އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފު ނުސީދާ އިންޒާރެއް ސަރުކާރަށް ދެއްވައިފި އެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައެއް ބޭބޭފުޅުން ހިތްޕުޅާ ނުވިއަސް ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ދައުރަކީ ސަރުކާރަށް ފާރަވެރިވުން ކަމަށާއި އެކަން މަޖިލީހުން ކުރަން ޖެހޭނެ ކަމަށެވެ.

ހަސަން ލަތީފު ނުސީދާ ގޮތަކަށް ސަރުކާރަށް އިންޒާރު ދިން އިރު ސަރުކާރުގެ ހިންގުމުގެ ތެރެއިން ފެންނަމުންދާ މަންޒަރު ތަކުން ވެރިކަން ކުރައްވަނީ ކޮންބޭފުޅެއްކަން އޮޅި ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އިދިކޮޅުފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން މަޖިލިސް ތެރެއިން މައްސަކަތް ކުރައްވަމުންނެވެ. ސަބަބެއް ކަމަށް އެފަރާތްތަކުން ބުނަނީ ވެރިކަމަށް އެމަނިކުފާނަށް އާދެވެން އޮތީ އެމަގުން ކަމަށް ވާތީ ކަމަށެވެ.

ޚުދު ނަޝީދުވެސް ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަލްސަފާ އަކީ ވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަކާއި ބޮޑުވަޒީރަކު ރާއްޖޭގައި ހުންނެވުން ވަރަށް ބޭނުންތެރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދޮންބެ

    އެމްޑީޕީއަށް ވެރިކަން ލިބުނީމަ ދައުރު ފުރިހަމަވާނޭ ކަމާމެދު ހަމަ ޝައްކުވަނީއޭ.. މިރާއްޖޭގައި ވެރިކަން ކުރުމަށް އެމްޑީޕީއަށް ވުރެ ނާގާބިލު ޕާޓީއެއް އަދި އުފަނެއް ނުވެޔޭ.. ޕޯޑިއަމް ތަކުގައި ދައްކާ މޮޅުވާހަކަ އަމަލަކުން ނުދެއްކެޔޭ.. ވައުދާހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ..

    127
    7
    • ބޮޑުވަޒީރު

      އެހެން ނޫންހޭވާނީ ރައްޔިތުން ވެރިކަމުގެ ވަލީ ހަވާލުކުރި ރައީސްގެ ބާރު ހަދަކަމުން ކަނޑުވާލާ ބަރުލަމާނީ ބޮޑުވަޒީރު މަޖިލިސް މެދުވެރިކޮށް ވެރިކަން ކުރަން އެފެށީއޭ!! ކޮބައިތޯ މިއަށް ވުރެއް ބޮޑު ބަޢާވާތެއް؟ ބައްޕަ ބަޢާވާތެއް ނުކުރާނެއޭ ކިޔާ މުޅި ޓުވިޓަރިގަ ހަންފެތުރި މަންޖެ ކޮބައިތަ؟ ފެނޭތަ މިކުރާ ބަޢާވާތް؟

      20
      3
  2. އަރިއްޕޭ

    މަޖިލީހުގެ މެމްބަރުންގެ މަސައްކަތްތައް ފަރަވެރިވާނީ ކޮންބައެއްބާ؟

    61
    1
  3. މޫސާ މަނިކު

    ސަރުކާރު ޒިންމާދާރުކުރުވުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ނިކުންނަ ކޮންމެފަހަރަކު އެނުކުންނަނީ ބަރުލަމާނީ ނިޒާމަށް ގައުމު ބަދަލުކުރުމަށް ކަމުގާ ނުދެކުމަށް އަޅުގަނޑު މިރާއްޖޭގެ ނޫސްވެރިންނަށާ އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން. ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ގޮތުގާތިބެ ސަރުކާރު ޒިންމާދާރު ކުރުވުމަކީ އިދިކޮޅު ފަރާތްތަކަށް ފަހަރުގަ ވަރަށް އާކަމަކަށްވެދާނެ. އެހެންވެގެން ރައީސް ޔާމީނުގެ ވެރިކަން ބޮއްސުންލާގެންގޮސް ކަރަޕްސަނުގެ ހާއްޔަކައް ވެގެން ދިޔައީ. އެއިރު މެޖޯރިޓީނަންގަވާގެން ތިބި ޕީޕީއެމް މެންބަރުންގެ ޒިންމާ އަދާނުކުރެވުނީމަ.?

    10
    41
  4. ޒަބީބު

    އެދުވަހަކީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހެވެ. ހަސަން ލަތީފުމެން ހުރިހާ ބޭފުޅުން ވަޑައިގަތީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އޮފީހަށް ވަދެ ވަޑައިގަންނަވާށެވެ. އެކަމަކު އެކަމެއް ނުވިއެވެ. ވެރިކަން ނިމުނީ އެވެ. އޮފީހަކަށް ނުވެސް ވަދެވުނެވެ. ހިންގަވާފަ ހުރި "މިލިއަނުން ގުނާލެވޭ އެތައް ޒާތް ޒާތުގެ މުއާމަލާތްތައް" ހުރީ ހާމަޔަށެވެ. މުޅި އުމުރު ދުވަހު މަސަކަތް ކުރިއަސް އެމައުލޫމާތް ތަކުގައި މުކައްބަ ޖެހޭނެ ގޮތެއް ނުވާނެއެވެ. ދެން ހަސަދަ އޮންނާނެ ވަރު ވިސްނާލަމާ ހެއްޔެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ރައީސް ނަޝީދް އައީ ގަނޑުކޮށް އިސްތިފާ ކެބިނެޓް އެދުވަހު ނިމުނު ހިސާބުން ފަށަން ބޭނުންވީ ބޭނުންވުމެވެ. 2018 ގެ އިންއޚާބު ބޯމަތިވެގެން އައި އިރު އެކަން ކުރުމަށްޓަކައި ވަކިމީހަކު ނޫނީ ކެނޑިޑޭޓަކަށް ނުވެވޭނެ ކަމަށް ދައްކަން އިންތިހާ އަށް މަސައްކަތް ކުރެވުނެވެ. އެހެން ނަމަވެސް އެކަމެއްވެސް ނުވިތާއެވެ. ވެރިކަމެއް އުފެއްދުނީ ރައީސް ސޯލިހަ އަށް ވިއްޔާއެވެ. އަދި ކޯލިޝަންގެ ވެރިކަމެއް ކަން ވަރަށް ސާފުކޮށް އެނގެން އޮތަ ހިނދު ކޯލިޝަންގެ ބައިވެރިން ސަރުކާރުގައި ބައިވެރިކުރުން އެއީ ރައީސް ސޯލިހުގެ އިޚްލާތެރި ނިއްމުމެއް ވީމައި ސަރުކާރަށް ވެރިވެ ނިމުނު ހިސާބުން ފެށުމަށް ފުރުސަތެއްވެސް ނުލިބުނެވެ. ދެން ބެލީ ރައީސް އިބްރާހިމް މުހައްމަދް ސޯލިހުގެ ވެރިކަން ދެމެހެއްޓޭނީ މަޖިލިސް މެޖޯރިޓީ ލިބިގެންކަމަށް ދައްކައިގެން ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލައިގެން މަޖިލިސް ހިސޯރުކޮށް ރައީސް ސޯލިހުގެ ވެރިކަމުގައި އޮބިއަޅައި ހިންގުނަނުދީ ހިފެހެއްޓޭނެ ގޮތެއް ހަދަން ނޫންހެއްޔެވެ. އެމްޑިޕީ އަށް ވޯޓު ނުދިން ބޮޑު އަގުލަބިއްޔަތު ދިވެހި ރައްޔިތުން މިތިބީ ކުޅިބަލާށެވެ. މަޖިލިސް އަށް މަންމަނު ބޯއިސް ލައްވައިގެން މުޅި ދައުލަތަށް އަތްބާނައިގެން ގަޑުބަޑު ކޮށްގެން ގަންނަން ތިޔައުޅޭ ގަނޑު ދިވެހި ރައްޔިތުންނަށް ނޭގެނީ ކަމަށް ހިކުރަނީ ހެއްޔެވެ؟ ތިޔަ ކަހަލަ އިންޒާރު ދިނުމުން ދިވެހިން ހައިރާނެއް ނުވެއެވެ. ދިވެހިން ހައިރާން ވާނީ ފާޅުކަން ބޮޑު ގޮތެއްގައި ނަޝީދު އާއި ހަސަން ލަތީފް އާއި ދެންވެސް ތިޔަތިބި "ފެބް7 ސިންޑްރޯމް" ގެ މަރީލުން ވެގެން ރައީސް ސޯލިހުގެ ވެރިކަން ނިއްމަން ހިފާ ނުލާ ގިނަ ދުވަސް ވަންޏާއެވެ. މަޑުމަޑުން މިފެންނަނީ ރައީސް ސޯލިހުގެ ވެރިކަން ނަޝިދު އާއި އައުވާނުންނަށް ހަޖަމު ނުކުރެވިގެން ކެއްމަދުވެގެން އުޅޭ މަންޒަރު ނޫންހެއްޔެވެ؟

    49
    5
  5. މިގޭ

    މީ ކާކުތަ މާބޮޑަށް ފިނިވެގެން މިއުޅެނީ. މީނަވެސް ޔޫތުން ކޭ ލާރި އެއޮތީ އޮޑިޓް ރިޕޯޓުން ފެންނަން. އެވާހަކަ ދައްކަބަލަ. އެންމެން.

    48
    3
  6. ރައްދު

    އިބޫސޯހިހަށް ހިޔޮ ވެރިމެއް ކުރުމަށް އޮތް އެންމެ
    ބޮޑު ހުރަކީ ކެނެރީގެ ނަސީދެވެ ކޮންމެގޮތަކުން
    ނަމަވެސް ތަޚްތަށް ސަވާރުވުމަކީ އޭނާގެ ވަރުގަދަ
    އަމާޒެވެ ރ ޔާމީން ރާއްޖެއަށް ގެންނެވި ކުރި
    އެރުމާއި އެމަނިކުފާ ރޭއްވެވި ޕްރަޖެކްޓްތައް ހުއްޓުވައި ފުންވަޅުގަނޑަކަށް ރާއްޖެ ވައްޓާލުމުގެ މޭސްތިރި އަކީވެސް ހަމަ ނަސީދެވެ މީނާގެ
    އަތްދަށުން ރައްޔުތުން ސަލާމަތްވާނެ ގޮތެއް ހޯދަން އެބަޖެހެއެވެ.

    58
    3
  7. ހަތަރުކަށިމަތި

    ޔޫތުމިނިސްޓްރީންކޭލާރިގަނޑުގެ ވާހަކަދައްކަންކެރޭނެތަ

    20
  8. ސޭޓު އަންހެނުންގެ ފިރިމީހާގެ އަންހެނުން

    ބުޅައްބެ މަޖިލީސް ރައީސް ކަމުގަހުރެ ތަން ފަސާދަކުރަނީ

    15
  9. ރަނޭ

    ހަސަނާ ކަލޭޖެހޭނީ އަންނި ބުނިހާގޮތަކަށް ހަދަން... މޮޔަވެބަލަ...

    21
  10. ބޮޑުސޯޅަ

    ޢަނހާ! އެއްލަަ ހަތަރު ކަށިމަތި މާލެ ކަލޭފާނު އަނެއްކާ އަމިއްލަ ގޭމީހުނަށް އިންޒާރު ދޭހިސާބަށް ދިޔައީތަ

    21