2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް ހުރި، އަދި ފުލުސް މީހާއަށް އެހެން މީހުން މެދުވެރިކޮށް ހަމަލާ ދިނުމުގައި އެންމެ މުހިއްމު ރޯލް އަދާކުރި ގޯލް ކީޕަރު ލަބާން ޝަރީފް، ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.
ލަބާން ފުލުހަކަށް ހަމަލާ ދިންކަން ސާބިތުވެގެން ފަސް އަހަރު ދުވަހަށް ޖަލަށް ލާން ޙުކުމް ކުރިއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ މެއި 20 ވަނަ ދުވަހު ޕެރޯލްގެ ދަށުން އޭނާ މިނިވަން ކުރިއެވެ.
ލަބާންއާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު ޔޫތު މިނިސްޓްރީއާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށާއި ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ލަބާން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށެވެ.
މިނިވަން ވެގެން ލަބާން ނިކުމެ އޭނާ ކުރި ކުށަށް މަޢާފަށް އެދިފައި ނުވާތީ މީގެ ކުރިން ވެސް ފާޑުކިޔުން އަމާޒުވިއެވެ.
ވަކަރުގޭ ކުދިންނާގޫލޭނީ އޭރުންތާ .
މިޤައުމުގެ ކުށުގެ ރެކޯޑަށް ސިޔާސީ ބޮޑެތި މަޤާމުތައް!!
މީ ހަޤީގަތުގައި ސަރުކާރުތަކާ ދެކޮޅަށް އަދި މުވައްސަސާތަކާ ދެކޮޅަށް ޒުވާނުންނާ ޢަންމުންނަށް ނިކުތުމުގެ ހިތްވަރު މިކަމުން އެމީހުންނަށް މިސަރުކާރުން ދޭން ބޭނުންވާ މެސެޖަކީ ތިކުރީ ގޯސް ކަމެއް ނޫންކަން ތިކުރެއްވި ކަންތަކަށް ފައްފަށުން ޝުކުރިއްޔާ އޭ!!
ބޮޑު މަގާމެއް ލިބޭއިރަށް ލަބާންގެ ތުނބުޅި ކުރުވެއްޖެ..!!! ވ ދެރަ
އަލައް ނެތް ފެންވަރުގެ ހުދު ގަމީހަކާއި ޓައި އެއް އަޅާލެވުނީ ދޯ
އަލައް ނެތް ފެންވަރުން ހުދު ގަމީހަކާއި ޓައިއެއް އަޅާލެވުނީ ދޯ
ގޮޅާއިންނާއި ގޮޅާއިން ގުޅޭނީ
ފުލުހަކަށް ހަމަލާދިނުމުން އެކަމުގެ އިނާމް ތިލިބުނީ މަރުހަބާ.
މިޤައުމުގައި ފުލުހަކަށް ހަމަލާދީފިއްޔާ އެއީ ހީރޯއެއް، ވިޔާނުދާ ޢަބަލެއް ކޮށްފިއްޔާ ހީރޯއެއް، ސިޔާސީ މަޤާމުގެ ޝަރުތަކީ ސިޔާސީ އެއްވުމެއްގައި އަނިޔާވެރިވުން ނުވަތަ އަނިޔާ ލިބުން. މިއޮތީވާ ފައްކާ ޤައުމެއް. ޒުވާނުންނަށް ލިބިފައި މިއޮތީ ފައްކާ ވަޒީރެއް. ޤައުމުގައި ތިބި އަޙްލާޤް ރަނގަޅު ޕްރޮޑަކްޓިވް ޒުވާނުންގެ އަގެއް ނެތް. ދެއުޅިއެއްނުވާ މީހުނަށް ވަޒީރުކަން ދިނީމަ ކަންކަން ހިނގާނެ މަގު މިޔޮއްގެން ފެންނަނީ. ވަޒީރަށް ސަލާމް.
މިސަރުކާރު ގެ ގަދަކަމަކީ މީ.
ކިޔަވައިގެން ހުރި އެކަކުވެސް ނެތް މިނިސްޓްރީއެއްވީމާ ދެންވެސްދާނީ ހަމަ ދަށަށް. ފެންވަރުދަށް މަސައްކަތްތަކެއް ކުރެވޭތަން ފެންނަނީ މަހޭއައިފަހުންވެސް. ވަރަށް ހޯޕްކުރިން ރަނގަޅުވާނެ ކަމަށް.
އެކަމުގެ އިނާމު
ހެޔޮނުވާނެ. ތަންކޮޅެއް ތާހިތުކޮށް ގައުމުހިންގަން އުޅެބަލަ.
މަރަށް ތެޅޭއިރު ބައިވަރު ކަންތައްތައް ފެންނާނެ!
ކިޔަވައިގެން ހުން މިހާމިޖެހެނީ ރަގަޅު ވަަޒީފަ ނުލިބިގެން އުޅުން އެކަމް ސިޔާސީވީމަ
މިއޯ ޖޯކެއް ކަހަލަ ސަރުކާރެއް.
އަނިޔާވި ފުލުސްމީހާގެ ހާލެއް އިނގޭ މީހަކު އުޅޭބާ! އިންސާނިއްޔަތު ކަމޭ ކިޔައިގެން އެންމެ ބާރަށް ފެލޭ މީހުން، އަނިޔާވި މީހާ އަދިވެސް އެ ހާލުގަ. ހަމަ އެ ބުރަ މަސައްކަތުގަ. އަނިޔާވެރިވި މީހާއަށް ބޮޑު މަޤާމު. އުފަލާ އަރާމު.
މީ ސަދޫމުގެ ޤާނޫނު ނޫން ދެން ކޯއްޗެއް؟
ދެންވާނެ ގޮތަކާމެދު ވިސްނަމާދޯ މިސަރުކާރައް
ވީ ނީޑު މޯމޭން ލަްްއިކު ޔޫ!.
ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ލަބާން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށެވެ. ސާބެހޭ މަހުލޫފު.
ބަހލަވާ ކިހިނަކުން ތަ ދެން މާފަހް އެދެން ވީ. ވާ ވަރަހް މާފަހް އެދެފި.
ކަލޭ މެން ވީނުން ދެން މި ކަން ދޫކުރަން.
ފުލުސް މީހާގެ އާއިލާ އިން އެކަމަކާ ނުހިފާ.
ބަލާއެހް ސަހާދެހް
ވަރު ވޭ ދޯ އޭނަ އުފަލުގަ އުޅޭތީ
އޭރުވެސް އޭނާއެކަމްކުރީ މަހޭގެ އެދުމަކަށް
ޤައުމުގެ ކަންތައް މިއޮއްގެން ބޮއްސުންލާންކައިރިވަނީ މިގޮތައްމިކަންކަން ދަންޏާ އަހަރެމެންނައްދެންޖެހޭނީ ސަރުކާރުގެ އިސްތިޢުފާއައްގޮވަން ވަރައްދެރަ
ދެކުދިން ހާދަ އެއްކުލައޭދޯ
ކިތަންމެ އިސް މަޤާމެއް ދީ ހުދުގަމީސް ލާފަ ޓައީ އެޅިޔަސް ކުއް ކުރިން އޮންނާނެ އަބަދުވެސް..ކުރިކަމެއް ނުކުރާކަމަކަށް ވޭތަ..؟
މަވެސް ބަލާނަން މި ވެރިކަމުގަ ކޮންމެސް ބޮޑު މީހަކު ފުނޑާލެވޭތޯ . އޭރުން އަންނަ ދައުރުގަ މިނިސްޓަރުކަން ލިބޭނެ ތޯއްޗެކެވެ.
މިވީ ކޮންކަހަލަ އިންސާފެއްކަން ބުނެދޭކަށް ވާނޭނގުނު! މިހިރީ މިސަރުކާރު ޚިޔާނާތްތެރިވާވަރު މި ސަރުކާރުން އުޅެނީ ފުލުހުންނާ ޖައްސާލައިގެންބާ