ޓެކްސީ ޑްރައިވަރުން އުނބަށް ޖެހުމަށްފަހު ހަޅުތާލު ކުރަން ފަށައިފިއެވެ.

ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަމުން ދަނީ އަލަށް އަމަލު ކުރަން ފެށި އަގާއި މެދު ހިތްހަމަނުޖެހިގެންނެވެ.

ޑްރައިވަރުންތައް ހަޅުތާލު ކުރަމުން ދަނީ މާލެ އާއި ހުޅުމާލޭގައެވެ. ޓެކްސީ ދަތުރުތަކުގެ އަގު ކުޑަ ކުރުމާއި ގުޅިގެން ޑްރައިވަރުން ބައެއް ޑްރައިވަރުން ހަޅުތާލު ކުރަމުންދާއިރު، މީގެ ކުރިން ޑްރައިވަރުންގެ ޖަމްއިއްޔާ އިން ބުނެފައިވަނީ އަގުތަކުގެ މައްސަލާގައި މުޒާހަރާކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އަގު ކުޑަކުރުމާއި ގުޅިގެން ޓެކްސީތަކުން މާލޭގައި މުޒާހަރާ ކުރަނީ -ވަގުތު އިމޭޖްސް

"ވަގުތު"އަށް މައުލޫމާތުދިން ޑްރައިވަރަކު ބުނީ، އެ މީހުން ހަޅުތާލު ކުރަމުން ދަނީ އަގުތައް ކުޑަ ކުރުމުން ކަމަށެވެ. އަދި އެކަމުގައި 50 އެއްހާ ޓެކްސީ ބައިވެރިވާ ކަމަށާއި، ހަޅުތާލު ކުރަމުން ދަނީ އެކި ސެންޓަރުތަކުގެ ޓެކްސީތައް ކަމަށް ޑްރައިވަރު ބުންޏެވެ.

މާލެ ސަރަހައްދުގައި ހަޅުތާލު ކުރަމުންދާ ޓެކްސީތައް - ވަގުތު އިމޭޖްސް

"ފުދޭވަރަކަށް ބައިވަރި އެބަ އުޅޭ، ގާތްގަނޑަކަށް 50އަށްވުރު މަތިވާނެ، އަޅުގަނޑުމެން ބޭނުންވަނީ މި އާއްމުންގެ ސަމާލުކަމަށް ގެންނަން، އަޅުގަނޑުމެން އެ އަގާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށް". އެ ޑްރައިވަރު ބުންޏެވެ.

މި ޑްރައިވަރުންތައް މާލެ މަގުމަތީގައި ހަޅުތާލު ކުރަނީ އެއްވެސް ޓެކްސީއަކަށް މީހުން ނާރުވައެވެ. ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރަނީ ތިބިތާ ތިބެގެން އެއްވެސް ދަތުރެއް ނުކޮށެވެ.

ޑްރައިވަރުން މަގުމަތީގައި ކާރު ޕާކްކޮށްގެން ހަޅުތާލު ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ލޮލް

  ތެޅުނު ތެޅުނު ވަރަކަށް ހުޅުނބު ދާނީ..!

  99
  5
 2. ނަމަ

  ކޮއްބަލަ ކޮއްބަލަ ޓެކްސީ ޑްރައިވަރުން ހަޅުތާލު ކުރީމައޭ ކިޔާފަ ކަހިރު ވަކެކޭވެސްވާ އަޅުގަޑު ހިތަކައް ހަމަ ނާރާ

  123
  2
 3. ވިސްނާ

  މާ ނޮހޮރުއްޕާން ކުރަންޏާ ދެން ފެންނާނީ ހުރިހާ ޓެކުސީތަކެއްގެ ހުއްދަ ބާތިލުކޮށް، ބާދަގަނޑަށް ކިރާލާފައި، އެމްޓީސީސީ ނުވަތަ އެމްޕީއެލް މެދުވެރިކޮށް ސަރުކާރުން ޓެކުސީގެ ޚިދުމަތް ދޭތަން. އެދުވަހަކުން ތިބޭނެ ޓެކުސީ ޑުރައިވަރުންނަށް ރާކަނިމަސް ކެވިފައި. ސިވިލް ސާވިސްގެ މުވައްޒަފަކަށް ލިބޭ މުސާރައިގެ 3ގުނަ، މަހެއްގެ މައްޗަށް ޓެކުސީ ޑުރައިވަރުންނަށް ލިބޭ، އަދި އެވެސް ޓެކުސީއަށް ކުރަންޖެހޭ ޚަރަދުތައް ކަނޑާފައި. ލިބޭ މިންވަރަށް ޝުކުރުކުރަން ދަސްކޮށްބަލަ.

  84
  3
 4. Anonymous

  އާންމުންގެ ސަމާލުކަމަށޭ! ކަލޭމެން ފެލަނީ އާންމުން އަތުން ނޫންތަ؟ ޓްރާންސްޕޯޓް ހެދި އަގަށް އެކަން ކުރަން ޖެހޭނީ މީގަ އިތުރު ގޮތެއް އޮވެގެން ނުވާނެ .

  69
  3
 5. ބޮއިކަޓް ޢަލީ

  ޑްރައިވަރުން ތިގޮތައް ކަންތައް ކުރީމަ ޓްރާންސްޕޯޓުން ދޫދެނީ، ދެން ޑްރައިވަރުން ހިތައްއެރި އަގެއް ނަގަނީ، މި ޤައުމުގައި އެއްވެސް ކަމެއް ރަގަޅަކަށް ނުވާނެ. ދެން އޮތީ ޕަސެންޖަރުންގެ ދުވަސް ޑްރައިވަރުން ކަން ކުރާގޮތައް ކަންކުރަން ދަންނަން، ލާރިވެސް މާރުކޮށްގެން އަރާނީ، އަގަކީ އަގު. ބޮޑުކޮށް ނަގަން އުޅެފިއްޔާ ލިބޭނީ 10 ރުފިޔާ. ތެލަށް 5ރ، ވަގުތަށް 3ރ އުޅަނދަށް 2ރ

  52
  2
 6. ވިސްނާ

  މުދަލާ ފައިސާއާ ހެދި ހޭބަލިވާ ބަޔަކު ކަންތައް ކުރާނީ މިފާޑަށް، އެހެނަސް ﷲ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދި މަސައްކަތް ކުރާ މީހުންނަކީ ލިބޭ މިންވަރަށް ޝުކުރުކޮށް ރިޒުޤު އިތުރުކޮށްދެއްވުން އެދި ﷲގެ ހަޟްރަތަށް ދަންނަވާ މީހުން.

  52
  3
 7. ރައްޔިތުމީހާ

  ޢާމުން އެބައުޅެދޯ ކަލޭމެން ޖައްސާހާ ވައްތަރެއް ބަލަން ސަރުކާރަށް ގޮވާލަން ދޫނުދިނުމަށް. މަގުމަތީގެ ޤަވާއިދުތަކާއި ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން

  45
  2
 8. ދިވެހިން

  އަގު ހެޔޮކޮށް ޓެކްސިކޮށްދޭ ފަރާތްތަކުން ދަތުރު ހޯދުމަށް ގޮވާލަން. އަދި އަމިއްލަ ފަރާތަކުން ނިކުމެ ދަތުރުކޮށް މިވެރިން ސައިޒުކުރަންވީ

  39
  2
 9. ހޫދު

  މާ ބޮލަށް ފަސޭހަ. މަގުތަކުގަ ޓްރެފިކް ވ ކުޑަ. ހެޔޮނުވާނެ ނަހުލާ މި މީހުން ކޮންމެ ދުވަހަކު ހަލުތާލު ކުރާވަރު ކޮށްދީ. މަގުތަކުގެ ޓްރެފިކް ހަޤީގަތުގަ ވ ކުދަ މި ބައިވަރު ނެތީމަ

  31
  2
 10. ހޫދު

  ފައިދާއެއް ނުވާނެ މިހާރުވެސް އެއާރ ޕޯޓަށޭ ނޫނީ ހުޅުމާލެއަށޭ އޮޅިގެންވެސް ބުނެބަލަ، ނަގޫޖެހިތާ ބޯޖަހާފަ އަންނާނެ.

  30
 11. އާމިނަ

  އަވަސް ރައިޑް ހުރިއްޔާ ހާސް ކަނޑާލާ .ސަޅިބައެއް އެއީ. ގާނޫނަށް ބޯލަނބާތީ އޭ އެންމެ ސަޅި ތަންކޮޅު

  43
  3
 12. އަސްލުމީހާ

  އާންމުންގެ ސަމާލު ކަމަށޭ! ކަލޭމެން ފެލަނީ އާންމުން އަތުން ނޫންތަ؟ ކަލޭމެން އަމިއްލަ އަށް އަގު ހަދައިގެން ދަތުރަކަށް 100 ނަގަމުން އައީ ކޮން ގާނޫނަކުން ހުއްދަދީގެންތަ؟ މަށަށް ފެންނަނީ މާ ދުއްޕާން ބޮޑު ވެއްޖެ ނަމަ ކޮންމެ ޓެކްސީއެއްގައި މީޓަރު ހަރުކުރުމަށްފަހު ދަތުރު ފެށެނީ 10ރ އިން ކަމަށް ހަދާފަ ކިލޯމީޓަރަކަށް 5 ރުފިޔާ. ހަދާލަން އޭރުން ރާކަނިމަސް ކެވިދާނެ އިސާހިތަކު.. 200/- ޕެޓްރޯލް އަޅައިގެން މުޅިދުވަހު މާލޭގަ ދުއްވާފައި ކާރު ވެރިމީހާއަށް 450 ދީފައި ޖީބަށް 2500 އަޅައިގެން ދާއިރު ޕެޓްރޯލް އަގު ބޮޑޭވެސް ނުބުނެވޭނެ. އޮޅުވާލަން ނޫޅޭ. ޕެޓްރޯލް ފީފާއެއްގަ ހުންނަނީ ކިތަށް ލިޓަރު ކަމާއި އެއީ ކިތަށް ރީނދޫހަން ކަން އެނގޭ އަދި 200 ރުފިޔާއަށް ލިބެނީ ކިތަށް ހަން ކަމާއި އެއީ ކިތަށް ލިޓަރުކަން ވެސް އެނގޭ ނަމާދު ގަޑިއަށް ކަނޑާފައި 8 ގަޑި އިރު ހުއްޓާނުލާ ދުއްވެނީ ކިތަށް ލިޓަރުން ކަންވެސް އެނގޭ އޮޅުވާލަން ނޫޅޭ..

  33
  2
 13. މައިކާލޯ

  ދަތުރު ނުކޮށް ގޭގައި ތިބީމަ ވަރަށް ފައިދާވާނީ....

  22
  3
 14. ޖިނާހް

  ދަތުރުނުކުރާ ޓެކޮސީތަކުގެ ހުއްދަބާތިލް ކުރުމައް ސަރުކާރައްގޮވާލަން ޑްރައިވަރުންނަކީ ވަރައްމުނާފިގުބައެއް ތިމީހުންގެ ފައިބުށައްސަރުކާރު ނުވެއްޓޭތި މިހާރުވެސް އަވަސްރައިޑް މިދަނީ ވަރައްފުރިހަމަޔައް ސަރުކާރުން ކަނޑައެޅި އަގުތަކުގައި ދަތުރުކުރަމުން

  25
  3
 15. ލުއްޗަަަ

  ތިމީހުން ކާާރު ޕާކުކޮށްފަ ބަހައްޓަނީ ކާރު ހޯދަން ހުރެ ހުރެ ހަންކެޑޭއިރުވެސް ކާރެއް ނުލިބެ އެކަމުން އެބަތެޅޭނުން ހޭބަލިވެގެން ހަޅުތާލުކޮށްފަ ލަދުދުހަޔާތްކުޑަ ބަޔެއްތީ ޓެކްސީ ޑުރައިވަރުން ލާރިޔާހެދި ހޭބަލިވިޔަސް ތީބޮޑުވަރެއް

  13
 16. ޞައޯ

  އަހަރެންގެ ސަމާލުކަމަކަށް ހަމަ ގައިމުވެސް ނާދޭ. އާންމުންގެ ސަމާލުކަމޯ

  11
 17. ޔެސް

  މިތާނގަ އެބަ އުޅޭ ޓެކްސީ ޑްރައިވަރަކު ފުއްޕަމުން އަންލައިކް ދޭ...

  20
  2
 18. ބާރީ

  ބޮއިކަޓުކުރަންވީ ތި ޓެކްސީތައް. ފެރީ ބޭނުން ކުރޭ.

  15
 19. ޡްނަ

  ޓެކްސީ ޑޮރައިވަރުން ހާ ނުއްސަނދި ބަޔަކު ނެތް. ޢަހަރެބއ ފެމިލީގަ ވެސް އުޅޭ ޓެކްސީ ޑްރައިވަރެށް. 2 އަންބަށް މީހަކާ އިނދެގެން އުޅުނީ، ނުވިތާކަށް މަޖްލީސް އިންތިހާބަށް ވެސް ކުރިމަތި ލި. ގައިމު ރުފިޔާ ތަކެއް ލިބޭތީ ތާ. ޢަހަރެމެން ގެ މުސާރަ އަކީ މަހަކު 10000 ރުފިޔާ ސަރުކާރު ވަޒީފާ އެއްގަ މި އުޅެނީ. މީގެން އެބަޖެހޭ ގޭގެ ކުލި ދައްކާފަ މި މީހުން ބުނި ހާ ވަރަކަށް ދޭން. ޞޮދެތި މަހުޖަނުން ނަށް ވުރެ މި މީހުން މުއްސަނދި

  7
  1
 20. ހަމީދު

  އުޅެބަލަ މިވެރިންނާ ދެކޮޅައް ރައްޔިތުން ނިކުންނައް. ރައްޔިތުން ފެލަމުން ދުއްވާއިރު އެއްޗެއް ހިތަކައް ނާރާ

  10
 21. ޢަބްދުލްމުހައިމިން

  ތިޔަ ޓެކްސީ ޑްރައިވަރުން ސައިޒުކުރަންވީތާ މިހާރުވެސް މާލަސްވެއްޖެ. އަޅުގަނޑުގެ ތަޖުރިބާއެއް. އައިޖީއެމްއެޗް ކައިރިން އެއް ދުވަހަކު ހަވީރު ޑްރައިވަރުގާތު އަހާފައި އަރާށޭ ބުނުމުން ޓެކްސީއަށް އަޅުގަނޑު އަރާ އިށިއިނިން. ކުޑަ އިރުކޮޅެއްގެ ތެރޭ ދެން ފެނުނީ އެހެން މަންޒަރެއް. މަގުމަތީ ހިނގާފައި ދިޔަ އަންހެންކުއްޖަކަށް ޑްރައިވަރު ގޮވާފައި ޓެކްސީއަށް އަރުވައިފި. އޭރު އަދި މި އުޅެނީ ދަތުރަށް ނުފެށި. ކުއްލިއަކަށް އަޅުގަނޑަށް އެންގީ "ކަލޭ ފައިބާށޭ! މިހާރަކު ތި ދަތުރެއް ނުކުރެވޭނެޔޭ! އަހަރެންވެއްޖެޔޭ މި މަންޖެ ގޮވައިގެން ބުރެއް ޖަހާލަން" މިއީ މިމީހުންގެ ފެންވަރަކީ. ހުރިހާ ޢަމަލެއްވެސް ހުރީ އެންމެ ގޮތްކުޑަކޮށް. އަދިވެސް ހަދަންވީ ގޮތަކީ ދަތުރުގެ އަގުކުޑަކުރަންވީ. ދަތުރުނުކޮށް ތިބެވޭނީ 2 ދުވަހު. 3 ވަނަ ދުވަހު ނުކުރިއްޔާ ކާނެ، ބޯނެ ގޮތެއް ކުލިދެއްކޭނެ ގޮތެއް ނޯންނާނެ. ޖެހޭނީ ދަތުރުކުރަން. ވ.ސަލާމް

 22. ބޮއިކޮ

  ރަނގަޅު ވާހަކައެއް ބޮއިކޮޓްކުރަންވީ ސުވާލަކީ ބޮއިކޮ ކުރަންކެރޭނެބާއެވެ ޖަވާބުވަރައްކުރު ނުކެރޭނެޔޭ

  2
  5
 23. ފުރަތަމަ

  ފުރަތަމަ ކަމަކަށް މި މީހުން ގެން ގުޅެނީ ބާވެ ވީރާނާ ވެފައިވާ ކާރު. ތެލުގެ ހަރަދު ބޮޑުވީމަ މައްސަލް ޖައްސާ. ދުނިޔޭގެ އެހެން ގައުމު ތަކުގަ ތެކުސީ ހިދުމަތަކީ ވަކި ފެންވަެއްގަ ދޭ އެއްޗެއް. ތަރައްގީބޭނުން ކޮންމެމީހަކުވެސް. އެކަމަކު ތަރައްގީ ފެށެނީ ތިމާމީހާ އާއި ހަމައިންކަން ނޭގޭ. ތަރައްގީ އަކީ މަގުމަތިން ފެށޭ އެއްޗެއް.

 24. މުހައްމަދު

  ޑްރައިވަރުން ބޭނުން އަގެއް ނުނެގޭނެ އިހައްދުވަހު އަހަރެން އެއަރ ޕޯޓުން މާލެއައީ 100ރ އަށް އެގެއިން އެހެން ގެއަކަށް ދިއައީ 50ރ ޖުމްލަ 150ރ ކޮބާ އަހަރެންގެ ހައްގު

 25. މުހައްމަދު

  ސަރުކާރުން ޢަޅާވެސް ލާނެ ކަމެެއްނެތް ވަގުތުން މާލެއަށް 50 ވަރަކަށް މިނީބަސް ގެނެސް ދަތުރު ފަޝަންވީ

 26. ޓެކްސީ

  ޓެކްސީތަކުން ބޭނުންވަނީ ރަތްޔަތުން ލޫޓުވުންތޯ ސުވާލު ކުރަންޖެހޭ، ޕެޓްރޯލް ލީޓަރެއް ހަރަދުނުވާ ދަތުރު ތަކަށް ބޮޑެތި އަދަދު ނަގަން ޑްރައިވަރުން ލަދު ނުގަންނަނީ ކީއްވެބާ؟

 27. ބޯވަ

  އަމިއްލަ ޓެކްސީތައް ހުޓުވާލަން މަށްފެނޭ