އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ރ.މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން، ގޭގައި މަޑުކުރަން ޖުޑީސަލް ސާރވިސް ކޮމިޝަން (ޖޭއެސްއީ) އަންގައިފިއެވެ.

ޖޭއެސްސީން މިގޮތަށް ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން ގޭގައި މަޑުކޮށްލަން އަންގާފައިވަނީ، އޭނާގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ ޝަކުވާގެ ތަޙްޤީޤު ވަކިގޮތަކަށް ނިމެންދެންނެވެ.

އެނގިފައިވާގޮތުގައި، އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދަނީ ކޯޓުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލަތަކެވެ.

އަދްނާން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާތާ އަށް އަހަރުވެފައިވާއިރު، އޭނާ އެ ކޯޓުގެ މަސައްކަތް ކުރާ އަންހެން މުވައްޒަފަކާއި ވާހަކަދައްކާފައިވާ އޯޑިއޯއެއް ވަނީ ލީކްވެފައެވެ.

ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނާއި ބޭހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާއިމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަޝާދު

    ޢަދުނާނަކީ މާބޮޑަށް ކަންކަން އެނގޭކަމަށް ހެދިގެން އުޅޭ މީހެއް. މިފަދަ މީހަކު މިޖެހުނީ ގުއި ރޯނެއްގައިބާ؟ ނޫނީ ހަމަ އެ ބުނާ ގަނޑެއް ގަތީބާ! ކޮންމެއަކަސް ވަރަށް ލަދު އެހާމެ ހުތުރު.

    12
    1
    • ސައީދާ

      ނޫން.ނޫން އެއީ ހަމަ ހަގީގަތެއް.. އެއޮތީ އޯޑިއޯ...އަޑުއަހާބަލަ ބުރޯ

  2. މިއަދު

    މިއޮތީވާ ސަރުކާރެއް ރައީސެއް ބޮޑުވަޒީރެއް ނައިބެއް ވަކިކުރާކަށް ނޭންގުނު ގައުމުހިންގަނީ މަޖިލިހުންކަމެއް ނަޝީދުކަމެއް ރައިސްކަމެއް އިބުރާހިމް މުޙައްމަދު ސަލިހުކަމެއް ނައިބުކަމެއް ފައިސަލްނަސީމުކަމެއް ނުއެގުނު ފަޑިޔާރުންގެ ފައިދަށުން ފިލުވިގަނެގެން މި5 އަހަރު ނިމޭއިރުވެސް ހަޑިސާފުވާނެބާ ހާވަފަހުރި ހަޑި ސާފުނުކޮށް ކީއްވެބާ މާފަރު އެއާރޕޯޓު ހުޅުވަން ނިންމެވީ ކީއްވެބާ ހޯރަފުއްޓަށް އެއާރޕޯޓް ބަދަލުކުރީ އަމިއްލަ ޖީބަށްލާންވާއެތި ހަޑިއެއްނޫން އަނެކާގެ ޖީބަށް ލާންވީމަ އެއެތިކަޑަ ދޯ އައިޝާ

    11
    1
  3. ބުއްލަބޭ

    އަދުނާނަކަށް އެއްކަމެއްވެސް ނުވާނެ އަދުނާނަކީ އެމްޑިޕީ މުއްލާއެއް ވަކިބަޔަކު ވަޒީފާއިން ވަކިކުރާނީ ތީ ސިޔާސީ ގޮތުން ހިންގާ ކުޅިގަނޑެއް ވަކިބަޔަކު ސާފު ހުދު ފޮތިކޮޅަކަށްވާނެ އަނެއްބަޔަކު މުޖުރިމުންނަށްވާނެ މީ އޮޅިފަވާ ކަމެއްނޫން

    8
    1
  4. ބެއްޔާ

    އެއީ އެމްޑީޕީ ބޮޑު މުއްލާއެއް. މީހުންގެ ލޮލޮގަ އަނދުން އަޅުވަން ގޭގަ މަޑުކުރުވީ. ނުވާނެ އެއްކަމެއްވެސް. އަންނި ހިތްހަމަނުޖެހޭ އެންމެން ވަކިކުރާނެ ކޮންމެވެސް އެއްޗެކޭކިޔާފަ. މިއީ ޔަހޫދީންގެ ގޮތް. ލާދީނީވީމަ އިސްލާމްދީނަށް ލޯބިކުރާ އެންމެން ބޭރުކުރާނެ. ނޫނީ ޖެހޭނީ އެމީހުންނަށް ތަބާވާން.

  5. އަދުނީނު

    ކޯޓުގެ ނަޒާހަތްތެރިކަން ގެއްލިފަ. އަދި އަދުނާނު މި ހަދާގޮތަކީ އަންހެނުން ގާތު ބުނަނީ އެއީ ތިމަންނާގެ އަޑެއް ނޫނޯ އެއީ ޕޕ.އެމް މީހުން ހަދައިގެން އުޅޭ އެއްޗެކޯ.. މިކަމަށް ބުނެކަން އޮތީ ، އަދުނާނާވޭ ޕޕ.އެމް މީހުން ކަލޭ ދުއްވާލާނެ ނަމަ ޕޕ.އެމް ގެ ވެރިކަމުގައޭ ދުއްވާލާނީ ކަލޭހީކުރީ އެހެން ކަމަށްތަ... ދެން މީނާ އިރުއިރު ކޮޅާ މިދަނީ މާލެ، ގޮސް މި އިންނަނީ އެމް.ޑީ.ޕީ އޮފީހުގަ އިތުރުގޮތެއް އޮތްތޯ ސަލާމަތް ވާނެ،،،އެތަނަށް ގޮށްސަވެސް މިކިޔަނީ އެއީ ތިމަންނާ އެއް ނޫނޯ.. އަޖައިބެއް މީހަކު ނުވާނެ ތަރ..

    މާކުރަތު ކައުންސިލްވެސް އޮތީ ފޭލި ވެފަ.. އަބްދުﷲ ނައީމުގެ ބާރާއި ނުފޫޒު ވަދެ ނިމިފައި... މަކުރަތު ތަރައްގީ ނުވެ އޮނަންޖެހުނީ މީނާގެ ސަބަބުން..ހަގީގަތަކީ މީ... )

  6. ރައްޔިތެއް

    ކޯޓުގެ ނަޒާހަތްތެރިކަން ގެއްލިފަ. އަދި އަދުނާނު މި ހަދާގޮތަކީ އަންހެނުން ގާތު ބުނަނީ އެއީ ތިމަންނާގެ އަޑެއް ނޫނޯ އެއީ ޕޕ.އެމް މީހުން ހަދައިގެން އުޅޭ އެއްޗެކޯ.. މިކަމަށް ބުނެކަން އޮތީ ، އަދުނާނާވޭ ޕޕ.އެމް މީހުން ކަލޭ ދުއްވާލާނެ ނަމަ ޕޕ.އެމް ގެ ވެރިކަމުގައޭ ދުއްވާލާނީ ކަލޭހީކުރީ އެހެން ކަމަށްތަ... ދެން މީނާ އިރުއިރު ކޮޅާ މިދަނީ މާލެ، ގޮސް މި އިންނަނީ އެމް.ޑީ.ޕީ އޮފީހުގަ އިތުރުގޮތެއް އޮތްތޯ ސަލާމަތް ވާނެ،،،އެތަނަށް ގޮށްސަވެސް މިކިޔަނީ އެއީ ތިމަންނާ އެއް ނޫނޯ.. އަޖައިބެއް މީހަކު ނުވާނެ ތަރ..

    މާކުރަތު ކައުންސިލްވެސް އޮތީ ފޭލި ވެފަ.. އަބްދުﷲ ނައީމުގެ ބާރާއި ނުފޫޒު ވަދެ ނިމިފައި... މަކުރަތު ތަރައްގީ ނުވެ އޮނަންޖެހުނީ މީނާގެ ސަބަބުން..ހަގީގަތަކީ މީ...
    ދައުލަތުގެ ބިމެއްގައި އާއިލާގެ ރުއްގަނޑު ބާއްވައިގެން ކަނީ