ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤަކަށް މީހަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ށ.ފޯކައިދޫ، ދަންމަރު، އަޙްމަދު ޒާހިދު (31އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ޒާހިދާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަން ޑިއުޓީ ނަންބަރު 9791674 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

އަޙްމަދު ޒާހިދު އާއި ގުޅުން އޮތް މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.