ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާަޓީއަށް ވަރަށް އަވަހަށް ޑީއާރުޕީވެގެން ދާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާނެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މިހާރު މޫކައި ހޮޓެލްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖާބިރު ވިދާޅުވީ މިހާރު ރައްޔިތުން ޑީއާރުޕީ ބަލައިގެންފި ކަމަށާއި ޕާޓީ މިހާރު އެކްޓިވޭޓް ވާން ފަށައިފިކަމަށެވެ.

"މިހާރު އޮޕޮޒިޝަން ލީޑް ކުރަމުން މިދަނީ ޑީއާރުޕީން , ލަފާކުރެވެނީ މަޖިލީހުގެ އަށް ވަރަކަށް މެންބަރުން ޑީއާރުޕީއާއި ގުޅޭނެ ކަމަށް , ޕީޕީއެމްގައި އަދި ޕީއެންސީގައި ތިއްބެއްވި ބޭފުޅުނަށް އެއްވެސް އުންމީދެއް ނެތް އެއީ ބެންކްރަޕްޓް ވެފައި އޮތް ޕާޓީ ތަކެއް " ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މީގެ ކުރިން ޑީއާރުޕީ އޮތީ ކޯމާއެއްގައި ކަމަށާއި މިހާރު ޕާޓީއަށް ދިރުން އައިސްފި ކަމަށެވެ.

"މަޖިލީހުގައި އަޅުގަނޑަކީ މިނިވަން މެންބަރެއް ނަމަވެސް މަޖިލީހުގައި އަޅުގަނޑު މިގެންދަނީ މި ޕާޓީ ތަމްސީލް ކުރަވަމުން މިއޮތީ ރަންޒަމާން ޑީއާރުޕީއަށް އަައިސްފައި, މިހާރު ޑީއާރުޕީ މިއޮތީ މާތްﷲ ގެ ހެޔޮ ރަހުމަތުން އޮޕޮޒިޝަންގައި " ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ޑީއާރުޕީއަކީ ސިޔާސީ އިދިކޮޅު ޕާޓިއެއް ކަމަށާއި، ނަމަވެސް އެ ޕާޓީން ރައީސް އިބްރާޙިމް މުޙައްމަދުގެ ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމަށެވެ. އެ ޕާޓީގެ އަމާޒަކީ 2020ވަނަ އަހަރު އޮންނަ ކައުންސިލް އިންތިޚާބަށް ގިނަ ކެންޑިޑޭޓުން ނެރެ ކާމިޔާބު ހޯދުންކަމަށާއި، މިވަގުތުގެ އެންމެ ބުރަ މަސައްކަތަކާއި ފޯކަސްއެއް ބަހައްޓަނީ އެކަމަށް ކަަމަށް ޖާބިރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިޔާނާ❤

    ސާބަހޭ ޖާބިރޫ. ތިޔައީ ހަމަ މެސީ.⚽

    5
    2
  2. ލޮލް

    މާލު ހުސްވަންދެން ސޮއިލިބޭނެ.. ގާސިމަށް ނުވިކަމެ ޖާބިރަށް ވެދާނެބާ. ލޮލީ ވިއްކައިގެން ލިބުނު ލާރިކޮޅު ވެރިކަމުގެ ދަހިވެތިކަމުގަ ބުރުއްސާ ހުސްކުރޭ.. ޕޕމ ޕނސ ގަ ތިބި ރައްޔިތުންތިބީ ޕާޓީދެކެ ލޯބިވާތީ. ޖާބިރު މާލުދިނީމަ ބަޔަކު ސޮއިދިނަސް ލޯބި ނުލިބޭނެ. ކޭބަލް ކާރުތައް ކިހާ ހިސާބެއްގަވީ؟

    5
    1
  3. ބޮނބި

    އަނހާ!!! ކޮބާހޭ ކޭބަލްކާރު!!!!

    2
    1