މަޖިލީހަށް ވަޑައިގެން މިނިސްޓަރ ނަހުލާ ދެއްކެވީ ހަޑި ވާހަކަތަކެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ބަހުސްގައި ޝިއާމް ވިދާޅުވީ ނަހުލާ ވަޑައިގަތީ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އިއުތިރާފް ވެވަޑައިގެންފައި ކަމަށެވެ.

"މިނިސްޓަރ ނަހުލާ މަޤާމާއި ހަވާލުވުމަށްފަހު ދުވަސްތައް ހޭދަ ކުރައްވާފައިވަނީ "ހަޑި ކަންތައްތަކެއް ފިލުވުމަށް" ނުވަ މަސް ވެގެން މިދިޔައީ. މަޖިލީހަށް ވަޑައިގެން މިނިސްޓަރ ނަހުލާ ދެއްކެވީ ހަޑި ވާހަކަތަކެއް " ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތަކެއް އެ ވުޒާރާއެއްގެ ދަށުގައި ރައްޔިތުންނަށް ޚިދުމަތްކުރަން ހަވާލުވެގެން ހުންނައިރު އެއަށްވުރެ ޒިންމާދާރުކޮށް އަމަލުތައް ބަހައްޓަންޖެހޭކަމަށެވެ.

ޝިއާމް މިހެން ވިދާޅުވިއިރު ކުރީގެ ސަރުކާރުން ހާވާފައި ހުރި ހަޑިތައް ސާފު ކުރަން ހަދައިގެން ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މަޖިލީހަށް ހާޒިރު ކުރުމުން ވިދާޅުވެފައެވެ.

ހެލްމެޓް އަޅަން މަޖުބޫރު ކުރުން ފިޔަވައި އިތުރު އެއްވެސް އާކަމެއް މިސަރުކާރަށް ކުރެވިއްޖެތޯ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން ނަހުލާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ އާކަންތައްތަކެއް ކުރަން ނޫން ކަމަށެވެ.

"ކަމެއް ކުރެވޭނީ ހާވަފައި ހުރި ހަޑިއެއް ސާފުކޮށް ގެން. މުޑުދާރު ވެފައި ހުރި އެއްޗެހި ސާފު ކުރުމުގެ މަސައްކަތް މިކުރަނީ. ހަޤީޤަތުގައި ކުރަން ހުރި ކަންތައްތަކުގެ ޕްލޭން އަދި ކުރެވެނީ. އެއްވެސް ކަމެއް ރަނގަޅަކަށް ކުރެވޭ ކަމަކަށް ނުވޭ. ކުރެވޭ ގޮތެއް ނުވޭ. ބަޖެޓަށް އެބަ ބަލަން ޖެހޭ. ލާރި އެބަ ހޯދަން ޖެހޭ. ދެން ހުރި ކަންތައްތައް ކުރަން ޖެހޭ. މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފެނިގެން ދާނެ." ނަހުލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެހެނަސް

    މަޖީލީހުން ރުހުންލިބެނީ ނުކިޔަވާމީހުންނަށް. ދެންތަނެއްދޮރޮއްނޭގޭމީހުން މިނިސްޓްރީއަށް ލީމާ ވާނެގޮތްތިއޮތީ ފެންނައް. މުސާރަކައިގެން ކޮންކަމެއް އޭނަޔަށް ކުރެވުނީ؟

    57
    5
    • ނަހޫއޯކޭ

      ނުކިޔަވާ؟ ކިޔެވުމަކީ ކޮބާތަ؟؟ ނަހޫ އަކީ ލަންކާއިން އެޑްވާސް ޑިޕްލޮމާވެސް ހައްދަވައިގެން ހުންނެވި ކަނބަލެއް.. އެވަރުވެސް ނުވާ މީހުން މާގިނަ ހުރިހާ ރައީސުންގެ ކެބިނެޓުގަވެސް

  2. މުޒްނާ

    އަޅުގަނޑުމެންނަށް އެނގޭ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަން ލިބުނު ހިސާބުން ވެސް ދެން ކޮންމެ ކަމެއް ނުވާއިރަށް ނާޤާބިލް މިނިސްޓަރުންގެ ވާހަކަ ހުންނާނީ އެގޮތަށް ކަމެއް. ބަލަ ތިމާމެންގެ ނާގާބިލްކަން ޤަބޫލެއް ނުކުރެޔޭ.ތިމާމެންނީ އެއްމެ ޕާރފެކްޓް މީހުންކަމަށް ހީކުރަނީ. މިދިޔަސަރުކާރުން އެނާޤާބިލް ކަމެއް އަހަރުމެން ދުވަހަކުވެސް ނުދެކެން.ހުރިހާ މިނިސްޓަރުންވެސް މަސައްކަތް ކުރެއްވީ ޕޮސިޓިވް ތިންކިންގް އެއްގައި.

    38
    6
    • ޒވނއ

      މިދިޔަ ދައުރުގެ ޝިއާރު؛
      "ބެގް-ބޮރޯ-ސްޓީލް ، އަންހެނުންވެސް ނާހާނެ ފައިސާ ހޯދީ ކިހިނެއްތޯ"

      ވީމާ ކިހާ ޕޮސިޓިވް ވާނެނޫންތޯ ތިންކިން

      10
      32
  3. ޗަކޮއެގެ މަންމޭ?

    އަޅެ ދެން ޗަކޮއެ ތިހިރީ އެވާހަކަތަށް ހިތު ދަސްކޮއްގެންތަ. އަޅެޗަކޮއެ ދެން ކީޔެއްވެގެން ކަންފަތުތަ އަތްނޭޅީ ޗަކޮއެ ކާރީ ބުނީމެންނު؛ ހަޑިވާހަކަތަށް ދަށްކާ ތަންތާގަ ނުހުންނާއްޗޭ.?

    12
    22
  4. ާެައަލީ

    މިނިސްޓަރުގެ ވާހަކަރަގަޅު ސްޓިކަރޖަހައިގެން އެންމެ ގިނައަދަދަކަށް ފައިސާހޯދަދީފި

    22
    3
  5. ސައުދު/ރަތަފަންދޫ

    ނަހުލާގެ ރީތިކަން ފެނުނު ނަމަ ކަލޭ ތިކަހަލަ ވާހަކައެއް ނުދައްކާނެ. ތަޖްރިބާޔާ އެކު މިބުނީ

    5
    3
  6. ބަކުރުބެ

    ތިޔަޝިޔާމަކު ޔާމީނާ ދެމީހުންވެގެން މާލިއްޔަތު ދަވާލައިގެން އެފައިސާ ނައިފަރުރައްޔިތުންނަށް ބަހައިގެންނޭ ދެވަނަފަހަރަށް މަޖިލިހަށް އައީ ބުނާކަށް ނެތީމެވެ ދެންވެސް ކޮސްއަގަނުތަޅާށެވެ

    8
    9
  7. ފެންނާޓޭ

    ފެންވަރުދަށްމީހުން މަޖިލީހަށް ހޮވީމައި ކުރާ ބޭކާރު ސުވާލުން ލިބޭ ބޭކާރު ޖަވާބު!

    2
    1
  8. ފެންނާޓޭ

    ފެންވަރުދަށް މީހުން މެމްބަރުކަމަށް ހޮވީމައި ނެރެދެވޭ ނަތީޖާ!

    3
    1
  9. Anonymous

    އަޅެ ދެން ޗަކޮއެ ތިހިރީ އެވާހަކަތަށް ހިތު ދަސްކޮއްގެންތަ. އަޅެޗަކޮއެ ދެން ކީޔެއްވެގެން ކަންފަތުތަ އަތްނޭޅީ ޗަކޮއެ ކާރީ ބުނީމެންނު؛ ހަޑިވާހަކަތަށް ދަށްކާ ތަންތާގަ ނުހުންނާއްޗޭ.?