ކަޝްމީރު މައްސަލައިގައި އިންޑިއާގެ ދިފާއުގައި ދިވެހި ސަރުކާރު ތެދުވެއްޖެއެވެ.
ކަޝްމީރުގެ މައްސަލައިގައި ދިވެހި ސަރުކާރުން އިންޑިއާގެ ދިފާއުގައި ނުކުމެ، އިންޑިއާއިން ހިންގާ ޖަރީމާތަކަށް ތާއީދު ކޮށްފައި މިވަނީ ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ "ހާއްސަ އިމްތިޔާޒްތައް" އުވާލަން ނިންމި ނިންމުމާ ގުޅިގެންނެވެ. އިންޑިއާއިން މިގޮތަށް ނިންމާފައި ވަނީ ކަޝްމީރުގައި މުސްލިމުންގެ މެޖޯރިޓީ އޮންނާތީ، އެނިންމުން ބަދަލު ކުރުމުގެ ގޮތުންނެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވީ އެނިންމުމާއެކު ކަޝްމީރުގެ މެޖޯރިޓީ ހިންދޫންނަށް ލިބިގެންދާނެ ކަމަށެވެ. ކަޝްމީރުގެ މެޖޯރިޓީ ހިންދޫންނަށް ހޯދައިދިނުމުގެ ބޭނުމުގައި އިންޑިއާއިން މިހާރު ދަނީ ގާނޫނުތައް އެކުލަވާ ލަމުންނެވެ. އެގޮތުން ކަޝްމީރުގެ ބިންތައް ގަތުމުގެ ފުރުސަތު ހިންދޫންނަށް ދިނުމާއި، ކަޝްމީރުގައި ހިންދޫން އާބާދުވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.
މިއީ އިސްރާއީލުން ގުދުސްގައި ހިންގަމުންދާ ފަދަ ޖަރީމާތަކެކެވެ.
ކަޝްމީރާއި އިންޑިއާގެ އެހެނިހެން ސަރަހައްދުތަކާއި ދެމެދު ތަފާތު ބާރުތަކެއް ކަޝްމީރަށް ދީފައި ވަނީ އެގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލާ އިންޑިއާއިން ވަނީ ކަޝްމީރު ދެބަޔަކަށް ބަހާލަން ގާނޫނު ހަދާ މަޖިލީހަށް ގާނޫނެއް ވައްދާފައެވެ. މި ގާނޫނު ފާސްވުމާއެކު ކަޝްމީރު ސްޓޭޓް އުވި، އެ ސްޓޭޓް ދެ ބަޔަކަށް ބަހާލާނެއެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރުގެ އިތުރުން ލަކާޑުއެވެ.
އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލީ މުޅި ކަޝްމީރު ހުއްޓުމަކަށް ގެނެސްފައެވެ. ގާނޫނު އަސާސީގެ މާއްދާ އުވާލުގެ ކުރިން ކަޝްމީރުގައި ތިބި ފަތުރުވެރިންނާއި، އަޅުކަންކުރަން ތިބި ހިންދޫންނާއި، އިންޑިއާގެ މަސައްކަތު މީހުން ކަޝްމީރުން ބޭލުވިއެވެ. އޭރު އެގައުމުން ބުނީ އެފަދަ ފިޔަވަޅުތަކެއް އެޅީ ކަޝްމީރުގައި ހަމަލާތަކެއް ދޭން ރާވާފައިވާތީ ކަމަށެވެ.
ނަމަވެސް އޭގެ ދެ ދުވަސްފަހުން ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލާ ކަޝްމީރުގެ ހުރިހާ މުސްލިމް ލީޑަރުން ގެތަކުގައި ބަންދުކުރިއެވެ.
ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
“The Maldives considers the decision taken by the Government of India regarding Article 370 of the Indian Constitution as an internal matter.
We believe that it is the right of every sovereign nation to amend their laws as required.” https://t.co/kkA5zoqbJT— Abdulla Shahid (@abdulla_shahid) August 7, 2019
ދިވެހި ސަރުުކާރުގެ މި ނިންމުމާއެކު ރާއްޖެއިން ޒަމާނުއްސުރެ އަމަލުކުރަމުން އައި ގޮތަށް ނިމުމެއް އައީއެވެ. މީގެ ކުރިން އެއްވެސް ސަރުކާރަކުން ކަޝްމީރު މައްސަލައިގައި އެއްވެސް ކޮޅަކަށް ތާއީދުކޮށް، ސަރުކާރުގެ ރަސްމީބަސް ހާމަކޮށްފައެއް ނުވެއެވެ.
އަދި ސަރުކާރުން މި ނިންމުމާއި އެކު މި ސަރުކާރު ވެގެން ގޮސްފައި ވަނީ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ފާޅުގައި ތާއިދު ކުރާ ކަން ހާމަކުރި ފުރަތަމަ ދިވެހި ސަރުކާރަށެވެ.
ކަޝްމީރަކީ އެ ގައުމުގެ ބައެއް ކަމަށް އިންޑިއާ އާއި ޕާސްކިސްތާނުންވެސް ބުނެއެވެ. މި މައްސަލާގައި ދެ ގައުމުން މިހާތަނަށް ދެ ހަނގުރާމައެއް ކޮށްފައި ވެއެވެ.
ކަޝްމީރުގެ މައްސަލަަ ހައްލު ކުރުމަށް ފެންނަ، ނުފެންނަ ވޯޓެއް ނެގުމަށް އދ. އިން ހުށަހެޅި ނަމަވެސް އެގޮތަށް އަމަލު ކުރަން އިންޑިއާއިން ބޭނުމެއް ނޫނެވެ.
އިންޑިއާއިން އަބަދުވެސް ގެންދަނީ ކަޝްމީރުގައި ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.
ހިއުމަން ރައިޓް ވޮޗް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުން އިންޑިއާ ސިފައިން ކަޝްމީރުގެ މުސްލިމުން ވަގަށް ނެގުމާއި، ރޭޕްކޮށް، ލާއިންސާނީ އަނިޔާދީ މަރަމުންދާ ކަމަށެވެ.
އަދި ކަޝްމީރުގެ ގޮތް ނޭގޭ ޖަލުތަކުގައި އެތައް ހާސް މުސްލިމުންނެއް ހައްޔަރުކޮށް ލާއިންސާނީ އަނިޔާ ކުރެއެވެ.
ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން ބުނީ އިންޑިއާ އާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައަކަށް އެ ގައުމު ތައްޔާރު ކަމަށެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.
ކަޝްމީރުއަކީ އިންޑިއާގައި އޮތް ހަމައެކަނި މުސްލިމުންގެ މެޖޯރިޓީ އޮތް ސްޓޭޓެވެ.
މުރުތައްދު ބައެއްގެ ދިފާއުގައި ނުކުތުމަކީ އެބައެއްގެ ތެރޭގައި އެ ނުކުތް ބައެއް ހިމެނިގެންދާނެ
މުސްލިމުންގެ ބިންތަކާއި މުސްލިމުންގެ ފުރާނަ ނަގާލަމުންދާބަޔަކީ މުސްލިމުންގެ އަދުއްވުންނެވެ.މުސްލިމުންގެ ޢަދުއްވުންނަށް އެހީވާނީ މުސްލިމުންގެ ސިފައިގައިތިބި މުނާފިޤުނެވެ.
ދެން ރާއްޖެއާ އިންޑިޔާ އިން ފޮށޭނީ ކީއްވެ؟އެހެން ގައުމުތަކުން ފޮށުވަނީ ކީއްވެގެންތަ ހިބަރާ؟ލައުނަތުއްލާހި ،މުސްލިމުންނަށް ހެވެއް ނޭދޭ މީހުނަކީ މުސްލިމުންތޯ؟
މި އީ ލާދީނީ ސަރުކާރެއްކަން މިހާމަވަނީ
ސައުދީ އަށް ޔާމީން ބައިގަތޫ ހިފި އިރު ކަލޭމެން ކުދިން ކޮބާ.އާލު ސައުދުން ކަހަލަ ކާފަރު ބަޔަކަށް ބައިގަތު ހިފުން ކޮންކަހަލަ ކަމަކަށް ވަނީ
އަހަރުމެންނަވެސް ހީވާ އެއްޗެއް ކަލެއަށް ބުނަލަން ބޭނުން ... ކަލޭ ތީ ބުދި ހަމަޖެހޭ މީހެއް ނޫން ހެން. އިންޑިޔާ ސާހިދު
ދެން އަބްދުﷲ ސާހިދުގެ މަރުގެ ހަބަރު އަހަން ނުޖެހިއްޖެއްޔާ ރަގަޅު. މަރު ހަދާން ކުރޭ. ބަލާ ސުސްމާ
މުސްލިމުންނާއި ދެކޮޅާއް އެއްވެސް ހާލެއްގައި ކާފަރުން ނުވަތަ މުޝްރިކް ބަޔަކާ ބައިއަތު ހިފައި އެއްވެސް ހާލެއްގައި ނުކުމެއްޖެ ކޮންމެ ބަޔަކީ މުރުތައްދުން.
ހައަހާ އެއަކަލަ ގަމާރު ގޮލާ.ޔަމަނަށް ބޮން އަޅާ ހަފުސް އަރުވާލި ހާބީ ޑޮޓު ގުރޫޕު ކޮބާ
ދިވެހިރާއްޖެޔޭ ނުކިޔާ. ސަރުކާރާއި ހަވާލުވެތިބީ ލާދީނީ އާލާތްސް ކިޔާ. ދިވެހި ހުރިހާ މުސްލިމުން ތިބީ މުސްލިމުންނާ އެކު.
މިފަދަ ވެރިކަމަކަށް ބައިއަތުދީގެން ތިބުން މުސްލިމަކަށް ހުއްދަވާނެތޯ....
ދިވެހިން ނިކުމެ ވެރިކަން ބަދަލުކުރާކަށް ނުވޭތަ....
????
ބުޑިސްޓު ދިވެހި ދަރުކާރެއް
އިންޑިޔާގެ ޕަޕެޓަކަށް މިމީހުން މިތަންހެދީ ވެރިކަން ކުރާނެ ގޮތެއް ނުވިސްނޭތީ... ލާދީނީ އެމްޑީޕީ
ދިވެހިން ތިބި ގޮތް އަބުދު ﷲ ޟާހިދު އާއި އިންޑިޔާ އަށް ދައްކަމާ،ނިކަން ރީތިކޮށް އިންޑިޔާ އާއި ދެކޮޅަށް ދިވެހިން މުޒާހަރާ އަށް ނިކުންނަމާ ބަހީ
އެމްޑީޕީ މުއްލާ ތައް ދެން ބަގުވާނަށް ދޯ ސަޖިދަކުރާނީ... ބަގުވާނު ޕާޓީ ވެރިކަން ވައްޓަވާދެއްވާށި. އާމީން
މުސްލިމެއްގެ ދުނިޔޭގެ ޙަޔާތުގެ މަޤުޞަދު ނޭގޭ ބަޔަކު ވެރިކަމަށް އައުމަށްފަހު،ޖަނަވާރަށް އަޅުކަންކުރާމީހުންގެ ކިބައިން ވާގިވެރިއެދިގެން ތިމާމެންގެ ބާރާއި ލައްޒަތުގައި ދެމިތިބެވިދާނޭކަމަށް ހީކުރުމަކީ ކުށެކެވެ.ލިބުނުގޮތަށް ދާދިއަވަހަށް ހިގައިދިއުމަކީވެސް ގާތުގައިވާ ކަމެކެވެ.
މުރުތައްދު ސަރުކާރުގެ ބޮޑުން މޯދީ އިންޑިއާ އަށް ވިކި އަޅުވެތިވެފަ.
މިއދަކީ ފެހި ގާނޫނު އަސާސީއަށް 11 އަހަރު ވީދުވަސް... އެކަމަކު މި ފެންނަނީ ބުދުދީނާއި ދިމާއަށް ގާނޫނު އަސާސީ އިން ވެރިކަން ކުރަން ހަވާލުކުރި މީހުނަށް އެކަންނުވެގެން އުޅޭ މަންޒަރު... ޗީޗީ... އުމަރުބުނި ތެދެއް އެލް ބޯޑު. ލާދީނީ ޕާޓީ
މިއީ އިސްލާމް ދީނާ ދެކޮޅު ސަރުކާރެެއް. ނަސީދު މެންނަކީ ބުދައް އަޅުކަން ކުރާ މީހުންހެން ހީވަނީ.
މުސްލިމް އުއްމަތް ނައްތާލުމަށް ކުރަމުން އެދާ ލާއިންސާނީ އަމަލުތައް ކުއްވެރި ކުރުމުގެ ބަދަލުގައި އެމީހުންނައް އަލުވެތިވެ ތާއީދު ކުރީތީ މި ދިވެހި އިސްލާމީ އުއްމަތް ހިތާމަކުރޭ.... ވ.ލަދުގަނެއްޖެ..... ހިތާމައިގެ ބޮޑުކަމާއެވެ.... މުސްލުންތައް މަރަމުންދާއިރު އެބައިމީހުންނަށް ތާއީދު ކުރާބައިގަބަޔަކަށް ﷲގެ ހަޒުރަތުން އަތުވެދާނެ ކޯފާއަކުން އަޅަމެން ސަލާމަތްކުރަށްވާށި..... އާމީން.
މިކަމުގައި ދިވެހިން ތިބިގޮތް ހާމަކުރުމުގެ ގޮތުން މުޒާހަރާ ކުރާކޮށް ދިވެހިންގެ އެއްބައިވަންތަކަން ހާމަކުރަން މިހާރުވެސް ލަސްވެޖެ..?
މަށަށް ހީ ވަނީ މިރ ާއްޖޭގަވެސް މިހާރުވެރިކަން މި ކުރަނީ (ކްރިސްޓިއަނުން ތަކެއްހެން )އެހެންވީމަދޯ މުސްލިމުންނަށްއެފަދައަނިޔާކުރާބަޔަކަށްސަޕޯޓުކޮށްއެމީހުނާއެކު ތެދުވާނީ............ހުންނަހަޔާތްކުޑަކަންދެކިބަލަ...
ކޮން ވާހަކައެއް ދައްކާކަށްތަ؟ މިއޮތީ ރަސޫލާ ދުޢާދެއްވިފަދަ ސަރުކާރެއް! މިފަދަ ސަރުކާރުތަކުގައި އޮންނާނީ ފައްޅިތަކަށް އިޙްތިރާމުކުރުމާ ، ބުދުތަކަށް ބާރުދިނުމާ ، މުސްލިމުންނަށް މުނިޔަތްލުމާ ، ކާފަރުންނަށް ހިތްވަރު ދިނުން ހެއްޔެވެ؟
މިއޮތީ ހަމަސީދާ (ލާދީނީ ) ސަރުކާރެއް!
ލަނޑަޔާވާނީ ލަނޑަޔާ. ނަމުގައި މުސްލިމުން ކަމުގައި މުނާފިގުން. ވީމާ މިކަހަލަ ހުރިހާ ސަކަރާތެއް މިސަރުކާރުން ޖަހާނެ އަދި ޕަޕެޓް މަޖިލިސްވެސް
ރާއްޖޭގެ ދާހިލީ ކަންކަމާ އިންޑިޔާ އަދި އެހެން ގައެމެއްވެސް އެއްގޮތަކަށްވެސް ނުކުޅެ ދޯ ؟ ސަޅި އިނގޭ ދެފުއްކެހެރިކަން.
މި ސަރކާރު މިވަނީ ހުރިހާ ދިމާލަކުން ފަސާދަޔާ ފިތުނައަށް ފައިނަގާ މުގުލުގަ ހިފާފައި، ނިމުން ގާތް. ތިކަމަށް ތާއީދުކުރި ސުސްމާއަށް ތިންގަޑި އިރުތެރޭ ވީގޮތް ނުފެންނަނީބާ
އަޒުރޭލާއި ފަލަސްތީނު ގެ މައްސަލައިގަ ސައުދީން!؟... ހަމަ އެފިލްމުގެ ކޮފީއެއް މިޔަކީ.
ރާއްޖެ ގޯހުންގޯހަށް އަމަލުކުރަން މަޖުބޫރުވުމަކީ
އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދިއުމަށް
ހުޅުވޭ ގޭޓެކެވެ ވާނުވާނޭނގި ރާއްޖޭގެ މިނިވަކަން
ގެއްލި އިންޑިއާގެ އަތްދަށުވުމަކީ ވެދާނެކަމެކެވެ
ކަސްމީރު މައްސަލާގައި ޒަމާނުއްސުރެ ރާއްޖެ
ހިފަހައްޓަމުން އައި އުސޫލު މިވަނީ މުށުތެރެއިން
ދޫވެފައެވެ މުއީ ނުރައްކާތެރި ސިގުނަލެކެވެ
ވަކި ގައުމަކަން ބަރޯސާވާ ސިޔާސަތު މިހާރުން
މިހާރަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
މަ ބުނީމެއޭ އޭރުވެސް މި ސަރުކާރަކީ މުސްލިމުންނާ ދިމާ އިދިކޮޅު ޔަހޫދީ ސަރުކާރެކޭ. ފެނޭތަ ދިވެހި ދަރީންނޭ. މި އޮތީ އިސްލާމް ދީން ފޮހެލަން ވޯޓް ދިން ސަރުކާރު. ކޮބާ ގައުމަށް ޓަކާ ކަރުގެ ނާރު ފުއްޕާލި ސޭކުން
މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް އެހީތެރިވެ ވާގިވެރިވުން.
ލާދީނީ އެމްޑީޕީ
ލާދީނީ އެމްޑީޕީ
ލާދީނީ އެމްޑީޕީ
ލާދީނީ އެމްޑީޕީ
ބަގުވާނު އެމްޑީޕީ
ބަގުވާނު އެމްޑީޕީ
ބަގުވާނު އެމްޑީޕީ
ސޭހުންނޭވެ، ލާދީނީ ކިޔަނީ އިސްލާމްދީނަށް ނަސްރު ނުދީ އިސްލާމުންނަށް ދެރަގޮތް ވުމަށް އަމަލާއި ބަހުން އަތުކުރިއޮޅާގެން ތިބެ މުސްލިމުންނާއި ހިތް ހެޔޮނުކުރާ މީހުން ނޫންތޯ؟ މުސްލިމުންނަކީ އަހުންތަކެއް؟ ވީއިރު އިންޑިޔާ މުސްލިމުންނަށް ދެރަގޮތް އެދޭނީ ލާދީނީ މީހުން ނޫންތޯ؟ އެހެންވީމާ މިސަރުކާރު ލާދީނީ، އަދި އެމްޑީޕީ ލާދީނީ ނުވެ ސަލާމަތް ވާނެތޯ؟ ދެން އަތްޖަހާ
ތިޔަ މަސްއަލައިގަ ދިވެހިސަރުކާރުން އެއްޗެއް ކޮންމެހެން ބުނަންޖެހޭހެއްޔެވެ؟ ބުނާކަށްނުޖެހެއެވެ. އެހެންނަމަވެސް ތިމާ މާރުހޭކަމެއް ކުރާތަންފެނިއްޖެނަމަ ތިމާއާނުބެހޭކަމަކަސް އެކަމެއްގެތެރެއަށް އަގަބާނައިގަންނިހިތް ވާނެ. އެގޮތްމިވީ. މީ ދިވެހި ލޮބުވެތި މުސްލިމުންގެ ކަންކަށީގައި ޖެހި ފިސާރި ތަފާލެއް. ދިވެހި މުލިމުން ދުވަހަކުވެސް މިކަން ހަދާނެއް ނުނެތޭނެ.
ﷲ އަކްބަރު. ﷲ އަކްބަރު. ﷲ އަކްބަރު.
އިސްލާމްދީނާ ދެކޮޅުވެރި އެއްވެސްބަޔަކު ދުވަހަކުކޮޅުންވެސް ކާމިޔާބު ނުވާނެ!
ޖައޭ ހިންދު.. އެހެންނުން ނަސީދޫ.. "ސާރޭޖަހާ އެ އައްޗާ ޔޭ ހިންދުސްތާން ހަމާރާ".. މިއީމިހާރު އެމްޑީޕީގެ މޮޓޯ..