ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ދުވާ ޓްރެކް ހަދަން އާސަންދަ ކުންފުނިން އެއްވެސް ޚަރަދެއް ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ދުވަން ތައްޔާރުކުރި ސިންތެޓިކް ޓްރެކަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށާއި އެތަނަށް ޚަރަދު ކުރި ފައިސާ މިހާތަނަށް އައި އިރު، ލިބިފައި ނެތް ކަމަށް އާސަންދަ ކުންފުނިން އިއްޔެ ވަނީ ބުނެފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، ދުވާ ޓްރެކްގެ މަޝްރޫއުއަށް ހަރަދު ކުރިވަރު އޭރު އޮތް ހައުސިން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ.

"އާސަންދަ ކުންފުނިން އެކަމަށް 9 މިލިއަން ހަރަދު ކުރިކަން އެނގުނީ އެ ވާހަކަ ނޫސްތަކުން ފެނުމުން އެ ޕްރޮޖެކްޓަށް ހަރަދު ކުރި ވަރު އެއްވެސް ވަރަކަށް ރައީސް ޔާމީންގެ ދައުރު ނިމުމުގެ ނިޔަލަށް ހައުސިން މިނިސްޓްރީއަށް އެނގިފައެއް ނޯންނާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިޒު އިތުރަށް ވިދާޅުވީ އެ ޓްރެކް ހެދުމަށް ބަޔަކާ ހަވާލުކޮށްގެން ތިން މިލިއަނަށް ވުރެ ބޮޑު ނުވާނެ ގޮތަށް އޭރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ކުރީގެ ސަރުކާރުން އެންގި ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން އިބްރާހިމް ރަޝީދު އިއްޔެ ވިދާޅުވީ އާސަންދަ ކުންފުނިން ޓްރެކަށް 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

ކަސްރަތަށް ހިނގާ އަދި ދުވާ މީހުންނަށް ހާއްސަކޮށްގެން ހެދި ޓްރެކްގައި 700 މީޓަރު ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނބިކަބަލުން

    ކަލެޔަކަށް ނޭގޭނެ އެކައްޗެއްވެސް. ކަލެއަށް އެގޭނީ ދޮގުހަދަން އެކަނި. ކަލޭ ޖަލަށް ދާން ތައްޔާރުވޭ.

    8
    17
  2. ޒވނއ

    ތިއޭ މައްސަލައަކީ، އެއްވެސް ކަމެއް ގޯހުން ވެފައިވާކަން ނޭނގޭ ކަމަށް ބުނުން!
    3 މިލިޔަން ވެސް އެވަނީ މުއިއްޒުވެފައި، އެންމެފަހުން 9 މިލިއަން އަށް!

    8
    14
  3. ކިނބޫ

    އާސަންދަ ހުސްނުވެ ދިވެހިންނަށް ބޭސްްފަރުވާ ލިބި ބާކީވެ އިތުރުވެސްވޭ. ދެން ޚަރަދު ކުރުމަކުން ކޮބާ މައްސަލައެއް؟ މިހާރު ކުރާ ކަމެއް ނެތް. އާސަންދައިން ބޭސް މަލަންކޮޅެއް ނޫނީ ނުލިބޭ. ބަޖެޓް ދިޔައީ ޖަހަންނަމައަށް ތޯއްޗެއް.

    3
    4
  4. ލަކީ

    ޙެހެ މުއިއްޒު ހަމަ ނޭގުނު ވަރަށްސާފު މަށަށް އެންގޭ އާސަންދަ ކޮމްޕެނީޔަކީ މަގުހެދުމާ ނަަރުދަމާ އެޅުމާ ފުޓްސެލް ދަނޑު ހެދުމާ މިކަހަލަ މަސައްކަތަށް އުފައްދާ ފައިވާ ކޮމްޕެނީޔެއް ކަން މުއިއްޒަކަށް ހަމަ ނޭގުނު