ދިވެހި ސިފައިންގެ ހިދުމަތަށް ގެންނަ އާ ބަދަލު ތަކުގެތެރެއިން އެމްއެންޑީއެފްގެ އަލިފާން ނިއްވުމުގެ ހިދުމަތް އިތުރު ރަށްތަކަށް ފުޅާކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

މިއަދު ބަންޑާރަކޮށީގައި އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިޔާ މަންސޫރު ވިދާޅުވީ މިހާރު އެމްއެންޑީއެފް އަށް މިހާރު ގެންނަމުންދާ ބަދަލު ތަކަކީ ރައްޔިތުނަށް ހިދުމަތް ދިނުމުގައި ސިފައިންގެ މައްޗަށް ލާޒިމު ކުރާ ކަންކަން އިތުރަށް ފަސޭހަ ކުރުމަށް ހިދުމަަތް ރަނގަޅު ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށެވެ.

"އޭގެ ތެރެއިން އެންމެ ބޮޑަށް އަޅުގަނޑުމެން ފޯކަސް މިކުރަނީ ކައިރިން ރައްޔިތުން ނަށް ހިދުމަތް ފޯރުކޮށްދިނުމަށް, އެގޮތުން ސީއެންބިއުލާންސް ފްލީޓް އިތުރު ކުރުމާއި އަލިފާން ނިއްވުމުގެ ހިދުމަތް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމައްޓަކައި އިތުރު ރަށްރަކަށް މި ހިދުމަށް ފުޅާކުރަން މައްސަކަތް ވަނީ ފެށިފައި " މަންސޫރު ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން - ވަގުތު އިމޭޖްސް: އަމީން ފަހުމީ

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ޑިފެންސް މިިނިސްޓްރީން ތައާރަފްކޮށްފައިވާ ޑޮކްޓަރިންތަކުގެ ދަށުން ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުރިއަށްއޮތް ތަނުގައިވެސް މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޮނިގަނޑަށް ބަދަލުތައް ގެންނަވާއިރު، އިންސާނީ ވަސީލަތްތަކާއި ތަފާތު ރިސޯސްތައް ބޭނުންވާ ކަމަށާއި، އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރު ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް އެބަކުރެވޭ " މަންސޫރު ވިދާޅުވިއެވެ.

މަންސޫރު ވިދާޅުވީ މަސައްކަތްތަކަށް ޤާބިލު ފަރާތްތައް ހޯދުމަށްޓަކައި އެކަމުގެ ތަމްރީނުތައް ބޭރުގެ ފަރާތްތަކާއި ގުޅިގެން ހޯއްދެވުމުގެ އިތުރުން، އެމްއެންޑީއެފުން ބޭނުންވާ އާލަތްތައް ހޯދުމުގެ މަޝްވަރާތައްވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު