ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނާ ޚަބަރު ރައީސް އޮފީހުން މިއަދު ދޮގުކޮށްފިއެވެ.

ރައީސް ޞާލިހްގެ އެކައުންޓަށް 72 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށަހަޅާފައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލް "މިހާރު" ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން މެލޭޝިއާ ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް ބުނާ މައްސަލަ އޭސީސީ އަށް ހުށަހެޅި ފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ރޭ ބުނީ ރައީސް ޞާލިހްގެ އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމަށް ބުނާ ލިޔުންތަކެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ.

"އިބްރާހިމް މުހައްމަދު ޞާލިހް ނަމަކަށް ކިޔާ މީހެއްގެ ބޭންކް އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކޮށްފައިވާ ކަމުގެ ލިޔުންތަކެއް ލިބިފައި ވާތީ އެލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އެކަމާއި ގުޅިގެން އިތުރަށް ތަޙްޤީޤެއް ކުރަން ޖެހޭނަމަ އެކަން ކޮށްްދިނުން އެދި އޭސީސީ އަށް ވާނީ މައްސަލައެއް ހުށަހަޅާފައި." މައްސަލަ ހުށަހެޅި ފަރާތުން ބުންޏެވެ.

އެލިޔުންތަކުގައި ފައިސާ ޖަމާކޮށްފައި ވަނީ މެލޭޝިއާ ބޭންކަކަށް ކަމަށް ބުނެފައިވާ ކަމެއް މައްސަލަ ހުށަހެޅި ފަރާތުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ރައީސް ޞާލިހާއި އެމަނިކުފާނުގެ ކޮއްކޮ ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒް މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައި ހުރި އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ކަމަށް އަޑުފެތުރުނެވެ.

ރައީސް އޮފީހުން އާއްމުކޮށްފައިވާ ރައީސް ޞާލިހްގެ މާލީ ބަޔާނުގައި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ހިމަނާފައެއް ނުވެއެވެ.

ރާއްޖެ އިން ބޭރުގެ ޖާސޫސީ އިދާރާ އަކުން އިދިކޮޅު އެމްޑީޕީ އަށް 376 މިލިއަން އެމެރިކާ ޑޮލަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދިން ކަމަށް ވެސް އެދުވަސްވަރު އަޑުފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދޮންބެ

    ކާކުބާ ތެދެކޭބުނާނި ، ތީއެތައްދޮގެއް ހަދާފަ ހުރިމީހެއް

    46
  2. ލަބީބު

    މައްސަލަ ބެލީމާ އެގިގެންދާނެ ބޮޑުރިޝްވަތު! ރައީސް އޮފީހުންތަ ދޮގުކުރަންވީ؟ ބަލަގަ މި މައްސަލައަކީ ރައީސް އޮފީސްގޮވައިގެން ޖައްސާފައޮތް މައްސަލައެއްނޫނޭ!~

    46
  3. މަހާ ރެހެންދި

    ރައީސް ޔާމީނުވެސް ތިގޮތަށް ދޮގުކުރި. އެކަމަކު މިޔަދު އެހެރީ ކަރުތާފެނަށް އެރޭހިސާބުގަ.

    3
    49
    • ޅަބެ

      މި ޚަބަރަކީ ތެދެއް ކަމުގައިވިއަސް ކަލޭމެނައް ގަބޫލެއް ނުކުރެވޭނެ! އެއީ ހަގީގަތް ނޭންގޭތީކީވެސްނޫން! ގަބޫލު ކުރަން ބޭނުން ނުވާނެތީ! ލޭޔާ ގުޅިފާހުރި ކުލައެއްގެ ސަބަބުން އަމިއްލަ ނަފްސުގެ މައްޗައް ބާރު ނުހިނގާނެތީ. ދެންވެސް ބޭނުންވާނީ ޔާމިނުބޮލައް އެކަން ޖަހަން. ދޮގެއް؟؟؟؟؟

      22
  4. ރަނގަބީލު

    މެލޭޝިއާގެ ސިއަޑީ އިން ކަށަވަރު ކޮށްފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހު ކިޔާ ދިވެއްސެއްގެ މެލޭޝިއާ ގައި އޮންނަ އެކައުންޓަކަށް ފައިސާތަކެއް ޖަމާވިކަމަށް. މިކަން ހިނގީ ރިޔާސީ އިންތިހާބުގެ ވޯޓް ނެގުމަށް ކުޑަތަންވެފައި ވަނިކޮށް

    43
    3
  5. ސ

    މިފަދަ ކަމެއް މިހާނާޒުކު ދުވަސްވަރެއްގައި ކޮއްފާނެބާ؟

    23
    6
  6. އިލްޒާމް

    ތިޔަ ކަހަލަ ޑުރާމާތައް ވެސް ކުޅޭނި ހަމަ އެމެންހެ ތެރެއިން.. ނަޝީދު ކުޅޭ ގޭމަކަށް ތިވާނި.. އަހަރެމެން ނޫޅޭން ތޯތޯ ދޮގު ވާހަކަ ދައްކާ މީސްމީހުންގެ ބޮލުގަ އިލްޒާމު އަޅުވާކަށް.

    28
    2
  7. ބުރާންތި

    ރައީސްގެ އެކައުންޓު ބަލަހައްޓަނީ ރައީސް އޮފީހުންތަ...

    45
    2
  8. ދދދދދދ

    ކޮން ދޮގެއް ކުރާކަށް. މިހިރީ ލިއުންތައް. ވަގު ސަރުކާރު. ބާޣީ ސަރުކާރު. ޓެރަރިސްޓު ސަރުކާރު.

    48
    3
  9. އިންސާފް

    ތިމައްސަލަތިހިސާބުންތިނިމުނި ދެންގޮސްވާނިތިމައްސަލަބަލަންއުޅެބަޔަކު ދުވަސްކޮޅަކުންބުނާނެއެމަނިކުފާނުގެއެކައުންތެއްދުނިޔެގެއެއްވެސްބެންކެއްގައެއްނޮންނާނެއެ އޮތަސްއޮންނާނިދުނިޔެންބެރުގއެ އެހިސާބުއެނިމުނި

    38
    • ޏނނ

      ﷲ ހަދުމަކުރެ

  10. އައްޑޫ މީހާ

    ދޮގު ނަހަދާ ރީއްޗަށް ބުނޭ ވަގުން އެހެން މިހުންނަށް ވަގަަށް ގޮވާނީ އިބޫ ރީއްޗަށް ކިޔާދީ އެހެން ނޫނީ މާދަމާ ކޮންމެވެސް މީހަކު ހެކިބަސްދޭނެ

    42
    1
  11. ބޮކި

    ތެދުބުނާމީ ޔާމީން އެކަނި....... އެހެންމީހުން ހަދާނީ ދޮގު

    4
    20
  12. ރިޝްވަތު ނެގީ

    ހާދަ އަވަހަށް ހާދަ ފަސޭހއިން ދޮގު ކޮއްލީ. ހެކި ހުއްޓާ ދޮގު ކޮއްލީ. ތިކަން ދެން އަންނަ ވެރިކަމެއްގައި ތަހުގީގުކޮއް ހުކުމް ކުރެވޭނެ، އިން ޝާ ﷲ.

    32
    1
  13. ޒުލް

    ކަލެޔަށް މާ ރަގަޅަށް އެގެނީތަ؟ ރައީސް ޔާމީން އެންމެ ފަހަރަކުވެސް ވިދާޅެއްނުވޭ ދޮގެކޭ! ވިދާޅުވީ ތެދެކޭ ! އަދި އެފައިސާ ޖަމާކުރީ އަދީބޭ! އެކަމަކު އެއީ ކޮން ތާކުން ކިހިނެއް އައި ފައިސައެއްތޯ އެއް ނުބަލަމޭ! އެއީ އަދީބު އަތުގައި ތިމަން މނިކުފާނުގެ ކެމްޕެއިނަށް އެކި ފަރާތްތަކުން ދިން ފައިސާ ހުރީތީއޭ! އަދީބުވެސް އެވާހަކަ ވިދާޅުވިޔޭ! ތިމަން މަނިކުފާނު އަދީބަށް ދެންނެވީމޭ އެފައިސާ ތިމަން މަނިކުފަނުގެ މި އެކައުންޓަށް ޖަމާކުރާށޭ! އަދީބު ވިދާޅުވިޔޭ އާއެކޭ! އޭގެފަހުންނޭ ފައިސާ ޖަމާވީ! ވީމާ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ނުވާނެ ނޫންތޯއޭ! އެކަމަކު އޭސީސީ ން ލިބުނު ސިޓީގައި އޮޓި އެފައިސާގައި ނުޖެހުމަށޭ! އެހެންވެ އެގޮތަށް އެފައިސާ އެ ހުރީއޭ! ދައުލަތުގެ ވަކީލުވެސް ލައިވްކޮށް ހިންގި ޝަރީޢަތުގައި އެވަނީ އެއީ ދައުލަތުގެ ފައިސާކަމަށް ނުނިންމާކަމަށް އެއްބަސްވެފަ! ލަލަލާ

    20
  14. އަހުމަދު

    ރަތްލާޖެހި ބޮޑުވަގު ކިނބޫ ސޯލިހު ބުނާނެތަ ތެދަށް އެއްވެސް އެއްޗެއް

    17
  15. ހުސްނުވާ ސޫދު

    ރައީސް އޮފީހުން ބާ މިހާރު އިބޫގެ އެކައުންޓު ތައްވެސް ބަލަހައްޓަނީ

    11
  16. ޟ

    ބަލަ ބޯގަނވިލާ ހަސަނު ބުނާނީ އެހެނެއް ނޫންތަ؟ ބިގަށް 70 މިލިއަން ރުފިޔާ ދިނީ މަޖިލިސް އިންތިހާބަށް ފައިސާ ޚަރަދު ކުރުމުންނޭ. ރައީސް ގެ މާލީ ބަޔާނުގާ އޮތީ ސުމެއް ކިހާ ޒީރޯ ޓޮލެރެންސް ގޮތެއް... ޙަމަ ސުމެއް

    4
    1
  17. ޢަލީ

    ދޮގެއްކަމަށް ޤަބޫލުކުރެވޭނީ މެލޭޝިޔާ ބޭންކުން ބަޔާނެއް ނެރުމުން، އޭސީސީން މިކަން ކޮށްދީ. އެހެން ނޫނީ އަހަރެން ޤަބޫލުނުކުރާނަން.

  18. ރައްޔިތުންގެ ޚިޔާލު

    އެއްދުވަހަކު މީހަކު ބުންޏެ! އަދީބަކީ ޔާމީން ސަރުކާރުގައި ތިމަންނަ އެޅުވި ފަންޏެކެވެ. ފަހެ އެ ހިނދުން އެއްވެސް ތަޙުގީގީ އިދާރާއަކުން އެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އެކަމަކު ޙަގީގަތަކީ ގޭންގް ސްޓާރަކު ދިވެހި ދައުލަތުގެ މަތީ މަގާމްތަކާއި ދިވެހި ރައްޔިތުންގެ މިލްކިއްޔާތަށް އަތްބާނަން ދޫކޮށްލި މީހުން އެކަމަށް އިޢުތިރާފް ވީހިނދު އެކަމަށް ބީރުކަންފަތެއް ދީފައި އެ ގޭންގް ސްޓާރު ސަރުކާރުގެ މަތީ މަގާމްގަ ހުރެގެން ދިވެހިންނަށް ހަރާންކޯރު ވީތީ އޭނާ ހިފާ ހައްޔަރުކުރިކަމެވެ. ފުރަަތަމަ ހައްޔަރުކުރަންވީ އެއީ ފަންޏެއްކަން އެނގިހުރެ ސަރުކާރުގެ މަތީ މަގާމް ދިންކަމަށް އެއްބަސްވީ މީހާ ނޫން ދެން ފަހެ ކާކުހެއްޔެ؟ ނަޝީދު ހިފާ ހައްޔަރުކުރުމުގެ ގާނުނީ އެއްވެސް ހުރަހެއް ނެތެވެ. ސާފު ޢިބާރާތުން ނަޝީދު އެވަނީ އިޢުތިރާފްވެފައެވެ.

  19. މުކި

    ރައީސް އޮފީހަކީ މިހާރު ބެންކެއްތޯ؟ ރައިސްމީހަގެ އެކައުންޓުހުޅުވާފަ އިނީ ރައީސް އޮފީހުގަތޯ؟ ބޭންކުން ނޫންތަ މިކަން ދޮގުކުރަން ޖެހެނީ؟ އޮޅުވާލަން އުޅެ ތިއޮތީ އަތަށް ގޮވާފަ

    2
    1