މި ސަރުކާރުން އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ސަރުކާރުން އަތޮޅުތަކަށް އަމާޒުކުރައްވައިގެން ކުރިއަށްގެންދަވާ 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ.

މިމަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު އިމާރާތް ނުކުރެވި ފަޅުވެފައިވާ ގޯތިތަކުގެ މައްސަލައަށް ހައްލެއް ހޯދައި، ގޯތި ލިބިފައިވީނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ދަތި ހާލުގައި އުޅޭ ޢާއިލާތަކަށް ގެދޮރުއެޅުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުއެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓްތަށް އެޅުމުގައި ގޯތި ލިބި އެހެންނަމަވެސް މާލީ ތަނަވަސްކަން ނެތުމުން ގެދޮރު ނޭޅިފައިވާ ފަރާތްތަކާއި އަލަށް ގޯތި ދޫކުރެވޭ ފަރާތްތަކަށް އެގޯތިތަކުގައި ގެ އެޅުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން އައްޑޫގައި އަޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވާ ގޮތުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓ

    އިމާރާތް އަދި އެޅޭނީ ކޮނދުވަހަކުން ކަމެއް ވެސް ނޭގޭ . ކޮހުންގެ ވެރިކަން

  2. ޫަގަދަ ސަރުކާ

    ފުރަތަމަ އަޅާފަ ހުރި ފުލެޓް ތައް ދީނިންމަބަލަ ކޮން ޗެ ތިކިޔަނީ......................ނޭޅޭނެ..........މިހާރު ތިއުޅެނީ ފަގީރަކައް ލިބިފަ އިން ބިންކޮޅުވެސް އަތުލާނެ ގޮތެއް ނޭންގިގެން މާ ތާހިރު ވާނެ ގެ ނޭޅިފަ ތީބިމީހުންނައް ގެ އަޅާ ދީބަލަ......ދެން އެމީހުން އަތުން މަހަކު ވަކިވަރެއް ނަގާބަލަ.......ނުކެރޭނެ........އެއީ ބޮޑެތި ތަންތައް ހަދާ ފަކުއްޔަ ދީފަ ތިބިމީހުންނަ ބޮޑު ކުއްޔެ ނުނެގޭނެ......އެހެން ވީމަ .......................ދެން ލަލަލާ

  3. އަފިރިންގެ ޚިޔާލް

    މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އަޅާ މަކަރުވެރި ޚިޔާލީ ފުލެޓްތަކެއް، ފެންނާނީ ކޔރެހުމާއި މަންޒަރު. ޤަބޫލް ނުކުރޭ، ފުލެޓް ފައިސާ ދައްކަންޖެހޭނެ، ބިން ދީފަ ލޯނު ދިނީމަ ނިމުނީ، ނުވާނެ ނުކުރެވޭނެ.