ލ.ގަމުގެ އެންމެ އާބާދީ ބޮޑު ތުނޑީ އަވަށާއި، އަލަށް އާބާދުވާ ސަރަހައްދުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް އިތުރުވެއްޖެއެވެ. މިދިޔަ ރަމަޟާން މަހުން ފެށިގެން ގަމުގެ ތުނޑީ އަވަށުން ކަރަންޓް ކެނޑެމުން ދާއިރު އަދިވެސް މައްސަލައަށް ހައްލެއް ގެނެވިފައެއް ނުވެއެވެ.

ގަމުން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓް ކެނޑޭ މައްސަލަ އިތުރަށް ގޯސްވެ، ފާއިތުވި މަހެއްހާ ދުވަހު ކޮންމެ ދުވަހަކު އެތައް ފަހަރަކު ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ.

"ކޮންމެ ދުވަހަކު ދެތިން ހަތަރު ފަހަރު ކަރަންޓް ނުކެނޑޭ ދުވަހެއް މި މަހެއްހާ ދުވަސް ތެރޭގައި ނުދޭ. އިއްޔެ ވެސް ހައެއްކަ ފަހަރު ކަރަންޓް ދިޔަ. މިއަދު އިރުއެރި އިރު ވެސް ކަރަންޓެއް ނެތް. އޭގެ ފަހުން ކަރަންޓް ލިބިފައި މިހާރު ވެސް ކަރަންޓް ކެނޑުނުތާ ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރު ވެއްޖެ." އޭނާ ބުންޏެވެ.

ގަމުން ވާހަކަދެއްކި އިތުރު މީހަކު ބުނީ ކަރަންޓް ކެނޑެމުން ދާތީ ގިނަ އަދަދެއްގެ އިލްކްޓްރޯނިކް ސާމާނު ވެސް ހަލާކުވަމުންދާ ކަމަށެވެ.

"ކަރަންޓް މައްސަލަ ހައްލު ކުރަން ފެނަކަ އިން އެކަށީގެންވާ މަސައްކަތެއް ކުރަމުންނެއް ނުދޭ. މިއަތޮޅު ފޮނަދޫގައި ހަލާކުވެ ބޭނުން ނުކުރެވޭ ވަރު ވެފައި ހުރި ޖަނަރޭޓަރެއް ގެނެސްފި ގަމަށް. ނަމަވެސް އެ ޖަނަރޭޓަރުން ނުދެވުނު ކަރަންޓެއް." އޭނާ ބުންޏެވެ.

ގަމުން ވާހަކަދެއްކި މީހަކު ބުނީ ރަށުގެ ކަރަންޓް ހާލަތު ކިޔައި ދިނުމަށް ފެނަކަ އެމްޑީއަށް ފޯނުން ގުޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް އެމްޑީ ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.

ގަމުން ކަރަންޓް ކެނޑެމުން ދާއިރު ފެނަކަ އެމްޑީ ކުރިން ވިދާޅުވެފައި ވަނީ ޖުލައި މަސް ނިމޭ އިރު ހުރިހާ ރަށެއްގެ ކަރަންޓް މައްސަލަ ހައްލިުވާނެ ކަމަށެވެ.

ފަހަކަށް އައިސް ވަރަށް ގިނަ ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެރަބެ

    ސްޓިލް ވިސިޓް ލާމް P:

    1
    1
  2. މާލް

    ތެޔޯހަމަތެދަ އަހަރިން ކޮޓަރީ ފަންކާ ހަލާކުވެގެން އިއްޔަ މިބަދަލުކެރޫ މިކަމަކާ ހުރެ ހުރިހާ އެއްޗެއް ހަލާކުވާޅަ ކުރުން ބޮނާނޫ އެސަރުކާރު ކަޑަޔޭ ދެންބޮނާނޫކިޔަކޭ ބޮޑަކަމަކާ މިޔަށްތޫ ޖިހީފާ