ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް މިއަދު ވެސް އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އިއްޔެ ވެސް ނާޒިމް މާލެ ގެނެސް ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް ނާޒިމް ކޮންމެ ދުވަހަކު މާލެ ގެނެސް ޑޮކްޓަރަށް ދައްކަމުން ގެންދަނީ ކޮން އާލާސްކަންފުޅަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

ނާޒިމް ޖަލަށްލި ފަހުން މީގެ ކުރިން ވެސް ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާފައި ވެއެވެ. ބައެއް ފަހަރު ރާއްޖެ އިން ބޭރުން ވެސް އޭނާ ވަނީ ފަރުވާ ހޯއްދަވާފައެވެ.

ގިނަ ދުވަސްތަކަކު ގޭބަންދުގައި ބެހެއްޓުމަށް ފަހު ނާޒިމް އަނބުރާ ޖަލަށް ގެންދިޔައީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އޭނާ ވެސް ހިމެނޭ ގޮތައް އިތުރު ކުށްވެރިންތަކެއް ދޫކޮށްލަން އަމުރު ކުރުމުންނެވެ.