ދިވެހި އަންހެނަކާ ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް، ގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި، އޭނާއަށް ފަރުވާދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. އޭނާ ހާލު ސީރިއަސްވެގެން ފަރުވާދިނުމާއި ހަމައަށް އޭނާ ހުރީ ކަރެކެޝަނަލް ސާވިސްގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައެވެ.
ޔާސިރުގެ ފަރާތުން "ވަގުތު" އަށް މައުލޫމާތުދިން މީހަކު ބުނީ، ޔާސިރު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންގެންދާތާ 40 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. މީގެ ތިންދުވަސް ކުރިން ފަށައިގެން ހުޅުމާލެ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާދެމުން ދާކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އޭނާ ބުނީ ޔާސިރު ވަރަށް އަވަހަށް އައިސީޔޫއަށް ލާން ޖެހިދާނެ ކަމަށެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޔާސިރުއަށް މީގެ ތިން ދުވަސް ކުރިން ފަށައިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"ދެ ތިން ދުވަސްވެއްޖެ އޭނާއަށް ފަރުވާދެމުން ގެންދާތާ، ހާލު އަނެއްހެން ދެރަވެގެނެއް ނޫން، އެހެން ނަމަވެސް އެއްވެސް ކަހަލަ ހަރުކާއެއްޗެއް ނުކައި ހުންނާތީ ވަރުދެރަވެގެން ޑޮކްޓަރު ބޭނުންވެގެން އޭނާއަށް ފަރުވާދެނީ". ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކަރެކްޝަން އިން އެހެން ވިދާޅުވި ނަމަވެސް ޔާސިރުގެ ފަރާތުން "ވަގުތު" އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ބުނީ ޔާސިރުގެ ލިވާ އާއި ޔޫރިންގައި އިންފެކްޝަން އުފެދި އޭނާގެ ހާލު ވަރަށް ދެރަވެފައިވާ ކަމަށެވެ.
ޔާސިރު ޑިމާންޑް ކުރަނީ ގެއަށް ބަދަލު ކޮށްދިނުމަށް ކަމަށާއި ގެއަށް ބަދަލު ކޮށްދިނުމުން އަމިއްލައަށް ރާއްޖެ ދޫކޮށްދާން ޔާސިރު އެއްބަސްވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް އިން އަދިވެސް އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ޔާސިރު ހައްޔަރުކޮށްފައި ވަނީ 2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި އިސްލާމިކް ޔުނިވާސިޓީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށެވެ.
މިހާތަނަށް ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.
އޭނާ ހައްޔަރުކުރީ ޑީޕޯޓް ކުރުމަށް ފަހު އިމިގްރޭޝަނާ ހަވާލު ކުރަން ކަމަށް ފުލުހުން ކުރިން ވިދާޅުވިއެވެ.
ޔާމީނުވެސް އިބޫވެސް މީހަކު މަރާލަނީ ސަޢުދީ ރުއްސަން!
ޔާސިރު އުސްތާޒަށް އަވަސް ޝިފާއަކަށް އެދެން
އެއްވެސް ދަޢުވާއެއް ނުއުފުލާ މިހާ ގިނަ ދުވަސް ވީ ކީއްވެގެންތޯ؟ ހައްޔަރުކުރި ސަބަބަކީ ކޮބާތޯ؟ އިންސާނަކަށް މިވަރު ކަމެއް ވެގެންދާއިރު ސަރުކާރުން އަޅާނުލަނީ ކީއްވެެގެންތޯ؟
ތުނބުޅިއެއް ހުރެފައި ދީނަށް އުޅެންޏާ ކޮންމެހެން ވެސް ޖެހޭނެ ހައްޔަރުކުރަން
އަނިޔާވެރި ޔާމިނުގެ ވެރިކަން ނިމި އޯގާތެރި ކިބޫ ވެރިކަމަށް އައީމަވެސް ތިޔަ މައްސަލައަށް ހައްލެއް ނުލިބުނުތާ. އެހެންވީމާ މޑޕ ކުދިންކޮޅުވެސް އަނިޔާވެރިޔޭ ނުކިޔާ ރައްޔިތުންގެ ފައިސާކޮޅު ކެވޭތޯ ބަލާބަލަ.
ހެޔޮ ވެރިކަމެއްގައި އިންސާފާއި ހަމަހަމަކަން ލިބެނީ ހަމައެކަނި ވަކި ބަޔަކަށް. ޏިކަމެތިންނަށް ދެރަ ގޮތް ަަަަަަަަަަަަަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
މީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ހެއްކާ ގަރީނާ ހުރީއްޔާ ޝަރީއަތަށް ހުށަހަޅުއްވާ. އެއްވެސް މީހަކު ޝަރީއަތަކާއި ނުލާ މިހާ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމީ ނުހަނު ބޮޑު ލާއިންސާނީ އަމަލެއް.
ރާއްޖެ މީހެއްނޫންވީމަ ... ބޭނުންގޮތެއް ހަދާލާަ.
ކުށެއްނެތް މީހެއްގެ މަރުގެ އިލްޒާމް އިބްރާހިމް މުޙައްމަދު ޖާހިލު ނަގަން ނެޖޭނެ މީނަ މަރުވެއްޖިއްޔާ. ސެލްފީ ނަގަ ނަގާ އަބަދަކު ނުހުރެވޭނެ. ޭ. އަހަރުމެން މި ކޭސް ވަރަށް ގާތުން ބަލަމުން މިދަނީ
އަނިޔާވެރި ލާދީނީ ސަރުކާރެއްމީ. ޔާމީން އަކީ ވެސް ހަަމަ އެފަދަ ލާދީނީ މީހެއް
80 ކިލޯ ހުރިމީހެއް މިހާރު ހުރީ 53 ކިލޯ. އަދިވެސް އިމިގުރޭޝަނުން ބުނާނެ ހާލު ދެރައެއް ނޫނޭ...?
އެއްވެސް ދައުވާއެއް އުފުލުމެއް ނެތި މީހުންނަށް މިފަދަ އަނިޔާ ދިނުމުގައި އިސްވެ ތިބޭ މީހުން މަހުޝަރު ދުވަހުން ދުވަހަކު ސަލާމަތް ނުވާނެވަރުގެ އަނިޔާ މީހުންނަށް އެ ދެނީ. މީ ކޮން އިންސާފެއް؟ އެމެރިކާ ބޭނުންހާ ހަޑިއެއް ހާވަނީ ފާޅުގައި މީހުންނަށް އަނިޔާދިނުމުގައި.
ސައޫދީގެ ނުލަފާ ޝާހީ އާއިލާ އިން އަންގައިގެންދޯ.
މީހަކު އނިޔާވެރިވެގެން އެމީހާ ވެރިކަމުން ބޭލީ ރައްޔިތުންނައް ޙަރާމް ކޯރުވީމަ ރައްޔިތުން ބޭލީ މިހާރު އިބޫ ވެރިކަމައް އެރީމަ ހިއްދަތހިކަން ފިލީ ކިތައްމީހުންގެ ތޯ ސިޔާސީ މީހުންގެ ލަގަބު މައްޗައް އެތުން ނޫން އެހެން ކަމެއް ނުވޭ ޔާސިރު ދޫކޮއްލުމައް އިބޫއައް ގޮވާލަން ސީރިއާއަް ދިޔަމީހުން އަނބުރާ އައީމަ އެމީހުންވެސް ތިބެނީގޭގަ ކުށެއްނެތް ޔާސިރު އޮންނަންޖެހެނީ ގޮޅީގަ މީ އިންސާފެއްނޫން އޭނާ މަރުވެއްޖެއްޔާ އިބޫ ޖެހޭނެ ޒިންމާވާން
މުސްލިމުންނަށް ނުހަނު އަނިޔާވެރި ސަރުކާރެއް ކަމުގައި މިސަރުކާރު ވޭ. އަދި އިތުރު އިނިޔާވެރިކަން ކުރިޔަށް އޮތީ. ޔާސިރު މަރާލަން އެއްވާމަކަށް ހިފާފަ އެއޮތީ
ސަޢޫދީގެ ޔަހޫދީ ސިޔާސަތުގައި ޖެހި މިކުރާ ކަންތަކަށް އަނިޔާނޫން ކިޔާނެ އެއްޗެއް ބުނެދީބަލަ!
އިހުމާލު ވަރަށް ބޮޑު
ކޮބާ ހިއުމަން ރައިޓްސް
ނޯ ޓްރައިލް. މުޒާހަރާއެއް ނެތް. ޖަވާބެއްނެތް. ރިޓްވީޓެއް ނެތް. އެކަމު ހިއުމަންރައިޓްސް އެބޯތޯ. މީ ދިވެއްސަކަށް ނުވީމަ؟ ާ ނިކަމެތި އާއިލާ އެއްގެ މީހަކާ ކައިވެނި ކުރީމަ؟ އަޅާލާނެއް މީހުން ނެތީތަ މިކަމާ؟
ޢުފުލާނެ ދައުވާއެއް ނެތް މީހަކަށް އަނިޔާ ދެނީ ކީއްވެބާ؟ އެކަން ބަލައި އިންސާފުން ކަންކުރަން ހަދާފައި ހުރި މުއައްސަސާތަކާއި އެތަންތަނާ ހަވާލުވެތިއްބެވި އެކިވަރުވަރުގެ ވެރިންތައް ކޮބައިބާ؟
ޑީޕޯރޓް ކުރުމަށްފަހު އިމިގްރޭޝަންއާ ހަވާލުކުރާނެ ގޮތެއް ކޮންމެވެސް ބޭފުޅަކު ވިދާޅުވެދެއްވުން އެދެން.
ތިޔަބޭފުޅުން ވިސްނާލަބަލަ މި ޔާސިރު ޑީޕޯޓް ކޮށްފަ އަނބުރާ ގެނެވުނުފަދައިން ، އަދީބު އިންޑިޔާގެ ޙިމާޔަތަށް އެދިފައި ފިލީމާ ދަމައިގެނެވުނު ފަދައިން، ބަގުލަދޭޝްގެ ރައްޔިތަކު ޑީޕޯޓް ކޮށްލީ މުޅިޤައުމު ކަވާލިބަޔެއްގެ ފައިސާގަނޑު ވީނުވީއެއްނޭގި ދިރުވަލި މައްސަލައެއްގެ ޙަޤީގަތް އެގޭކަން އެގިހުރި ޙާލު ވީމާ މިކަލޭގެ ގެނަސް މި މައްސަލަ ރަނގަޅަށް ބެލުމަކީ ދިވެހި ރައްޔިތުންގެ އެދުމެއް މީނާ ގެނޭ! ފައިސާގަނޑަށްވީގޮތްބަލާ ނޫނީ މިސަރުކާރުގައި ތިބިމީހުންނަކީ ވަގުންކަމުގައި ބުނެވޭނެޖާގައެބައޮތް