ޑީއާރުޕީ ޕްރޮމޯޓްކޮށް އިތުރަށް ވަރުގަދަ ކުރަން މާދަމާ ސައިކަލް ބުރެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިހާރު މޫކައިހޮޓެލްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވީ މާދަމާ ޕާޓީ ޕްރޮމޯޓް ކުރަން ސައިލް ބުރެއް ބާއްވާއިރު މެންބަރުން އިތުރު ކުރުމަށް އަތޮޅު ތެރެއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

"ޑީއާރުޕީގެ ހަރަކާތްތަށް އިރާދަކުރެއްވިޔާ ދާނީ ބާރަށް ކުރިއަށް, ޑީއާރުޕީ އޮޕޮޒިޝަންގައި އޮތުމަކުން އަދި ދަތި ކަމެއް ނުލިބޭ ސަރުކާރާއި ސިފައިންނާއި ފުލުހުންގެ އެއްބާރުލުން ވެސް ދަނީ ޑީއާރުޕީއަށް ލިބެމުން" ޖާބިރު ވިދާޅުވިއެވެ.

ލީޑަރޝިޕާއި ހަވާލުވުމަށް ފަހު ބަލިކަށިވެފައި އޮތް ޑީއާރުޕީ އަށް މެމްބަރުން އިތުރުކޮށް އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޑީއާރުޕީ މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައީ ޕީޕީއެމާއި ޕީއެންސީއާ ގުޅިގެންނެވެ. ދެން ވެސް ޑީއާރުޕީ އޮންނާނީ އެ ކޯލިޝަންގެ ތެރޭގައިތޯ ދެންނެވުމުން ޖާބިރު ވިދާޅުވީ އެ ފުރުސަތު އޮންނާނެ ކަމަށެވެ.