ސްކޫލްތަކުގައި ނާސްތާދޭން ފެށުމުން ދަރިވަރުން ބަލިވާ މިންވަރު ދަށްވެ ދަރިވަރުން ކިޔެވުމަށް ސަމާލުކަން ދިނުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ނާސްތާގެ ސަބަބުން ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ސިއްހަތު ރަނގަޅުވުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ވެސް ރަނގަޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ދަރިވަރުންގެ ހަޒިރީވެސް ރަނގަޅުވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބަކަށް ވެފައިވަނީ ނާސްތާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފާހަގަވެފައިވާ ކަންތަކުގެ ތެރޭގައި ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން އިތުރުވެގެން ދިޔަ ކަމަށް ހުރިހާ ޓީޗަރުން ވެސް އެއްބަސްވެލައްވާ. އަދި އެސެމްބްލީގައި ބޯ އަނބުރާގަނެގެން ވެއްޓޭ ދަރިވަރުންގެ ނިސްބަތްވެސް މަދުވެގެންދިޔަ" މިނިސްޓަރ ވިދާޅުވިއެވެ.
ދަރިވަރުންގެ ސިއްހަތާއި ކިޔެވުމަށް އައި އެ ބަދަލުތައް އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ސްކޫލަކުން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މުސާރަ ބޮޑުކުރުމަށްޓަކާ ރައީސް އޮފީހާއި ގުޅިގެން އޮނިގަނޑުތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ކީކޭބުނާނީ ދެންކުދިންތައް ތިބުނީ އެކުދިންގެއަމިއްލަގެއިން ކެއީމާ ބަލިވަނީއޭތަ
އެޑިޔުކޭޝަން މިނސްޓަރަށް.
ވެދުންސަލާމަށްފަހު ދަންނަވަމެވެ.ކުދިންގެ ސިއްހަތާމެދު ތިހާ ވިސްނައްޔާ
ކުދިން ދަބަސް ލުއިނުކޮށް ޓީޗަރުންގެ މުސާރަބޮޑުކުރަންތޯ އެނގެނީ؟ ޔާމީން ސަރުކާޜުން ޓެބްލެޓް ގަނެދިނަސް އެއީ ހަމަ ދައުލަތުގެ ފައިސާ.އެހެންވީމަ ޓެކްސްފޮތްތައް ޕީޑީއެފްކޮށްލާފަ ޓެބަށް އެޅީމަ އެއްކަލަ ބަރުފޮތްބޮޑި ނުއުފުލާ ފަރުޖެހޭނެ. ކޮންމެހެން އިންޓަރނެޓެއް މިކަމަކަށް ބޭނުމެއް ނުވާނެ. މީވަރަށް ސިމްޕަލްކަމެއް ދައުލަތުން ލޯލާރިއެއްވެސް އިތުރަށް ޚަރަދެއްނުވާނެ. ވަރަށޤސަލާމް
ތިބުނާ ނާސްތާ ދީފަ ބޯފެންފޮދެއްވެސް ދޭންނުލިބޭ ސަރުކާރެއްމީ. ނާސްތާ ފުރިހަމަވާނީ ނާސްތާ ކައިފަ ފެންބުއީމަ ދެއްތޯ. އަދި އެހެންނޫނަސް ތިދޭ ޕެކެޓް ބޮނީ ސްކޫލް ގެ %20 ކުދިން. ދެން ކޮށް ޞިއްހަތެއްތޯ ރަގަޅުވާނީ. ކާންދީފަ ފެންނުދޭ ސަރުކާރެއް ވާނީ ބޭކާރު. ނާސްތާ ދީފަ ކުއްޖަކަށް ފެންފޮދެއް ދޭކަށް ނުޖެހޭތޯ. ނާސްތާގެ މުޙިއްމުބައި ނުދެވޭ އިގޭތޯ. އައިސަތު އަލީ އިސްތިއުފާދީ ފެންދޭން ނުލިބެންޏާ. އަހަރެމެން ގެއިންވެސް ޕެކެޓް ގެންދެވިދާނެ ފެންވެސް ގެންދެވިދާނެ.
ޙުސް މިކަހަލަ މިނިސްޓަރުންތަ.. މޮޔަ ގޮވާ މީހުން
ތިކުރަނީ ދައުލަތުގެ ފައިސާ އިސްރާފު ތިކަމުން ދަރިވަރުންގެ ސިއްހަތަށް ކުރާނެ ފައިދާއެއް ނެތް އެހެނީ ތިކަމަކީ ބެލެނިވެރިންގެ ޒިއްމާއެއް. ޢަނެތްކާ ތިނާސްތާ ބޮނޑިވަރު އަޅަނީވެސް ގިނައިން ޑަސްޕިނަށް.
ނާސްތާގެ ފައިދާ 25% ކަމަށް ބެލިދާނެ. 75% މާލީ ބޮޑުގެއްލުމެއް. އިސްރާފެއް. ކިޔަވއިދިނުމަޢި ޓީޗަރުންނާއިދަރިވަރުންނަށްވެސް ބޮޑު ބުރައެއް. ބޭކާރުވަގުތުތަކެއް. ޚިދުމަތް ދޭފަރާތަށް 200% ފައިދާލިބިދޭ ކަރަޕްޓް ވިޔަފާރިއެއް. ވިހޭމާ ދޭހަމަސް ޗުއްޓީއަކީއަދި މިަށްވުރެ ބޮޑު ގެއްލުމެއް.
ހަގީގަތުގަ ވެސް ނަތީޖާ ފެނޭ އެބަ.. ވަރަށް ރަނގަޅު ވާހަކައެއް
ތީ ބޭކާރު ކަމެއް ބަޔަކަށް ލާރިގަނޑެއް ދޭނވެގެން ކުރިކަމެއް ތާޒާކަމެއްނެތް ކާަތަކެތި ދަރިންނަށްދެނީ މަސްހުނި ވެސްމޮޑެފަ ފުރިޖްގަ ބަހަށްޓާފަ ފިނިކޮށްބަހަށްޓާ ދަރިންނަށްދެނީ މާގޭދަރި ހަމަގަިމުވެސް ނުކަާަނެ ތިދޭޢެއްޗިއްސެއް ގިނަކުދިން ނުކާަ ޑަސްބިމަށްއަޅަނީ
ސްކޫލުގަ ބަލިނުވީމަ ވީތަ؟ ތި ނާސްތާއެއް ދޭންފެށިފަހުން ރާއްޖެގައި ހޮޑުލާ ބޭރަށް ހިންގާ ރޯގާ ފެތުރޭ މިންވަރު ގިނަވެ ކޮންޓްރޯލުން ނައްޓާފަ. މި ވެސް ވަރަށް ވާހަކަ
ދަރޮވަރުންނަށް ތި ނާސްތާ ދެނީ އެސެންބްލީގެ ކުރިންތަ؟