ކ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހުމަދާއި ފެމެލީ ކޯޓްގެ އިސްގާޒީ ހަސަން ސައީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. އެ ކޮމިޝަންގެ ބައްދަލުވުމުގައި ރާޣިބުއާއި ހަސަން ސައީދުގެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓް ވަނީ ހުށަހަޅާފައެވެ.

ޖޭއެސްސީ އިން ވިދާޅުވީ، ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ރާޣިބު އަޙްމަދުއާއި ގުޅޭގޮތުން އެކޮމިޝަނުން ބަލަމުންދިޔަ ޝަކުވާ ބެލި ބެލުމުން އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ރާޣިބުއާއި ގުޅޭގޮތުން ޖޭއެސްސީން އަށް މައްސަލައެއް ބަލަމުންދާކަމަށް ކުރިން ވަނީ ބުނެފައެެވެ. އެހެން ނަމަވެސް އެ ޝަކުވާތަކާއި ގުޅޭ ތަފްސީލު ހާމަަކޮށްފައެއް ނުވެއެވެ.

އަދި ފެމިލީ ކޯޓުގެ އިސްގާޒީ ޙަސަން ސަޢީދުއާއި ގުޅޭގޮތުން އެކޮމިޝަނުން ބަލަމުންދިޔަ ދެ ޝަކުވާ ބެލި ބެލުމުން ސާބިތުވާކަމަށްވެސް މިއަދު ޖޭއެސްސީއިން ވަނީ ނިންމާފައެެވެ.

އަދި ދެބޭފުޅުންނާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ސާބިތުވާކަމަށް ނިންމައި، އެ ދެބޭފުޅުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް މިއަދު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

މި ރިޕޯޓަށް ޖަވާބުދާރީވުމަށް ރާޣިބުއަށާއި، ހަސަން ސައީދަށް 30 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.

މީގެ ކުރިން ޖޭއެސްސީގެ ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ދުރުކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމައިފައެވެ. އަދި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށްވެސް ޖޭއެސްސީން ރައްޔިތުންގެ މަަޖިލީހަށް ހުށަހެޅިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕިސްޕިސް

    ސާބަސް މިއޮތީވާ ސަރުކާރެއް

    16
  2. އެނގޭތަ؟

    ހުރިހާ ތާކަށްް ގުއި އުނދުޅި ބާނައިގެން ކިހާ ދުވަހަކު އުޅެވޭނެ ކަމަށްތަ؟ ވައްޓާލާށޭ މިއުޅެނީ. ނުބައިތިއްބާނަމޭ ގިނަ ދުވަހަކު.

    18
    4
  3. މޯޑު

    ޝަރުޢީދާއިރާ ސާފުކުރަންޖެހޭ. އެކަން ކުރެވެން އޮތީ ކުނިބުނި ބޭރުކޮށްގެން. ފޮޓޯއިން ފެންނަ ބޭފުޅާގެ ކިބުރުވެރިކަމާއި ބޮޑާކަން ނޭނގޭ މީހަކު ޝަރުޢިދާއިރާ އަކު ނުހުންނާނެ. މިމީހުން ހިންގާފައިހުރި ޖަރީމާތައް ރައްޔިތުންނަށް ތިލަ ވާން ޖެހޭ.

    3
    9
  4. ޢަހުމަދު އީސަ

    ޑެން ތިހެންކިޔާފަ ދޫކޮއްލާ ސާބަހޭ މުޅިންވެސް ތިބީ ބޮދެތިންނައް އަދީބުގެ އާއިލާމީހުން