ޓްރާންސްޕޯޓް އޮތޯރިޓީން ފަހުން އިއުލާނުކުރި އަގުތަކަށް އަމަލުނުކޮށް ބައެއް ޓެކްސީ ޑްރައިވަރުން އަގުބޮޑުކޮށް ދަތުރުކުރަމުންދާ ކަމުގެ ޝަކުވާތައް ކުރަން ފަށައިފިއެވެ.

އެކަން ގިނަ ބަޔަކު ދަނީ މިސް މީޑިއާގެ ސަމާލުކަން ގެންނަމުންނެވެ.

"ވަގުތު"އާއި ވާހަކަދެއްކި މީހަކު ބުނީ، ހުޅުމާލެ އިން މާލެއަށް އޭނާއަށް މިިއަދު ދަތުރުކޮށްދިނީ 100 ރުފިޔާއަށް ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ފަހުން ކަނޑައެޅި އަގުތަކުގައި ވާގޮތުން، ހުޅުމާލެ އިން މާލެއަށް އަދި މާލެއިން ހުޅުމާލެެއަށް ކުރާ ޓެކްސީ ދަތުރުތަކުގެ އަގަކީ 75 ރުފިޔާއެވެ.

މިއަދު ޓެކްސީ އެއްގައި އެއާޕޯތަށް ދިޔަ މީހަކު ބުނީ، އޭނާގެ އަތުންވެސް މިއަދު ނެގީ 100 ރުފިޔާ ކަމަށެވެ. އެ މީހާ ބުނީ، އަގު ބަދަލުވެފައިވާ ވާހަކަ އެންގުމުންވެސް އެ ޓެކްސީ ޑްރައިވަރު އެއްވެސް އެއްޗެކޭ ނުބުނެ 100 ރުފިޔާ ދިނުމަށް އެންގި ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ފަރާތްތަކުން މިއޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގައިގެން ދަތުރުކުރަމުންދާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުން އަންނަ ކަަމަށް ވިދާޅުވެފައެވެ.

އަދި އެ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިވެހިމީހާ

    ޓެކްްސީ ބޯޑުއަތުލާ

    19
    1
    • ކުލި

      ހަމަަައެކަނި ޓެކްސީ ދުއްވާމީހުންތަ ބޮޑުއަގު ނަގަނީ! ކޮބާ ގެކުލި، މަތިންދާ ބޯޓުގެ ޓިކެޓް އަގު، ލޯންޗު ދަތުރު އަގު، ،ކޮންޓްރޯލެއް ނެތް،،، ކުރިން700 އަށް ލޯންޗުގަ ކުރި ދަތުރު މި އީދުގަ ކުރަނީ 1000ރުފިޔާ އަށް ވުރެ މަތިން،،،،ކޮބާ އިންސާފް،،

      9
      4
  2. ގޑ

    100 ރުފިޔާ ބޭނުންނަަމަ ކޯޓަށް ދާށޒެ ބުނިނަމަ

    18
    1
    • ކުލި

      10_7 ފޫޓް ކޮޓަރިއެއް 12000ރުފިޔާ އަށް ކަލޭ އޯކޭ ދޯ،،

      1
      10
  3. Anonymous

    ސަރުކާރުން ކަނޑައަޅާ އަގަކާ ޚިލާފައްް ބޮޑުއަގުއަތުލަން އުޅުނަސް ނުދޭނަން. ތަޅާގަނެގެން އަތުލަންޖެހޭނީ.

    15
    1
  4. ނަމަ

    ކުރާނެ އެންނު ބުނިވަރެއް ދީފަވެސް ދަތުރު ކުރާމީހުން އެބަތިބި ވިއްޔަ

    18
  5. ރާޅު ބޯއީ

    ކޮބާތަ ތިކަން ހުއްޓަން މުޅި މާލެ އާއި ބުރިޖާ ހުޅުމާލެ ފުރޭވަރަށް މީހުން އަޅައިގެން ފުލުހުން ހިންގާ އޮޕަރޭޝަން.. ފަޅޮލޭ ކިޔާބަލަ ރައްޔިތުން ގުނބޯ ހައްދަން.

    12
    1
  6. މަރީ

    މާލޭގަ ގެހުރި މީހުން ގެ ކުއްޔަށް ދީފަ ސަރުކާރުގެ އެހެން ވަޒީފާއެއްގަ އުޅެމުން ގިނަ ލާރީގެ ބޭނުމުގަ ޓެކްސީ ކުރަމުން އެބަދޭ. އިތުރު އާމްދަނީ ލިބޭނެ ގޮތް އޮތްމީހުނަށް ޓެކްސީ ކުރުމުގެ ހުއްދަ ނުލިބޭ ގޮތް ހެދުން ރަނގަޅު. ކާރެއްވިއްޔާ ކިތަންމެ ބާކާރަކަސް ދުއްވޭތޯ އެބަ ބަލާ. ކާރުގަ އެއްޗެއް ހަލާކުވެފަ އިނަސް އޭގަ ޓޭޕް އަޅައިގެންވެސް ދުއްވިއްޖެއްޔާ އެނިމުނީ ލާރި ލިބެނިކޮން.