ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން ކަރެކްޝަންގެ މައްޗަށް މިއަދު އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެފައި ވަނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އެދުމުންނެވެ.

އެއީ މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައެވެ.

ޓަގް ބޯޓެއްގައި އަދީބު ރާއްޖެއިން ފިލައިގެން ގޮސްފައި ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ ކޯޓުގައި އެ މައްސަލަ ބަލާ ވަކި ގޮތެއް ކަނޑައަޅަން ދެން، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވީ، އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ނެރެފައިވަނިކޮށް، އެ އަމުރާއި ހިލާފަށް އަދީބު ރާއްޖެ ދޫކޮށް ފިލައިގެން ދިޔަ ކަން ކަށަވަރުވެފައިވާކަމަށާއި، އަދި ކުރިއަށް އޮތްތަނުގައި އަދިބު މިފަދަ ކަމެއް ކޮށްފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބުނެ، މި މައްސަލަ ނިމެން ދެން އަދީބު ބަންދުކޮށްދިނުމަށް އެދި ޕީޖީ އޮފީހުގައި އެ ކޯޓުގައި އެދިފައިވާކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރުގައި ވިދާޅުވީ، އެ މައްސަލާގައި ދެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައި ހުރި ވާހަކަތަކާއި އަދީބު މީގެ ކުރިން އަމަލުކޮށްފައި ހުރި ގޮތުގެ މައްޗަށާއި،އަދީބުގެ މައްޗަށް ކުރެވުފައިވާ ތުހުމަތުތަަކަށް ބަލައި ރިމާންޑް ޖަލެއްގައި އަދީބު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ ޓަގު ބޯޓެއްގައި ފިލައިގެން ދަނިކޮށް އިންޑިއާގެ ތޫތުކުޑި ބަނދަރު ކައިރިން އިންޑިއާ ސިފައިންނެވެ. އަދި އޭނާ ހައްޔަރުކޮށް އިންޑިއާ ސިފައިން ވަނީ ދިވެހި ފުލުހުންނާ ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓަގުބެ (އަދީބުރޯ)

    އަލްހަމްދުﷲ...
    އުމުރަށް އެކަލޭގެ ކަރުގަވާޖަހާފަ ބާއްވާ

  2. މޫސޭ

    ޝަރުއީ ކޯޓެއްގެ ހުކުމުގައި ހުރެ ފިލުމަކީ ޤާނޫނީ ކުށެއް. ފިލުމުގައި އެތައް ގޮތެއް ހުންނާނެ. ޓަގު ބޯޓަކަށް އަރައިގެން ފިލުމާއި، ބޭސް ފަރުވާއަށް ބޭރަށް ފޮނުވީމައި ފިލުމާއި، މިހެން ގޮސް އެތައް ގޮތެއް ހުންނާނެ. ވީމާ އަދީބު ޓަގު ބޯޓަކަށް އަރައިގެން ފިލިމައްސަލައިގައި އޭނާ އެވަނީ ހައްޔަރު ކުރެވިފައި. ދެބް ސުވާލަކީ ކެނެރީގޭ ނަޝީދު ޝަރުއީ ކޯޓަކުން ކޮށަފައިވާ ހުކުމެއްތަންފީޒު ކުރަމުން ދަނިކޮށް ބަލި ކަމަށް ބުނެ ދޮގުހަދަިގެން ބޭސް ފަރުވާއަށް އިގިރޭސި ވިލާތަށް ފޮނުވީމައި މުއްދަތު ހަމަވުމުން ވެސް ނައީސް ފިލި މައްސަލަ ބަލަނީ ކޮން ދުވަހަކުން ތޯ؟ މިހާރު މުޅި ދަުލަތުގައި ވަކަި ހިއަޕައިގެން އެހުރީ ކުރިމަތިލީ ދާއިރާގައި ދިރިއުޅޭ މެޖޯރިޓީ މީހުންގެ ވޯޓު ވެސް ނުލިބި. ޚޯޓުގެ ހުރުމަތް ކަނަޑާ ޝަރީއަތަށް ގޮނޖަހާ ފިލި މައްސަލައަކީ ގޮނޑިގެއްލޭފަދަ ޖިނާއީ ކުށެއް!