އަނެއްކާވެސް ތެލެސީމިއާ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.

ތެލެސީމިއާ ހުންނަ އުމުރުން 18 އަހަރުގެ އަންހެން ކުއްޖާ ނިޔާވީ ބޯން މެރޯ ހެދުމަށް ފަހު އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ހާލު ސީރިއަސް ވެގެން މިހަފްތާގެ ކުރީކޮޅުން ފެށިގެން ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގައެވެ.

ނިޔާވެފައި ވަނީ އދ.މާމިގިއްޔަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މިއީ ފާއިތުވި ދެމަސް ދުވަސް ތެރޭގައި ނިޔާވި ތެލެސީމިއާ ހުންނަ ނުވަވަނަ ކުއްޖާއެވެ. އަދި ފާއިތުވި ހަފްތައެއްގެ ތެރޭގައި ނިޔާވި މާމިގިއްޔަށް ނިސްބަތްވާ ތެލެސީމިއާ ދެވަނަ ކުއްޖާ އެވެ.

ތެލެސީމިއާ ބަލި ހުންނަ މީހުން ނިޔާވުން އިންތިހާއަށް އިތުރުވެފައި ވީނަމަވެސް މިމައްސަލައިގައި ހެލްތް މިނިސްޓްރީން އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކެއް ކައިރި ކައިރީގައި ނިޔާވުމަކީ އާދައިގެ ކަމެއް ކަމަށް ނުބަލާ މިކަން މެދުވެރިވި ސަބަބު ހޯދުމަށް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް) އިން އިއްޔެ ވަނީ ގޮވާލާފައެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް އެކަށީގެންވާ ބަދަލެއް މިހާތަނަށް އައިސްފައި ނެތް ކަމަށް ތެލެސީމިއާ ސޮސައިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެގޮތުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާ އުމުރާ ގުޅޭ ގޮތަށް ބަދަލު ކުރަމުން ނުދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެ އަކީ އާބާދީގެ ނިސްބަތުން ވެސް ތެލެސީމިއާ ބަލި ހުންނަ މީހުން އެންމެ ގިނަ އެއް ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް ތެލެސީމިއާގެ ހަ ކުދިން ރާއްޖެ އިން ނިޔާވެއެވެ. ނަމަވެސް މިއަހަރު އެއަދަދު މިވަނީ މާބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. މަ

  ހާދަ ގިނަ މަރު ތަކެއް ދޯ؟ އިބޫ އިސްތިއުފާ،

  52
  21
 2. ޢެމްޑީ

  ސަރުކާރުމިދަނީބޮޑުކޮއްފެއިލްވަމުން މިކަމައް އަވަސްހައްލެއްގެނޭ އަބަދަކުބަލަންތިބެވޭކަޝެއްނެތް އަވަސް

  50
  11
 3. ވާނުވާ

  އަޅެ މިވާގޮތެއް ބަލަން ވެއްޖެ އެއްނު. ތެލަސީމިއާ ކުދިންނަށް ދޭ ބޭހަކީ ހަމަ ރަގަޅު ބޭހެއްތަ؟
  ކޮންމެ ކުއްޖެއްވެސް ކާ އެއްޗެސް ތަފާތުވާނެ ، އުޅޭ މާހަލު ތަފާތުވާނެ. އެހެންނަމަވެސް ބޭނުންކުރާ ބޭހަކީ އެއްބޭހެއް. އެހެންވީމަ ބޭހުގެ މައްސަލައެއް ނޫންބާ މިއުޅެނީ.

  53
  2
 4. :(

  މިކުދިންގެ ޒިންމާއުުފުލަންށޭ ކިޔާފަ ފާޑުފާޑުގެ މަގާމުތައް ހަދައިގެން މުސާރަ ނަގަމުންދާ މީހުން އަދިވެސް އަތްއުރާލައިން ތިބެން ވަރިހަމަ ދޯ... އަނިޔާވެރިން އެކަން ދެކޭނެ އިންޝާﷲ

  62
  2
 5. ރޯނުއެދުރު

  އިންޑިޔާގެ ހޮސްޕިޓަލްތަކުގެ އިހްމާލުން މަރުވާ ދިވެހިން އަދަދު މަދެއްނުވާނެ. އެކަމަކު ދިވެހިންނަށް ރަނގަޅީ އިންޑިޔާ

  60
  4
  • ގެރި

   އިތުރު ޗޮއިސްއެއް ނެތް.. އާސަންދަ ނަމުގައި އަޑިއަޑިން ޑީލް ހަދައިގެން ދައުލަތް ލޫޓުވަނީ.. އިތުރު އެހެން ގައުމަކަށް ދާން ފުރުސަތު ދީފަ ނުގޮސްފިނަމަ ތިހެން ބުނެވުނީސް..

   15
 6. މިގޭ

  2 މަސްތެރޭގައި 9 ކުދިން ބާކީ ތިބިކުދިންކޮޅާމެދު ދެން އޮތީ ކޮން އުއްމީދެއްބާވައެވެ.
  މިއީ ޖަޒީރާވަންތަ ޤްއުމެއްގައި ވާގޮތްބާ.
  ރައްޔިތުން ހޭއަރާބަލަ.

  53
  7
 7. ބޮޑުފިލި

  އާއިލާއަށް ލިބުނު ހިތްދަތިކަމަށް ހިތާމަކުރާހާލު، އެއާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވާށި.

  75
  1
 8. އަލިބެއްޔާ

  މި ސަރުކާރުން ހޭ ބަލިވެގެން އިންޑިއާއަށް ބަރޯސާވެ އެތާގެ މަގުމަތީ ހެލްތް ސެންޓަރު ތަކުން ބޮޑެތި އޮޕަރޭޝަން ކުރުވަނީ.. ރަށްޔިތުންނަށް މަޖުބޫރު ކުރުވަނީ އެތަންތަނަށް ދާން.. އިންޑިއާ ޑޮކްޓަރުންގެ ޓެސްޓް ސަބްޖެކްޓް ތަކަކީ ދިވެހިން.. މީ ހަޤީޤަތް.. އެމީހުންނަށް ޔަގީންކަން އޮވޭ މަރުވިޔަސް، މަރާލިޔަސް ކުރެވޭނެ ކަމެއް ނޯންނާނެކަން.. ދިވެހިރާއްޖޭގެ ހުރިހާ ރަށްތަކާއި ފަޅުތައް މާލޭގެ ބޭފުޅުންނަށް ނަގައި އަހަރުމެން ރާއްޖެތެރޭ މީހުންނަށް ޙައްޤުވާ މިންވަރަކީ މީތޯ؟؟؟ މަރުވި އަދަދު ނުވަޔަކަށް އެރި އިރުވެސް އަދި ސަރުކާރަކަށް ކަހާތަން ހިރުވާވެސް ނުލާ.. މީތޯ އޯގާތެރި ސަރުކާރަކީ؟ މިކަން ކަމާއި ވާހަކަ ދައްކާނެ ވުޒާރާއެއް، ތަނެއް ދޮރެއް ނެތް.. މަޖްލިސްގައިވެސް މީހުންނަށް މަލާމާތް ކުރުމާއި އެކަކު އަނެކެއްގެ މޮޅުކަން ދެއްކުން.. ރައްޔިތުންގެ ހެވަށް، ލާބަޔަށް ކަމެއް ކުރަން އުޅޭތަނެއް ނެތް.. އިޚްލާސްތެރި އޯގާތެރި ވެރިއެއް މި ޤައުމުގެ ރައްޔިތުންނަށް މިންވަރު ކުރަށްވާށި.. އާމީން..

  58
  3
  • އަލިބެއްޔާ

   މީ ވަރަށް ބޮޑު ތެދެއް

   12
 9. އާމިނަ

  ރ.ޔާމީން ގެ ދައުރު ނަމަ އެމަނިކުފާނު ބޮލުގައި އަޅުވަނީ މިހުރިހާ މަރުތަކެއްވެސް. މަރްޙޫމަށް ސުވަރުގެ މިންވަރު ކޮށްދެއްވާށި،
  އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

  76
  6
 10. ރަސިި

  ކުރީގެ ހުރިހާ މަރުތައްވެސް އެޅުވީ ޔާމީންގެ އިސްތަށިފުޅުގަ އެޅުވި މީހުން މިހާރު ވެރިކަމުގަ ތިބީ އެހެން ވީމާ މިހާރު ވެރިކަމުގަ ތިތިބީ. އެހެންވީމާ މިހާ ގިނަ ރައްޔިތުންގެ މަރުގެ ޒިންމާ މި ސަރުކާރުން ނަގާނެތޯ. ނުވަތަ އިސްތިއުފާ ދޭން ނުވޭތޯ.

  23
 11. ޝަޒީ

  މަރުވުމާއި ދިރުން މި ކަމަކީވެސް ސަރުކާރުން ކުރާ ކަމެއްބާ؟

  8
  4
 12. ލަބީބު

  ތެލެސީމިޔާ ހަމީހުން ފުލުފުލުން މަރުވެގެން ދިޔުމަކީ ހިތާމަހުރި ކަމެކެވެ. މަރަކީ ކޮންމެ ވަގުތަކުވެސް ބއްދަލުކޮށްފަނޭ ކަމެކެވެ. އެހެނަސް މިއަދު މިއީ ރައީސް ޔާމީންގެ ދައުރުގައި ހިންގާ ކަމެއްނަމަ ހުރިހާ ކާޅުތައް ރާ މަތިން އުދުހިފަ ސަރުކާރަށް ދިމާކުރުމުގައި ފޯރިހުރީހެވެ.

  12
  2
 13. ޞިރާޠު

  ކަލޯ އަމީނޫ! އަވަހަށް ކުރީގެ ސަރުކަރާ ރައީސް ޔާމީންގެ ބޮލަށްކަނޑާލާފަ ޒިންމާއިން ރެކިލާ!

  16
 14. ޔޫސުފް

  އިންޑިޔާ ގަ ތެލެސީމިއާ ކުއްޖަކު މަރުވީމާ ސަރުކާރުން ކީއްކުރާނީ.

  14
 15. ޕޮގުބާ

  ވެރިން ޖާހިލުވީމަ ގައުމުގަ ބިރުވެރިކަނ އުފެދޭނެ

  14
  2
 16. އޮނު

  މީ ތެލްސީމިއާކުދިން ހާދަގިނައިން މަރުވާ ސަރުކާރެކޭ. ކިހިނެތްބާ މިވަނީ. އަނެއްކާ ފަރުވާދިނުމަށް އިންޑިޔާއަށް ދާތީ އަޑިއަޑިން ޑީލެއްހަދައި އަގުހެޔޮފެންވަރުދަށް ޚިދުމަތެއް ދެނީބާ، އަވަހަށް މަރުވާގޮތަށް. އާސަންދަވެސް މިހާރު ނުލިބޭ. ދެން މިހާރު ސަންދޯއްތާ ޖަހަންޖެހޭނީ.

  7
  2
 17. ހިޔާލު

  އަޅުގަނޑު މަންމަ ބޭސް އިންޑިޔާއިން އަމިއްލަޔައް ގަނެގެން އެފައިސާ ހޯދަން ނޭސަނަލް ސޯސިއަލް ޕުރޮޓެކުސަން އެޖެންސީއަށް ހިގާތާ ބަރާބަރު އެއްމަސް ދުވަސް ވެއްޖެ............

 18. ނޫސްކިޔާމީހާ

  ކޮންމެ އިންސާނަކީވެސް މި ދުނިޔެ އަށް އުފަންވުމަށް ފަހު އެބުރި ދާނެ މީހެއް ކިހިނެއް ކާކަށް އެގޭނީ މަރުވާނެ ވަގުތު . ތެލަސީމިޔާ ވިޔަސް އަދި ނޯމަލް ވިޔަސް ވަގުތު ޖެހުނީމަ ހަމަ ގެންދަވާނެ