މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ޢަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި މީހުން ހެއްކާއެކު ހޯދައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުއެވެ.
ސުއޫދު ވިދާޅުވީ، ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި "ޓެރަރިސްޓުން" ހޯދިފައިވާ ކަމަށެވެ. އަދި މި މީހުންގެ ތަފްސީލީ މައުލޫމާތު މި މަސް ނިމުމުގެ ކުރިން ހާމަކުރަން ވިސްނަމުން ދާކަމަށް ސުއޫދު ވިދާޅުވި އެވެ.
"މި ކޮމިޝަނަށް ވަނީ ރިލްވާން ވަގަށް ނެގި ޓެރަރިސްޓް ގްރޫޕްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި " އޭނާ ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ މަރުތަކާއި ބެހޭ ކޮމިޝަނަށް ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ކުރިމަތިން ވަޅިން ބިރު ދައްކައި އޭނާ ރަހީނުކުރުމަށް ފަހުކަން ހޯދިފައިވާ ކަމަށާއި، ނަމަވެސް ދެން އޭނާއަށް ހެދި ގޮތެއް އަދިވެސް ހޯދިފައި ނުވާ ކަމަށެވެ.
"ރިލްވާން ވަގަށް ރަހީނު ކުރުމަށް ދެން ރިލްވަަނަށް ހެދި ގޮތެއް އަދި ނޭނގޭ އެކަން އަދިވެސް ތަހުގީގު ކުރަމުން މިދަނީ އަދި އެކަމާ ގުޅިގެން ލިބިފައިވާ އެކި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން " ސުއޫދު ވިދާޅުވިއެވެ.
އުމުރުން 28 އަހަރުގެ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފަ އެވެ.
ރިލްވާން ފެނޭތޯ ރާއްޖޭގެ ހުރިހާ ރަށެއް ވެސް މިހާރު ބަލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ރިލްވާންގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ ކުރި ނަމަވެސް ކުށް ސާބިތުވެފައެއް ނުވެއެވެ.
ކާކު؟ ކާކު؟
ހުސްނުއް ސޫދު ތިކަމުގެ އެންމެ އަޑީގަ ހުރި
ހުސްނުއް ސުއޫދު ގަދައޭދޯ!
ބަލަގަ އެކަންކުރިބަޔަކު ހެއްކާއި އެކު ހޯދުނުއިރު އޭނާޔަށް ހެދިގޮތްވެސް އޮންނަންޖެހޭނީ އެނގިފަ.
ކޮބާ މޮޅުކަމެއްވެފަ، ތިޔާ ހަމަ ކުރިންވެސް ފުލުހުންގެ ތަހުގީގުން އެނގުން ވަރު އިބޫގެ 100 ދުވަސް ގޮތަށް ކަލެޔަށް ތިޔަބުނާ މަސްދުވަހެއް އަންނާނީ ކޮން އިރަކުބާއޭ ހިތަށް އަރާ. އަދިވެސް ތިކިޔަނީ ވިސްނަމުންދާ ވާހަކަ.. ވެގެން އުޅޭގޮތް އިނގޭ .. ސަރުކާރުން ކޮންމެސް ޖަރީމާއެއްހިންގަން ރަށްޔިތުންގެ ފޯކަސް އެކަމަކުން ގެއްލުވާލަން އަރުވާ އަނގަޔެއް ތިޔަ
ކިތަންމެ ރުޅި އަޔަސް ދެން ޔާމީނު ނާންނާނެ.ހާސްނުވޭ މުއްލާ
ޔާމީން އެބުރި އަދި އަންނާނެ. އަދި ގެންނާނަން.
ވެރިކަމަކީ ކަލޭ ދޭ އެއްޗެއްދޯ؟ ތަންދޮރު ނުދަންނަ ޖާހިލާ. މާތް ﷲ އިރާދަކުރެއްވިއްޔާ ޔާމީނު އަދި މިރާއްޖޭގައި ވެރިކަން ކުރާނެ. ކަލެއަށްކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.
ޓެރެރިސްތުން ނަކީ ކޮން ބައެއްތޯ، ހުސްނު ސޫދު ިހިތައް އެރީމަ ޓެރެރިސް ޓުންނައްވޭބާ
ކޮބާ ހީވޭ ކަމެއްހެން. މަށަށް އެގޭ އޭރުވެސް ރައީސް ޔާމީނަކަށް ނުވާނެކަން. ރައީސް ޔާމީނަކަށް ނުވިޔެންނު. ނުވިޔޭ ރައީސް ޔާމީނަކަށް. ދެންވެސް ނުވާނެ. ކުރިޔަށް އޮތް ދެފަސްދޮޅަސް އަހަރުވެސް ނުވާނެ. ނުވިޔޭ ރައީސް ޔާމީނަކަށް.???????????
ތިޔައީ ދީނީ ހަރުކަށިވިސްނުމުގެ ބައިގަނޑަކުން ހިންގި ޖަރީމައެއ! އަފްރާޝިމުގެވެސް ޤާތިލުންނަކީ އެއީ!
އިސްލާމްދީނުގައި ނުވޭ ހަރުކަށި ވިސްނުމެއް. ތިވާނީ ދީނޭ ދީނޭ ކިޔާ ހޯމްމިނިސްޓަރ ފަދަ ބަޔަކުއުޅޭ މުނާފިގު ގުރޫޕެއްކަމަށް
ދީނީ ހަރުކަށި ވިސްނުން ތި މިން ކުރާ ހުއްޖަތްތައް އަހަރެންނަށްވެސް ދައްކާލަ ދިނުން އެދެން..............،،،،،
ހަމަ މީހަކު އެއީ ދީނީ ހަރުކަށި ވިސްނުމޭ ބުންޔަސް ނުވާނެދޯ އެހެނެއް،،،،،ދީނީ ކަންކަމުގަ ނަޝީދު ޔާމީން އިބޫ މެނަށް ގޮތް ނުނިންމޭނެ،،،،ބަޔަކު އެމީހުން ކާފަރޭ ބުނީމަ އެބަޔަކު މިވަނީ ގޯސް،،،،މިމީހުންވެސް މިކިޔަނީ ކީކޭބާ،،،،،ކާފަރޭ ނުބުނެ ގަތުުލު ހުއްދަ އެކުރަނީ،،،،ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުނަށް ކިޔާ ކަމަށް އަހަރެން ދަންނަނީ ޚަވާރިޖުންނޭ،،،،ޚަވާރިޖުންނަކީ އެމީހުންނާ ސަހާބީން ހަނގުރާމަ ކުރިކަން ސާބިތުވާ ބައެއް،،،،އެހެންވީމަ ނަޝީދުމެން މިކިޔަނީ އެއީ ހަނގުރާމަ ކުރެވޭ ވަރުގެ ބައެކޭތާ،،،،،
ކޮންމެވެސް އެއްބަޔަކު ތިބީ މަގުފުރެދުމެއްގަ ކަން ޔަގީން،،،،އަހަރެން ދުށިން 15 ބޮޑެތި ކުރީގެ އިލްމުވެރިންގެ ބަސްތަކެއް،،،އެވާހަކަތަކުން އިއްތިފާގުވެފަ ވާތަން އަހަރެން ދުށީ އިސްލާމީ ޝަރީއަތާ ޚިލާފަށް ހުކުމް ތަކެއް ހަދާ އެހުކުމްތައް ލާޒިމް ކުރާ ނަމަ އެއީ ކުފުރު ކަމަށް،،،،އެހުކުމްތަށް ކުރާ ގާޟީންނާ އެއަށް ތަބާވާ އާންމުންވެސް އެއްފަދަ ކަމަށް،،،،އެ އިލްމުވެރިންގެ ތެރޭގަ އިބްން ތައިމިއްޔާ އިބްމް ކަޘީރް ފަދަ ބޮޑެތި އިލްމްވެރިންވެސް ހިމެނޭ އަދި ކިއެއްތަ ޝެއިޚް އުޘައިމީންވެސް ހިމެނޭ،،،،ދެން މިގައުމުގަ ކަންހިނގަމުން މިދާ ގޮތާ މިޔާ އަޅާ ކިޔާނީ އަމިއްލަޔަށް،،،،
އިސްލާމްދީނުގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން އެއީ ވަރަށް ބޮޑު މައްސަލައެއް،،،ހަމަ އެފަދައިން ކާފަރެއްގެ ކާފިރުކަމާ މެދު ޝައްކު ކުރުމަކީވެސް ދީނުންބޭރުވާނޭ ކަމަށް އިލްމުވެރިން ގެންނަވާ 10 ކަންތަކުގެ ތެރެއިން އެއްކަންތަށް،،،،މޮޅަށް ދެނެވޮޑިގެންވަނީ ﷲ
އައްދެ މަހީކުރީ ރިޟްވާން ގެއްލުވާލި މީހުން ހެއްކާއިއެކު ހަމަ ޙަޤީގަތުގައިވެސް ހޯދީކަމަށް. އެކަމު އާޓިކަލް ކިޔައިލީމަ މިއެނގުނީ ކުރިން ފުލުހުންވެސް ދެއްކިވާހަކަ އެއައްވުރެވެސް ކޮށިކޮށް މިދައްކަނީ. މިދެން ކަމެއް ކޮށްނުދީ ބޮޑުވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯހައްދާ ސަރުކާރެއްވިއްޔަ. ޙައިރާނެއްނުވޭ.
ޓެރަރިސްޓް 1އެލެކްސް ނަޝީދު 2 ހުސްނުއްސުޢޫދ 3 ހުސްނުވާ ސުޢޫދު 4 ހުސްވަމުންދާ ސުޢޫދު
ހުސް ސުއޫދު ބުނަވާހަކައެއް ތީ ކުރިން ވެސް އިންގޭކަމެއް ކާރަށް އެރުވިމީހުން... ދެން ޕޮލިސްހުން މައުލުމާތު ހޯދައިގެން ކަލޭ މާބޮޑު ކަމައެއްކުރީކަމަށް ހަދަން އެބައުޅެއްއެއް ނުން. މޮޔަ ހުސް ސުއޫދު
ދިވެހި ދަރިން ނޭ! ގަމާރުން ނަށް ނުވޭ..
ސަރުކާރުން ބޮޑު ޖަރީމާ އެއް ހިންގަން އުޅޭތީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމަށް ޖައްސާ ސްޓަންޓެއް މީ.. ޔާމިން ގެ މައްސަލަ ފުރުގަާން މިސަކިތް ބޮލުގަ އަޅުވާފަ ރިލުވާންގެ މައްސަލަ ހުޅުމާލެ ކާރެއްގެ ބޮލުގަ އަޅުވާފަ ނިންމާލާއިރު.ކުރި ތަހުގީގެއް އަދި ހޯދުނު ހޯދުމެއް މިފަހަކުން ނެތް ހޯދާފަކާ. ތަހުގީގު ކުރި ފުލުހުން މިފަހަކުން އެއްވެސް ތަހުގީގެއް ނުކުރޭ. ސީދާ ފޯކަސް ގެއްލުވާލުމުގެ ސްޓަންޓެއްމީ
ދަންނަ ކަމައް ހެދިގެން އުޅޭ ރޯނުއެދުރެއް،
އިނގުނުނަމަ މިހާރު ހާމަކޮއްފީސް
މިއޮއްއުޅެ އިބޫ ބުނި ކިތައް ދުވަސް ތެރޭ ހޯދާނަމޭ ،
ﷲެ ގަން ދިބުނަން އެއްވެސް ކަމެއްއިނގުނުނު ނަމަ ފޮނިވާވެސް މިހާރު ހާމަކޮއްފީސް
މާރަގަޅުވާނެ އިބޫ ކައިރީ ބުނެގެން ތިކޮމިސަނައް ހަރަދު ވާވަރު ހާމަ ކުރިއްޔާ
އެއީ، އަހަރުމެން ގެ ޓެކުސް ފައިސާއިން ހަރަދުކުރާތީ
ތިއިބޫގެ އަ.ިއްލަ ފައިސާ ކީއްކުރަން ، ތިބަހާ ފައިސާޔަގަ މިހާރު ސަރުކާރުގެ އެއްވެސް ބަޔަކު ކުޑަވެސް ހިތްސާނޯއްނާނެ ، ކުރެވޭތޯބެލި ޖެއްސުން ކުރީ ޓުއަރިޒަމް ބޯއިކޮޓް
ނާހަމަ ތެދެއް..
ދިވެހީންގެ ތެރެއަށް ޓެރަރިސްޓުން ގަދަވެގެންފައި ވުމުން އަޑިޔަށް މޫލާފައި މަތިމަތިން އޮމާންކޮށްގެން ތިބި ޖައްބާރުން ދެނެގަތުމަކީ ދަތިކަމެއް.. މިރާއްޖެ މިއޮތީ އެއްކޮށް ދޮވެ ސާފު ކުރަން ޖެހިފަ.
ކަލޭމެން ކިތަންމެ މަތި އޮމާން ކުރިޔަސް ޖާހިލު ޖައްބާރު ދީނެއް މާ އޯގާވެރި ރަހުމު ހުންނަ ކަމަކަށް ނުހެދޭނެ. މަތީގައި ހުންނަ ފަށަލަ ކަހާލާއިރަށް އަރައިގަންނާނީ ކެކިކެކި ހުރި އަލިފާން ކަހަލަ ލޭ.
ގޭސް. ހުސް ގޭސް. ކުރިބަޔަކު ހޯދާފަ .. ކުރުވި ބަޔަކުވެސް ހޯދަބަލަ. ހައްތާވެސް ކުއްވެރި މިވަނީ ނިަކަމެތި މީހާގެ ދަރި. މުލުން ލުހެލާ މިކަމުން މިންޖުވާން ލަސްވެސް ވެއްޖެ.
ރިލުވާން ގެއްލުވާލި މީހުން ފޮރުވައިގެން ސުއޫދުއާއި އިބުރޭ މި އުޅެނީ !!
ރިލުވާން ވަގަށްނެގި މީހުން ހެތްކާއެކު ހޯދައިފި! އެކަމަކު އަދިވެސް ރިލްވާނަށް ވީގޮތެއް ނުހޯދޭ! ކަލޯ މަރުމޯލު ސުޢޫދާ! މީގެކުރިންވެސް އެނގެނީ ތިވަރު! މަށަށް ފެންނަނީ ޤާނޫނު އަސާސީ ފްލައިވުޑްގައި ލިއެގެން ކަލޭ އެ ހިފައިގެން މަޖީދީމަގުގައި ދުވަން! އޭރުން މީހުންނަށް އެނގޭނެ ކަލޭ ނޫނީ އެއްޗެއް ދަންނަ މީހަކު ދެން ނެތޭ!
މަޖީދީ މަގުގަ އެކަނިތަ ދުވަންވީ؟
ތިޔަހުރިހާ މައުލޫމާތެއް ހޯދުނުއިރު ހެދިގޮތެއް ނުހޯދެޔޯ. ކޮންކަހަލަ އަރަތެއްމީ.
ރިޒްވާނު ގެ މައްސަލާގަ ދައުވާކުރި އެކަކީ އޭރު ނަސީދުގެ ބޮޑީގާޑް އަނެކަކީ ކާރު ވެރިމީހާ އަދި އެމްޑިޕީ އެކްޓިވެސްޓެއް . ވީމާ ވީގޮތް ވިސްނާކަށް ނުވޭތަ ؟ އައިރިސްޓައިމް. ނަސިދުގެ ނޫސްބަޔާން ނަސިދު އިންޓަވިޔު މިނިވަން ނިއުސް މީހައްތާވެސް ގުޅުންހުރި ކަންކަން ބެލި ބަަ ؟
ތިޔަ ނަޝީދު އާބެހޭ އެއްވެސް ކަމެއް ތަހުގީގު ކުރުމަކީ ހަރާންކަމެއް. އެހެންވީމާ އެއްވެސް މުއައްސަސާ އަކުން އެކަންކުރަން ނުކެރެނީ. އެކަލޭގެ ބުނީ އަފްރާޝީމު މަރާލިމީހާ ރާއްޖޭން ފުރައިގެން ދިޔަވާހަކަވެސް. ތިޔަސޫދަކަށްވެސް އޭނާއާ ސުވާލުކުރާކަށްނުކެރުނު. ސުވާލުކޮށްފިއްޔާ ދެން އެގޮނޑީގައި ސޫދަކަށް ނީދެވޭނެކަން ސޫދަށްވެސް އެނގޭ.
ތި ބުނަނީ ޕޮލިހުން ނުވާ ކަންދޯ....
ހަހަހަހަ..
ކޮންތާކު؟ އެއްކަމެއްވެސް ސޫދުބެމެންނަކަށް ނުވޭ. ސިޔާސީވެފަތިބެ ކޮން ބެލުމެއްބެލޭނީ ކޮންއެއްޗެއް ތިޔަ ހޯދުނީ؟ ބަލަ އަހަރެމެންނަށްވެސް އެނގޭ ބިރުދައްކައިގެން ކާރަކަށް އަރުވައިގެންކަން އޭނާ ގެންދިޔައީ. ދެން އެއަށްފަހު އޭނާ އަށް ވީގޮތެކޭ ނޭނގިގެން މިއުޅެނީ. އެއްޗެއް ހޯދިގެނެއް ނޫން ތިޔައުޅެނީކީ ކަލޭމެންނަށް އެއްކަމެއްވެސް ނުވިކަން ރައީސް ސޯލިހަށް އެނގިގެން ތިޔަ ކުންފުނި އުވާލަފާނެތީ ތިޔައުޅެނީ.....!!!
ދީނީ އިލްމުވެރިން ވިދާޅުވާގޮތުން ގެއްލޭ މީހުން 4އަހަރާ 4މަހާ 10ދުވަސްފަހުން އެމީހަކު މަރުވީކަމަށް ބަލާ އެގޮތަށް ކަންތައްކުރުމަށް. އެހެންކަމުން ތިޔަމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާ ތަންފީޒު ކުރުމަށް ފެނޭ.
ފުލުހުންގެ ތަޙްޤީޤަށް ހޯދިފައި ހުރި އެއްޗެއް ހިފައިގެން ގޮސް ކިޔާލީ. ތިޔަ ކޮމިޝަނަށް އިތުރު އެއްޗެއް ނުހޯދޭ
ސޫދު ހޯދުނުކަމައް ބުނާހެއްކަކީ ރާއްޖެޓީވީ ގެ ރިޕޯރޓް ނޫންތަ... ބަލަ ތިޔަބުނާވަރައް ޕޮލިހުންވެސް ވަނީހޯދާފައި..ބަލަ ރަހީނު ކުރުމުގެ ފަހަތުގައި އެމްޑީޕީ އިސްމީހުން ގެ ބައިވެރިވުމެއް އޮތީތަ..މައުލޫމާތު އެބަލިބޭ ބައެއްމީހުންގެ ނަން ބުނުމުން ރިޕޯރޓްގައި ނުހިމެނުމައް އެންގިކަމައް..އިންސާފު ...އަންދާގާނޫނު ހަމަ މިއަދުވެސް