ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ރާއްޖެ ވަޑައިގެންފިއެވެ.

މޮގުރިނީ ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެކަމަނާ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާވެސް ބައްދަލުކުރައްވާފައެވެ.

އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މޮގުރިނީ ރާއްޖެ ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގައި އެކަމަނާ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިޓަލީގެ ފޮރިން އެފެއާޒްގެ ގިނަ މަގާމުތަކެއް ފުރުއްވި މުގްރީނީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ރާއްޖޭގެ ގުޅުން އަންނަނީ ބަދަހިވަމުންނެވެ.