މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ބަލެވެ އުޅުމަށްފަހު ނިޔާވި ގ.ކީމާ، އަބްދުﷲ ރަޝީދު މުޙައްމަދުއަށް ޞިއްޙީ ފަރުވާދެމުންދިޔަ ޖަލު ދެ ޑޮކްޓަރުންވެސް ޞިއްޙީ ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަކުރެވިފައިވާކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަބްދުﷲ ރަޝީދުއަށް ޞިއްޙީ ފަރުވާދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އަދި ކ.މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އެވަގުތު ގ.ކީމާ، ޢަބްދުﷲ ރަޝީދު މުޙައްމަދުއަށް ފަރުވާ ފޯރުކޮށްދެމުންދިޔަ ދެ ޑޮކްޓަރުންވެސް ޞިއްޙީ ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން މި ކޮމިޝަނުގެ ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަކުރެވިފައިވާކަމަަށެވެ.

އެޗްއާރްސީއެމް އިން ބުނީ، އަބްދުﷲ ރަޝީދުގެ މައްސަލަ މި މައްސަލާގެ ތަޙުޤީޤަށް މަޢުލޫމާތު ހޯދާފައިވަނީމާފުށީ ޖަލަށް ޒިޔާރަތްކޮށް، އޭނާ ޙުކުމް ތަންފީޛު ކުރި ގޮޅި ބަލައި، އޭނާއެކު މާފުށީ ޖަލުގައި އެކި ފަހަރުމަތިން ގޮޅި ޙިއްޞާކޮށްފައިވާ ޤައިދީންގެ ފަރާތުންވެއް މައުލޫމާތު ހޯދައިގެން ކަމަށެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، ހެލްތު މިނިސްޓްރީންނާއި، އައިޖީއެމްއެޗުންނާއި، ޢަބްދުﷲ ރަޝީދުއަނބިކަނބަލުންނާ އަދި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ހޯދައި ލިބިފައިވާ މަޢުލޫމާތުތައް ދިރާސާކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

އެޗްއާރްސީއެމް އިން ބުނީ، އަބްދުﷲ ރަޝީދުގެ ޞިއްޙީ ޙާލަތު ގޯސްވެ އެންމެ ފުރަތަމަ ކ.މާފުށީ ޖަލުން ފަރުވާ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގަނޑުގައި ކަމަށެވެ. ޢަބްދުﷲ ރަޝީދު އައިޖީއެމްއެްއަށް އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ގެނެވުމާ ހަމައަށް ތިން ފަހަރު މަތިން ކ.މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ފޯރުކޮށްދީފައިވާކަން އިނގޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

ޢަބްދުﷲ ރަޝީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ނިޔާވުމާއި، ހަމައަށް ގިނަ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރެވުނު ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އަދި މި މައްސަލާގެ ތަޙްޤީޤު މި ކޮމިޝަނުން ނިންމައި ޢަބްދުﷲ ރަޝީދުއަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންސާނީ ޙައްޤުގެ ނަޒަރިއްޔާތުން އިހުމާލުވެފައިވާކަން ފާހަގަކުރެވި، މި މައްސަލާގައި ކަރެކްޝަންސް އާއި ދެކޮޅަށް ދަޢުވާކޮށްދިނުމަށްއެދި، 2018 ވަނަ އަހަރުގެ މޭ މަހުގައާއި 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ޕީޖީއަށް މި މައްސަލަ ދިރާސާކުރުމަށް ފޮނުވުނެކަމަށް އެޗްެއާރްސީއެމް އިން ބުންޏެވެ.

އެހެންނަމަވެސް، މި މައްސަލާގައި މިހާރު ހުރި ހެއްކާ ޤަރީނާއަށް ބަލާއިރު ޖިނަޢީ ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުނުކުރެވޭނެތީ މި މައްސަލަ ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން މި ކޮމިޝަނަށް އަނބުރާ ފޮނުވާފައި ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީމާ

    މީނަ ނުކުމެ އިންސާނަކު ޓެކްލްކޮށް ބޫޓުން ޖެހުނުތަނެއްގައި ޖަހާ ޅަ ބުޅާގަނޑެއް ތަޅާބީދައިން ތަޅާދޮވުނުއިރު އޮތީ ކާކުގެ އިހުމާލެއްތޯ؟ އެކުއްޖަފުޅު މީނަގެ އަތްދަށުން މަރުނުވެ ސަލާމަތްވީ ޢުމުރުގައި އަދި ތަން އޮތީތީއެވެ. މަރުކޮމެޓީން މިވާހަކަ އެބަ ދައްކާތޯއެވެ؟

    11
    • ދޮންބެ

      ތިޔައީ ހަމަ ވަރައް ބޮޑު ތެދެއް،