ޢީދު ބަންދަށް މާދަމާ ގިނަ ބަޔަކު މާލެ އިން އަތޮޅުތަކަށް ފުރާނެތީ މާދަމާ މެންދުރު ފަހުން ފެށިގެން ޓެކްސީ ދަތުރުތައް ހުއްޓާލަން ބައެއް ޑްރައިވަރުން ނިންމައިފިއެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ކުޑަ ކުރުމާއި ގުޅިގެން ބައެއް ޑްރައިވަރުން ވަނީ މިއަދު ހަވީރާއި މިރޭ ހުޅުމާލޭގައި ހަޅުތާލުކޮށްފައެވެ. ޓެކްސީ ޑްރައިވަރުން މިރޭ 21:00 ހާއިރު ހަޅުތާލު ނިންމާލުމަށް ފަހު ބުނީ މާދަމާ މެންދުރު ފަހު ދަތުރުތައް ހުއްޓާލާނެ ކަމަށެވެ.

"މާދަމާ މެންދުރު ފަހު އީދު ބަންދަށް މީހުން ރަށްރަށަށް ފުރާ ވަގުތާއި ދިމާކޮށް ދަތުރުތައް ހުއްޓާލާނަން. އޭރުން ބަޔަކަށް އެނގޭނީ ޑްރައިވަރުންގެ ކަންބޮޑުވުންތައް." ޑްރައިވަރަކު ބުންޏެވެ.

މިއަދު ވެސް ހެނދުނުން ފެށިގެން ދަތުރު ކުރުމަށް ފަހު ހަވީރު ދަތުރުތައް ހުއްޓާލާ ހަޅުތާލު ކޮށްފައި ވަނީ 100 ވަރަކަށް ޑްރައިވަރުންނެވެ. ބެލެވޭ ގޮތުގައި މާދަމާ ވެސް ދަތުރުތައް ހުއްޓާލާނީ އެމީހުން އެކަންޏެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ 1200 އަށް ވުރެ ގިނަ ކާރަށް ދީފައިވެއެވެ.

ބައެއް ޑްރައިވަރުން ހިތްހަމަނުޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި، ހުޅުމާލެ އަށް ކުރާ ދަތުރުތަކުން ނެގޭނެ އަގު ސަރުކާރުން ކުޑަކޮށްފައި ވާތީއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ - މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ - ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ - މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ - ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

ޑްރައިވަރުން ހަޅުތާލު ކުރިނަމަވެސް އަގަށް ބަދަލު ނުގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޣގޔ

    މާދަމާ ކަލޭމެންގެ ދުވަސް. ދެން އަހަރެން އަރުވާ ދުވަހަކު ފައިސާ ދޭނީ ވަކި ލާރިން.

    107
    1
  2. ތުނިޔަ

    ހަޅުތާލުކޮށް ކޮށް ތިބޭ! ކަލޭމެނަށް ލިބޭއެއްޗެއް މަދުވާނީ!

    90
  3. ބުޅާ

    މާލޭގައުޅޭމީހާ ޓެކްސީގަ ޖެހިގެންއޮންނަ ރަށަށް ދަންޏާ އޭނަ 60 ރުފިޔާއަށްވުރެ އެންމެލާރިއެއްވެސް އިތުރަށް ދެއްކުން މަނާ. އެކަމަކު އޭނަ ލ އަތޮޅަށް ގޮއްސިއްޔާ ޑުރައިވަރު 1000 ރުފިޔާއޭ ބުންޏަސް ފައިސާ ދައްކަން މަޖުބޫރު. ގަވައިދުހަދަނީ އެކަކު، މުސާރަދެނީ އެންމެން، އެއްދައުލަތެއް ދެނިޒާމެއް.

    21
    28
    • ލާމު

      ރަނގަޅު ވާހަކަ އެއް މިހާރު ވެސް ގަމު ހޮސްޕިޓަލަށް ގެންގޮސް ދެނީ 250 އަށް..

      13
      3
  4. މަ

    ކަލޯމެންނޭ ބަސްވެސް އޮވެޔޭ

    61
    1
  5. އޑޕ

    ސަރުކާރައްގޮވާލަން މިބުނާ 100 ޑްރައިވަރުންގެ ޓެކްސީކުރުމުގެ ހުއްދައާއި 100 ޓެކްސީގެ ހުއްދަބާތިލްކުރަން

    99
    1
  6. ބޮއިކަޓް ޢަލީ

    އަމުދަނީ ހޯދަން މަސައްކަތް ކުރާމީހުން ހުއްޓައެއްނުލާނެ، ވާވަރަށް ލާރި ލިބިފައި އިތުރުވާތީ ހުއްޓާލާނީވެސް، ދެކޮޅު ނުޖެހެޔޯ.

    78
  7. ޢައްޖަލް

    ...އެމީހުނަށްވެސް އިހުތިޖާޖު ކުރުމުގެ ޙައްްގު އޮނަންވާނެ...

    9
    45
    • އެޑާމްބެ

      އިހުތިޖާޖު ކުރުމަކީ އަނެއްމީހުންނަށް ޖެއްސުން ކުރުމެއްނޫން އިގޭ! މީހުންނަށް ޖެއްސުން ކުރަންޏާ އެމީހަކަށް އެކަން އިހުސާސުވާ ވަރުވާނެ އަދި އިރާދަކުރެއްވިއްޔާ. ޓެކުސީ މީހުން މައްސަލަ ޖައްސަންޏާ އޮންނަ ގޮތަޢް މައްސަލަޖައްސާ! މީހުންނަށް ޖެއްސުންކުރަންޏާ އާންމުން އެހެން ގޮތެއް ހޯދައިފިއްޔާ ފޯރި ހުންނާނެ ދެން. މާ ފޮނިވެގެން އުޅޭ ބައެއް! ސައިޒަށް ލާންވެފަ ތިބި ބަޔަކު އެބަ އުޅޭ އެބަ، ރަގަޅު ޑުރައިވަރުންގެ އަގު ވައްޓާލަން.

      21
  8. ބޮޑުބެ

    ބައްލަވާ ބުރިޖް އެޅުއްވީ ޑުރައިވަރުންތޯ ނޫނީ ސަރުކާރުން ތޯ ސުވާލު އުފެދޭ!
    ހުރިހާ ޓެކްސީ އެއް މާލޭން ބޭރުކޮށްފަ އެމް.ޓީ.ސީ.ސީ އަށް އެކަނި ޓެކްސީ ކުރުމުގެ ހުއްދަދޭންވީ. ޓެކްސީ ސެންޓާރ ތައް ފެއިލް ވެފައި ވާކަން މި އިނގެނީ

    92
  9. ޢަންޖަލް

    ކާރުގަ އަލުވާލާ ކޫރުމެއްވެސް ގަރާޖަކުން ފިލުވާލަދެނީ 5000 ރ އަށް ވުރެއް ބޮޑުއަގުގަ ...ގިނައީ ކުއަޔަށް ކާރު ނަގައިގެން ދުއްވާ ރާއްޖެތެރޭގެ ނިކަމެތި ރަޔިތުން ...ކުލީ ބައެއްނޫން. ޢަގެއް ކަނޑައަޅާއިރު މީ ވިސްނާލަން ޖެހޭ ކަންކަން..މެއިޓަނަންސް ކޯސްޓު އެހާ ބޮޑު . ޥެރިމީހާއަށް ދުވާލަކު 350ރ މީވެސް ވިސްނާލަން ޖެހޭ ކަންކަން

    8
    83
    • އައިޝް

      އަހަރެމެން ބުނެގެންތަ ނުދުއްވޭ ވަރުން ތި ކާރު ދުއްވަނީ

      29
    • އަހްމަދު

      ފްލައިޓް ދަތުރު ތަކަށް ވުރެ ޓެކްސީ އަގު ބޮޑު! އެހެންތާ ވާނީ މާލެގައި ޓެކްސީ ޑުރައިވަރުންގެ 2 ރޫމުގެ އެޕާޓުމެންޓްތައް މިހުރީ 50،000ރ މަތީގައި ވިއްޔާ!

      7
      11
    • ކޫރު

      އަންޖަލޫ ވާނުވާ ނޭނގޭ މީހުން ގާތު ތިޒާތު ސްޓޯރީ ޖައްސަންވާނީ.ނޫނީ ބޭލޭނީ ފޮށާ.ކާރުގަ އެޅޭ ކޫރު ފިލުވަނީ ކާރުގެ ވެރިމީހާގެ ހަރަދުގަ.ވެރިމީހާއަށް 350ރުފިޔާދީފަ ޕެޓްރޯލު އަޅާފަ ޔަގީނުންވެސް ލިބޭނެ ޕާޓްޓައިމް ޑްރައިވަރަކަށްވެސް ފައިދާއަށް މަދުވެގެން ދުވާލަކު 500ރުފިޔާ.ރަސްމީ ޖޮބުން 10000 މަދުވެގެން ލިބޭނެ.މާލޭ ބޭފުޅެއްނަމަ ގޯތި ކުއްޔަށް ދީގެން ލިބޭނެ މަދުވެގެން 10000ރުފިޔާ.އައި އަށް ހީވަނީ މިވަރު އޯކޭހެން.އަދި ގިނަފަހަރު ޑްރައިވަރުން ނިދާނީ ކާރުކޮޅުގަ.ސޯ ނޯ އެޕާޓްމަންޓް ރެންޓު

    • އާދަނު

      ދެން މި ބުރިޖް ނާޅާ އިރު ކިހިނެއް ތި މެއިޓެނެސް އަށް ލާރިހޯދީ

  10. ސްޓޯވިލް

    ތިޔަ ޑްރައިވަރުންނަށް ވާނީ މިދިޔާ ރޯދަމަހު ކަނޑޫދޫ މިރުހަށްވީވަރު

    86
    1
  11. ބަދޫރާ

    ބަލަ އަހަރެމެން ދަތުރުކޮށްފާނަމޭ ޕިކަޕުގަވެސް. ޢަަހަރުމެން ނޫޅެން ގޮތް ހުސްވެގެންނެއް. ޓެކްސީ ދަތުރުނުކުރިޔަސް އަހަރެމެނަށް ރަށަށް ދެވޭނެ. ބަލަ ސައިކަލުތައްވެސް އެ އޮތީނު. ޙަމަ ތިމީހުނަށް ދެރަވާނީ އީދު ބަންދާ ދިމާކޮށް ދަތުރުތައް ހުއްޓާލީމަ.

    80
  12. ޔާމިން

    ސާބަހޭ ނަހުލާ

    24
  13. މާރިޔާ

    އުބައްޖެހިޑުރައިވަރުން ދެންލަލަލާ

    25
  14. ޔާމިން

    ތެޅތެޅި ތިބެންޖެހޭނީ އީދުވެސްނިމޭނެ

    25
  15. ސާހީން

    ބަލަ ކަލޯ އަހަރުން 24 ގަޑި އިރުމަސައްކައް ކުރިޔަސް ދުވާލަކު ލިބެނީ 250 ރުފިޔާ ދެން ކޮން ވާހަކައެއް

    15
    3
  16. ދިދަ ދަނޑި

    ކީއްކުރަންތަ މެންދުރު ފަހުން ހުއްޓަނީ؟؟ މިހާރު މިވަގުތުންވެސް ހުއްޓަންވީ.. އޭރުންތާ މަގުތައް އަމާންވެފަ ތޮއްޖެހުން ކުޑަވާނީ... ތިޔަ ޓެކްސީއަކަށް އަރައިފިޔާ މުޅި ދުވަސް ހަރާބުވީ ދުވާ ބަބުރު ވަހުން.. ހުއްޓާލާފަ ގޭގަތިބޭ، ނޫނީ ރަށަށް ދޭ..

    27
    1
  17. އަޙް

    65 ނޫނީ 75 އެއް ނޫން ނަގަންވީކީ. ދަތުރަކަށް 500 ރުފިޔާ ދޭންވީ. އޭރަށްވެސް ބުނާނެކަންނޭގެ ތިމަންނަމެން 2 ދުވަހުން 2 ދުވަހުން ކާރުގެ ސްޕެއާސްތައް ބަދަލުކުރަން ޖެހެޔޭ. 1000 ރުފިޔާއަށް ހަދާލަދޭށޭޭ. ނޫނީ ތިމަންނަމެން އާއިލާ ގޮވައިގެން ސިންގަޕޫރަށް ކޮންމެ އަހަރަކު ޖައްސާ ނުލެވެޔޭ ލިބޭ އެއްޗަކުން. ބޮޑު ޖޯކެއް

    22
  18. ރަނގަޅު ޓެކްސީ

    މިފުރުސަތުގައި މި ހިދުމަތް ގެންދަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. މޮޔައިން ތިބޭނީ އިހުތިޖާޖުގަ. ހައްހައްހައް

    16
  19. އަޙްމަދު

    އަހަރުމެން އިއްޔެވެސް ދިޔައީ ހިނގާފައި އެވެސް ލަގެޖް ހިފައިގެން. ކާލޭމެންނަށް ލިބޭއެއްޗެއް މަދުވާނީ. މުޒާހަރާ ކޮއްލަ ކޮއްލާ ތިބޭ. ސަރުކާރަށް ގޮވާލާނީ އަގުބޮޑުކޮށްފިއްޔާ ދެންނުކުންނާނީ އަހަރުމެން. ކުރަންޏާ އަދިވެސް އަގުހެޔޮކުރޭ!

    19
  20. ހާމާން

    ތީ ވަރައް ފައްކާ ގޮތެއް...އަނެއް ދުވަހު ގަރާޖް އައް ގެންދަން ރެޑީވޭ...ޓެކްސީ ތައް ފުނޑާލާނަން...އޭރުން އެނގޭނެ ރައްޔިތުން ގެ ކަންބޮޑުވުން...ތިގޮތައް ގަދަ ދައްކަން ވެއްޖާ ރައްޔިތުން މާ ނުލަފާ ވާނެ

    19
  21. އާދަނު

    ޓެކްސީ ޑްރައިވަރުން ސައިޒުކުރަން އެބަޖެހޭ. ދަތުރެއްގައި ދަމުން އަދިވެސް މީހުން އަރުވާ، ވާހަކަ ދައްކާގޮތް އެހާ ކަޑަ. އަދި ދަތުރެއްގައި ދަމުން މީހަކު އަތް ނެގިޔަސް ބަލާވެސް ނުލާ. ފެހި ބޯޑެއް، ރަތްބޯޑެއް ނޭންގެ. ޓެކްސީ ޑްރައިވަރުންނަށް ހުއްދަ ދިނުމުގެ ކުރިން، ބޭސިކް ޓްރޭނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ހަދާބަލަ. ޓެކްސީ ކުރަން އުޅޭ ގިނަ މީހުން ނަށް ހީވަނީ، އަމިއްލަ ކާރެއްވީމަ ދެން ބޭނުން ގޮތެއް ހަދާލަންވީއޭ. އެ މިނިވަންކަން ދެވިގެން ނުވާނެ. އެއީ ޕްރައިވެޓް ކާރެއް ނަމަ އޯކޭ، އެކަމަކު ޓެކްސީ ބޯޑުގައި އެހެން ހެދިގެން ނުވާނެ.

    18
  22. އަދާލަތު

    ވަކިބައެއްގެ ނުފޫޒުން، މުޅިރައްޔިތުންގެ ޙައްޤުތައް ނިގުޅައިނުގަތުމަށް ސަރުކާރަށް އިލްތިމާސްކުރަން. ހަމަ އެކަނި ދިވެހި ރައްޔިތުންނަކީ ޓެކްސީ ޑްރައިވަރުންނެއްނޫން. އެމީހުން އެއުޅެނީ ސަރުކާރަށް ގޮންޖަހަން. ދަތުރު ކުރާ ޕަސެންޖަރުން، އަތްދަބަސް ފިޔަވައި، އެއްލަގެޖަށްވުރެންއިތުރަށް ޑިކީއަށް އަރުވާ ކޮންމެ ލަގެޖަކުން ފަސްރުފިޔާވަރު ނެގުން މައްސަލައެއްނޫން.
    ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް، ޑްރައިވަރުން ހަޅުތާލުކޮށް ދުއްވުން ހުއްޓާލުމުން، ރައްޔިތުންނަށް އެ ޚިދުމަތް މެދުނުކެނޑޭގޮތަށް ދެނީ، ފުލުހުންނާއި ސިފައިން. މިޤައުމުގައިވެސް އެގޮތަށް ކަންތައްކުރެއްވީމައި، ޑްރައިވަރުންނަށް އެއްޗެއް ވިސްނޭނެ.
    ޢާއްމުރައްޔިތުންގެ މާލީ ޙާލަތަށްވެސް ވިސްނަވަންވާނީ ސަރުކާރުން. ޑްރައިވަރުންގެ ބިރުދެއކުމަށް އިސްކަން ނުދެއްވުމަށް ސަރުކާރަށް ގޮވާލަން. ނެރުއވި އަގުތަކުގެ އެއްވެސް މައްސަލައެއްނެތް. ޝުކުރިއްޔާ! ޓްރާންސްޕޯރޓް މިނިސްޓަރ/ ދިވެހިސަރުކާރު.

    17
    1
  23. ނާގަ

    ބޭކާރު ކަމެެއްތީ ، ހަމަ . ދެރަވާނީ
    ޑުރައިވަރުންނަށް

    13
  24. ޓްރޭސް

    އެމީހުން ބޮޑުއަގުތަށް ނަގައިގެން އަހަރެމެން ފެލާލާތީ އަހަރެމެންވެސް ހިނގާ އާގޮތަކަށް އުޅެމާ! ދަތުރު ނިނަމާފަ ކާރުން ފައިބާފަ އަހަރެމެންނަށް ދޭން ފެންނަ އަގެއް ދީފަ ދާނީ! 20 ވިޔަސް 10 ވިޔަސް! ޑްރައިވަރުން ނަށް ހީވާކަހަލަ މިމީހުން މީ މާމަތީ ބައެކޭ! ދެން މިކިޔަނީ ކާރަށް މަރާމާތަށް ބޮޑުޚަރަދު ކުރާވާހަކަ! ބަލަ އަހަރެމެން ÷ަސިންޖަރުންގެ ބޭސްފަރުވާއަށް ވެސް ޚަރަދު ކުރަން ޖެހެޔޭ!

  25. އާމިނަ

    ރައްޔިތުންނަށް ޚިދްމަތް ދިނުމުގައި ސާބިތުވެ ތިއްބެވި ހުރިހާބޭފުޅުންނަށް އައްސަރި ބަހުން ސާބަސް. ދަންނަވަން ޝުކުރިއްޔާ ތިދެއްވާ ޚިދުމަތަށް ގައުމީ ލޯބި ހުރިބައެއްތިީ