ހދ. ކުޅުދުއްފުށި މާފަލު ހިޔާގެ ރޯހައުސްތަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެ ރޯ ހައުސްތަކުން ވައްކަން ކުރިކަމަށް ބުނެ އިއްޔެ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން އިތުރު މައުލޫމާތު ސާފް ކުރިއިރު، އެތަނުގެ ޔުނިޓަކުން އަގުބޮޑު ސާމާނުތަކަށް ވަގަށް ނަގާފައިވާކަން އެނގިފައިވާކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ވަގަށް ނަގާފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ކުޅުދުއްފުށީ ކޯޓުން ވަނީ ދީފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި މިހާތަނަށް ކުރެވުނު މަސައްކަތަކުން ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ދެރަކަމެއްދޯ ރައިސްޔާމީނަށް ނުއެނގުނޭ އެތަންތަނުންވައްކަން ނުކުރާގޮތަށް އެރޯހައުސްތައް ފަރުމާކޮށްލަން އެއީ ހަމަ ރައިސްޔާމީނު އެކަން ކޮށްފަހުރިގޮތުން ކުރިވައްކަމެއް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައިސްޔާމީނު ސަރުކާރުގެ ހުރިހާމިނިސްޓަރުން