ޖަލުގައި އެކަހެރިކޮށް ބޭއްވުމުގެ ސަބަބުން ނަފްސާނީ ބައްޔަކަށްވެ ސިކުނޑީގެ މައްސަަލަ ދިމާވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބް މިހެން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުމުން މިއަދު ބޭއްވި ޝަރީއަތުގައެވެ.

އަދީބު ވިދާޅުވީ ޖަލުގައި ހޭދަކުރެއްވި ހަތަރު އަހަރު ތެރޭގައި އެތަކެއް އަނިޔާއެއް ލިބިވަޑައިގެންނެވި ކަމަށާއި އެކަހެރިކޮށް ބޭއްވުމުގެ ސަބަބުން ނަފްސާނީ ބައްޔަކަށްވެ ސިކުނޑީގެ މައްސަަލައެއް ދިމާވެފައިވާ ކަމަށެވެ.

އަދީބު ވިދާޅުވީ ނޭވާލެއްވުމަށް އުނދަގޫފުޅު ވެފައިވާކަމަށާއި ނޭވާލުމަށް މެޝިން ބޭނުން ކުރައްވާ ކަމަށެވެ.

އަދީބު ވިދާޅުވީ އެމަނިކުފާނު ބަހައްޓާފައި ހުންނަ ގޮޅި އަކީ ހޫނު ގަދަ ގޮޅިއެއް ކަމަށެވެ.

"ނަފްސާނީ ގޮތުން ސިކުނޑީގެ މައްސަލަ ދިމާވެ ނޭވާލާން އުނދަގޫވޭ މިހާރުވެސް ނިދާއިރު މި ސަރުކާރު އައީ ކޮންމެ ރައްޔިތަކާއި ދޭތެރޭ ވެސް އެއްގޮތަކަށް ކަންތައްތައް ކުރާނެ ކަމަށް ވައުދާއި އެކީގައި ނަމަވެސް އަޅުގަނޑު ބަންދުގެ މުއްދަތު ޖެހުމަށް ފަހު އެކަހެރިކޮށް މީހަކަށް ނުފެންނަ ގޮތަށް ބަންދުގައި ބަހައްޓާފައި މިވަނީ" އަދީބް ވިދާޅުވިއެވެ.

ޝަރީއަތުގައި އަދީބު ވިދާޅުވީ މި ސަރުކާރުން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އަދި ނަފްސާނީ ބައްޔަށް ބޭސް ނުކުރައްވާ ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ ޓަގު ބޯޓެއްގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޑި ބަނދަރު ކައިރިން އިންޑިއާ ސިފައިންނެވެ. އަދި އޭނާ ހައްޔަރުކޮށް އިންޑިއާ ސިފައިން ވަނީ ދިވެހި ފުލުހުންނާ ހަވާލު ކޮށްފައެވެ.

އަދީބު އަކީ ދައުލަތުގެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވުމުގައި އިސްކޮށް ހުރިކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ކޯޓުތަކުން އިއްވާފައިވާ ޙުކުމްތައް ވަނީ ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ބާތިލް ކޮށްފައެވެ. ހުރިހާ ޙުކުމެއް ބާތިލް ކުރި ނަމަވެސް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތަކުގެ ތަޙްޤީޤު ފުލުހުން މިހާރު ވެސް ކުރަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކިޔާލީމި

  ހާދަ ހިތްވަރެއްނެތޭދޯ، ލާރިކާން ލައްކަ ވަރު އެބަހުރި ދޯ ކަލޭ، ތީ މި ޤައުމު ދަވާލި ހަދި މުޑުދާރު ޤައްދާރެއް، ކަލޭ ޖެހޭނީ ތި ވޭނީ ހާލުގަ މި ދުނިޔޭގަ ދެން ތެޅި ތެޅި ހުންނަން، މީހަކަށް ދެރައެއް ދީފަ ހެވިފަ އުޅެވޭނޭ ކަމަށް ހީ ނުކުރައްޗޭ، އަދި އޮތީ ކުރިޔަށް ކަލޭ މޮޔަވެގެން ދުވަން ޖެހޭ ދުވަސް، ބޮޑުވަގު،

  23
 2. ޑްރާމާ ކުޅޭ މީޙާ

  ހު އަވަހަށް ބޭރަށްދާންވީ ކޮބާ އަދީބުގެ އަންހެނުން ލިޔުންތަށް ހިފައިގެން މަގުމަށްޗަށް ނިކުންނާކަށް ނުވޭތަ

  29
 3. ސަމާ

  ސިކުޑީގަމައްސަލައެއްއުޅެނީ މިހާރަކު ނޫނެއްނު ފުރަތަމަ ޓޫރިޒަމް މިނިސްޓަރކަންްް ލިބުނު ހިސާބުން ފެށިގެން ވަނީ ސިކުނޑީގެ މައްސަލަ ޖެހިފަ އެހެންވެތާ ރައްޔިތުން ގެ އެހުރިހާ ފައިސާތަކަށް ބޭނުންހާގޮތެއްހެދީކަހެރުވަކެކޭ ވެސް ހިތަށްނާރުވާ

  34
 4. ސާމިޔާ

  ލަސްނުކޮށް ގުރައިދުއަށްފޮނުވަންފެނޭ !!

  28
 5. ގަންޖާ ޕާޓީ

  މިއީ ޖޯކެއް ކަހަލަ ސަރުކާރެއް.

  22
  2
 6. މެގަވޯޓު

  އަޅުގަނޑުގެ ފައިވާނު ވަދުގަވެސް މައްސަލަ އެބައުޅޭ. އަބަދުވެސް ނުބައި މަގުން ގޯޅި އެޅެނީ! އެޖެހުނީ ބޮޑުތާގަ! މަ ނުވާނެ އޭރުން ކުއްވެރިއެއް.

  12
 7. ނަނީ

  އަންނިއަކީ މައިބަނދައިގެ މައްސަލަ އެއް އިރެއްގައި ހުރިމީހެއް. އިގިރޭސިވިލާރަށް ދިޔުމާއެކު އެރަނގަޅުވީ. އަދީބުވެސް އިގިރޭސި ވިލާތަށް ދެވުނިއްޔާ ޑަކުޓަރަށް ނުދައްކާވެސް ވަގުތުން ވަގުތަށް އެއާޕޯޓް ތެރޭގައި ރަނގަޅުވާނެ.

  17
  1
 8. ބުދީއަ

  ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ ތިމާގެ ލޮލަށޭ ކިޔާ އަޑު އެހިން. ތީ ފަންޏެއް. ކަލޭ ފަންޏަކަށް ހެދި މީހާ ކައިރީ ގޮސް ތިވާހަކަ ދައްކާ! ބޮޑު ވަގު!

 9. ކަފަލޮލީ ބިރުޖާ

  އަދީބު ތިޔާބުނީ ހެޔޮވާހަކައެއް. ކަލޯ . ވެރިކަމުގެ ދަހިވެތިކަމުގައިވމީހުންނަށް ލަނޑުދީ، ބާރެއްލިބުނު ހިނދުން ރައްޔިތުންނަށްޚިޔާނާތެރިވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮށްވައި ފިލާނީ ތިޔަކަހަލަ ބޯހަމަނުޖެހޭ މީހުން.

  15
 10. މިއަދު

  ޓަގުބޯއްޓުގައިދިޔައިރުވެސް ދިޔައީ މެސިންހިފައިގެންތަ

  12
 11. ސަޓޯ

  މޮޔައަކަށްވީދޯ ؟؟

 12. ޖޯބެ

  އަދީބުއަށް ކީއްވެ އޭސީ ގޮޅިއަކާއި މީޑިއާނެޓް ގުޅަފަހުރި ޓީވީއަކާއި ފްރީ ވައިފައި އަދި ތާސްކުޅޭނޭ ކުދީން ކޮޅެއް ނުދިނީ.. ޝޭހު އިމްރާން ޖަވާބުދީބަލަ

  13
 13. ޥަގުން

  ނޭވާލާން ބޭނުން ކުރާ މެޝިންހިފައިގެއްބާޓަގުބޯޓުގަވަގުވަގައް ނައްޓާލީ

 14. އ. ޖ. އ

  ދެން ތިހެން ނުބުނިއްޔަކާ ނޭނގޭނެތަ