަށުގައި ތިބެގެން ކުރިއަރުވަން ނޭނގޭ ބައެއް..
ދޯ ޝަހިންދާ!! ދިވެހިންނަށް ހައްޤު މިންވަރަށްވުރެ މާމަތީ މިންވަރެއް، ބްރިޖާ، 25 ބުރީގެ 5 ކްލާސް ހޮސްޕިޓަލާއި، އޭސީ ކުރި ހޮސްޕިޓަލްތަކާއި، ތަންތަނަކީ. ދިވެހިންނަށް ހައްޤު މިންވަރަކީ، ސްޓެންޑް ފަންކާ ހުންނަ ހޮސްޕިޓަލާއި، 8 ފޫޓް 8 ފޫޓުގެ ކުލީ ކޮޓަރިއާއި، ސަތަރިދޯނި.
ސަހިންދާ އިބުރާ އާނިޔާ މީ އެއްގޭ ކުދިންތަ؟
ތިޔަ ޝަހިންދާ ގޭން ހިނގާފަ އެއާޕޯޓް ފެރީ އަށް ގޮސް ފެރީގަ ދޭބަލަ އެއާޕޯޓަށް. އޭރުން މަވެސް ދާނަން.
މި ދިޔަ ސަރުކާރުގެ ބައެއް ބޮޑުން ރައްޔިތުންނަށް ކުރި ކަހަލަ މަލާމާތެއް ތިކޮއްލީ... ހަނޑޫ ހަކުރު ފުށް އަގުބޮޑުކޮށްފަ ބުނީ ދިވެހިން މިހާރުވެސް ކައިއުޅެނީ ބާސްމަތީ ހަނޑުލޭ... އަގުހެޔޮ ހަނޑޫ ކަނީ ބަންގާޅީންނޭ... އެހެން ބުނި އިރު އެ ބުނި މީހަކަށް ނޭންގެނީބާ ރައްފުށުގެ ނިކަމެތި ރައްޔިތުން ގެރިހަނޑޫކައިގެންކަމެއް މި އުޅެނީކީ.... ހަމަ އެގޮތަށް ސަ-ހިންދާ އެ ބުނީ ފެރީގަ ދާށޭ... ފޮށި ތަންމަތި ހިފައިގެން ފެރީއާ ހަމައަށް ހިނގާފަ ގޮސްފަ، ފެރީގައި ހުޅުމާލެއަށް ދެވުނީމަ އަނެއްކާ ފޮށިތަންމަތި ބޮލަށް ލައިގެން ދަރީންކޮޅު ކިހުލު ޖަހައިގެން ދާން އުޅެން ޖެހޭނެ ހާލު ޑިމޮކްރަސީގެ މީހުންނަށް ނޭންގެނީތަ؟؟؟؟؟
މިއީ ދެން ކާކުތަ؟ ޓްރާންސްޕޯޓު ކަންތައް ތަކުގަ ހިޔާލު ދޭން މިއީ ކޮންތާކުން ކިޔަވައިގެން ހުރި މީހެއްތަ؟ ލާދީނީ ޒާތުގެ ވާހަކަތައް ނޫން އެހެން ވާހަކައެއް ދެއްކިފަ އޮތީކީއެއް ނޫން. މަސައްކަތެއް ކުރަން ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރީ ހަމަ އެކަނި ފައިސާކޮޅުގެ ބޭނުމުގަ. ތިޔަ އާއިލާޔަކީ މި ގައުމަށް ގިނަ ގެއްލުން ތަކެއް ދިމެން ދާ އާއިލާއެއް. މިސަރުކާރުގެވެސް ހަލާކު.
މި ސަރުކާރުން ރައްޔިތުންނަށް ދެވޭ ކޮންމެ ޚިދުމަތަކަށް، ޝަހިންދާ ފާޑު ވިދާޅުވުމަކީ، ކޭ ތައްޓަށް ނަޖިސްލުންފަދަ ކަމެއް. ސަރުކާރުން ކުލީ ވެހިކަލް ދަތުރުތަކާއި ބެހޭގޮތުން ނެރުއްވީ ރަނގަޅު ޤަވަޢިދެއް. އެ ޤަވަޢިދަށް އިތުރުކޮށްލަންޖެހޭތަނަކީ، ކޮންމެ ޕަސިންޖަރަކަށް، 2' ހަމަނުވާ ހޭންޑް ލަގެޖަކާއި، އިތުރުން ޑިކީ ލަގެޖެއް ފިޔަވައި، ޑިކީ އަށާއި، ކާރުތެރެއަށް އަރުވާ ކޮންމެ ލަގެޖަކަށް، =/5ރ ނެގިދާނެކަމެއް ލިއުއްވުން. އެއިރުން އަގުތަށްވެސް ޤަވަޢިދުވެސް ފުރިހަމަވީ. ޝުކުރިއްޔާ! ސަރުކާރު
ތިހެން ގޮވާ ގޮވުމަކަށް ލާދީނީ މީހުންވެސް އެއްބަހެއްނުވާނެ. އެއީތާ ކަލޭމެންގެ މީހުންނަކީ ދޯ ؟
މީނަގެ އަނގަ މިހާގަދައިރުވެސް މިލާދީނީ ކަމަނާ ރައްޔިތުންގެ ލާރިން މުސާރަދެމުން މިގެންދަނީ. މީނާއާމެދު ފިޔަވަޅު އަޅަން ގޮވާލަން .
ސަޅި ހައްލެއް. ތިޔަކަހަލަ ސަޅި ހައްލެއް ދެވޭނީ މަދު މީހަކަށް. ހާދަ ކޮށި ވިސްނުމުގެ ކަނބަލެކޭ މީ އަދި. މަހަމަ އަންތަރީސް ވެއްޖެ.
މިކަންތައްހައްލުކުރެވޭނީ ބޭނުންވާހުރިހާމީހުންނަށް ޓެކްސީކުރަންދޫކޮށްލީމައި މީހުންގެޑިމާންޑާއެއްވަރަށް މާލޭން ޓެކްސީއެއްނުލިބޭ އަޅުގަނޑު އަމިއްލަކާރުވެސްބޭނުން ޓެކްސީގެ ގޮތުގައިދުއްވަން އަޅުގަންޑު ހުޅުމާލޭއަށް ދަތުރުކޮށްދޭނަން =/50ރުފިޔާއަށް
ޙެހެ ނަހުލާހަމަ ބޮޑުތަނުން ކޮސްވެއްޖެ
މި ސަހިންދާ މެންނަކީ ތަރައްގީ ދެކެ ރުޅި އަންނަ މީހުން .މިޒަމާނުގެ ތަރައްގީރައްޔިތުންނަށް ލިބި ދިނުމަކަށް މި އާއިލާތައް ބޭނުން ނުވާނެ. މި ވާހަކައިންވެސް އެކަން އެގިގެން އެބަދޭ
ޑްރައިވަރުން މަސްއަލަޖައްސާނެތަނެއްނެތެ! މިހާރުވެސް 100ރ ނެގޭގޮތައް ތިއޮތީ! 75ރ އަކީ ހުޅުމާލެ/މާލެ، މާލެ/ހުޅުމާލެ އަށް އޮތް އަގެވެ. މިއަގަކީ އެރަށަކަށް އެތެރެ ވުމުން ދޭންޖެހޭއަގެވެ. އެތެރޭގެ ދަތުރަށް ނަގާ 25ރ ރަށުތެރޭ ދަތުރު ކުރަންޏާ ނުވަތަ ވަކިތަނަކަށް ދަންޏާ ދޭންޖެހޭނެއެވެ.
ބޭކާރު އަނގަނުތަޅުވާ ހުރޭ. މިއީ ތާކުންތާކުޖެހޭ ސަރުކާރެއްނޫން.
އަހަރެންތާއީދދު މީނަ މިދައްކާ ވާހަކަ އަށް. މަވެސް އުޅެ ނީ ދަރިކިހިލި ޖަހައިގެން. ޙިނގާފަ ދަނީ ދާންޖެހޭ ތަންތަނަށް. ކިތަންމެ ދުރަސް. މިހެން ބުނިއަސް އިނގޭ ބަލިމީހުންނާ ގިނަ ކުދިން ގޮވައިގެން ދާންޖެހޭ މީހުންނަށް އުނދަގޫވާނެކަން. ޢެކަމު ހަމަ ވީވަރަކުން ބޯއިކޮޓް ކުރުން ރަނގަޅީ.
ތިކަހަލަ މޮޔައިން ކިޔާ އެއްޗިސް ޗާޕު ނުކޮއްބަލަ
މިކަހަލަ މުރުތައްދުވެފައި ތިބޭ މީހުންގެ ނަން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުވުމަކީ ނޫސްވެސް ކިޔާހިތް ކެނޑޭކަމެއް.
އެއްކަލަ ލާދީނީ ބައިގަޑު އަނގަ ތަޅަންފެށީ. މި މީހުންތައް ފެނުނަސް ބޮލުގަ ރިއްސާ.