ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މާބޮޑަށް ރަނގަޅު ކަމަށާއި ނަހުލާ ބޮޑުތަނުން މޮޅު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނަހުލާ މިއަދު މަޖިލީހުގައި "މާބޮޑަށް ކޯފާ އިސްކުރައްވާ، ޖަޒުބާތުގައި ހުންނަވައިގެން" ޖަވާބުދެއްވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަޖިލިސް އަށް ވަޑައިގެންނެވި މިނިސްޓަރުން ޖަވާބުދާރީވެފައިވާ ފެންވަރަށް ބަލާއިރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މާބޮޑަށް ރަނގަޅު. ހަމަ ބޮޑުތަނުން މޮޅު." ކަމަށެވެ.

މަޖިލީހަށް ވަޑައިގެންނެވި އެހެން މިނިސްޓަރުންނެކޭ އެއް ފަދައިން ނަހުލާ ވެސް ވަނީ ސަރުކާރަށް ކަންތައްތައް ނުކުރެވުމުގެ ޒިންމާ ކުރީ ސަރުކާރުގެ ބޮލުގައި އަޅުވާފައެވެ.

ހެލްމެޓް އަޅަން މަޖުބޫރު ކުރުން ފިޔަވައި އިތުރު އެއްވެސް އާކަމެއް މިސަރުކާރަށް ކުރެވިއްޖެތޯ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ނަހުލާ ވިދާޅުވީ މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑި ސާފުކުރަން ޖެހިފައިވާތީ ކަމަށެވެ.

"ކަމެއް ކުރެވޭނީ ހާވަފައި ހުރި ހަޑިއެއް ސާފުކޮށް ގެން. މުޑުދާރު ވެފައި ހުރި އެއްޗެހި ސާފު ކުރުމުގެ މަސައްކަތް މިކުރަނީ. ހަޤީޤަތުގައި ކުރަން ހުރި ކަންތައްތަކުގެ ޕްލޭން އަދި ކުރެވެނީ. އެއްވެސް ކަމެއް ރަނގަޅަކަށް ކުރެވޭ ކަމަކަށް ނުވޭ. ކުރެވޭ ގޮތެއް ނުވޭ. ބަޖެޓަށް އެބަ ބަލަން ޖެހޭ. ލާރި އެބަ ހޯދަން ޖެހޭ. ދެން ހުރި ކަންތައްތައް ކުރަން ޖެހޭ. މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފެނިގެން ދާނެ." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އަކީ ސަރުކާރުގެ ވަޒީފާއެއް އަލަށް އަދާކުރާ ބޭކަނބަލެއް ކަމަށާއި މަސައްކަތުގެ ތަޖުރިބާނެތް ކަމަށް ބުނެ މީގެ ކުރިން ވެސް އެކަމަނާ އަށް ފާޑުކިޔުން އަމާޒުވިއެވެ. މިއަދު މަޖިލީހުގައި ނަހުލާ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެއަޑުތައް އަނެއްކާވެސް ވަނީ ގަދަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާ

    ބުރުމާއަތުން ކަލޭއެއްޗެއް ބޭނުންވެގެން އުޅޭހެން ހާދަހީވެޔޭ.

    31
    12
  2. އަލް ނޫރު

    ތެދު

    12
  3. އިސްތިއުފާދީ

    އިސްތިއުފާދީ އިސްތިއުފާދީ! މިސަރުކާރުގެ ހުރިހާ އެންމެން އިސްތިއުފާދީފައި ރާއްޖެ ދޫކޮށްފަ ދޭ! ކަލޭމެންނަކީ ހަސަދައިން ފުރިގެންވާ ބައެއް. ކުރީގެ ސަރުކާރުން ރަނގަޅަށް ކަންތައް ކުރެވިފައި މިސަރުކާރުން އެގޮތަކަށް ކަންތައް ނުކުރެވޭނެކަން އެނގުނީމާ ދެންބޭނުން މިވަނީ އެރަނގަޅުކަންތައް ފޮހެލަން. ފޮހެލާފަ އަލުން އެއެއްޗެހި އަޅައިގެން ކްރެޑިޓްހޯދުން. މީގެ މިސާލެއް ރަސްރަނި ބަގީޗާއަކީ. މިސަރުކާރުގެ ހިތުން ތަރައްގީއަކީ އެއްޗެއް ރީބްރޭންޑް ކުރުން. ވަގުތުން ވަގުތަށް އިސްތިއުފާދީ!

    31
    4
  4. ބަރާބަރ

    ހަހަހަހހަ ބަރާބަރު! ޤާސިމު މިހާރު ވަރަށް ހިތްތެޅޭނެ! ނަހުލާ ގެއްލިދާނެތީ! ކެކެކެކެ

    30
    1