އަދީބު ހައްޔަރުކުރުމަށް އެދުމުގައި ގޯހެއް ހެދިފައިވާ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައި ވާކަމަށް އަދީބުގެ ގާނޫނީ ވަކީލުން މިއަދު ހާމަކޮށްފިއެވެ.

މިއަދު ސުޕްރީމް ކޯޓު ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބުގެ ގާނޫނީ ވަކީލުން ބުނެފައިވަނީ މުވައްކިލު މީގެ ދެ ދުވަސް ކުރިން ހައްޔަރު ކޮއްފައިވަނީ ރާއްޖެއިން ފިލައިގެން ދިޔަ މައްސަލާގައި ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ މިއަދު އަނެއްކާވެސް ސިޓީއެއް ފޮނުވާ އެމްއެމްޕީއާރުސީ މައްސަލައާ އަދީބު ފިލި މައްސަލައަކީ ދެ މައްސަލައެއް ކަމަށްވާތީ ދައުލަތުން ދައުވާ ކުރާ އަދީބުގެ އެމްއެމްޕީއާރުސީ މައްސަލަ ނިމެންދެން ބަންދުގަ ބެހެއްޓުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދު ކުރުމަށް އަންގާފައިވަނީ އެނާގެ ޕާސްޕޯޓު ސުޕްރީމް ކޯޓުން ހިފަހައްޓާފަވަނިކޮށް އޭނާ ފިލައިގެން ދިއުމުންނެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ ޓަގު ބޯޓެއްގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޑި ބަނދަރު ކައިރިން އިންޑިއާ ސިފައިންނެވެ. އަދި އޭނާ ހައްޔަރުކޮށް އިންޑިއާ ސިފައިން ވަނީ ދިވެހި ފުލުހުންނާ ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސަރުކާރު އެޅުއްވި މިފިޔަވަޅުން އިނގޭ އެއްޗަކީ އަދީބު ހައްޔަރުކުރުމާއި އަދި އަދީބަށް އެއްވެސް އަދަބެއްލިބޭކަށް މިސަރުކާރު ބޭނުންނުވާކަމެވެ، އަދި އަދީބު ޚިޔާނާތަތެރިކޮށް ނަގާފައިވާ ދައުލަތުގެ ފައިސާއިން މިސަރުކާރު ގެންނަން ޚަރަދުކޮށްފައިވުމުގެ ސަބަބުން މިސަރުކާރުވެސްވަނީ އަދީބު ދަށުވެފައިކަމެވެ.

    7
    1