ޓެރަރިޒަމާއި ހައްދު ފަހަނަޅައެޅުމާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިޔަން ޔޫރޯގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

އީޔޫ ކޮމިޝަންގެ ނައިބު ރައީސް ފްރެޑްރިކާ މޮގެރިނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވަމުން ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުމާ ސަލާމަތާ ޔޫރަޕާވެސް ގުޅިލާމެހިފައިވާ ކަމަށާއި، އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމުވެފައި އޮތުމަކީ އީޔޫ އިން މުހިންމު ކަމެއްދޭ ކަމެއް ކަމަށެވެ.

އަދި ޓެރަރިޒަމްގެ މައްސަލަތައް ހައްލު ކުރުމަށް އީޔޫއިން އަބަދުވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަން މޮގެރިނީ ވިދާޅުވިއެވެ.

ޓެރަރިސްޓު ހަމަލާތަކާއި ހައްދުފަހަނާޅައި ދިއުން ހުއްޓުވުމުގެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ތައްޔާރަށް ހުންނެވި ކަން ފާހަގަކުރައްވަމުން މޮގެރިނީ ވަނީ މާރިއާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަސައްކަތުގައި އެހީވުމަށް 2.5 މިލިއަން ޔޫރޯ (ދެ މިލިއަން ޑޮލަރު) އީޔޫ އިން ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި އެހީ ދޭން އީޔޫ އިން ނިންމާފައިވާކަން މޮގެރިނީ އިއުލާނުކުރެއްވި ނަމަވެސް އެ އެހީ ދިނުމަށް ނިންމާފައިވަނީ ކޮން އިރަކު ކަން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މެގަވޯޓު

  ދެން އަވަހައް ބައިއަޅާލަ ސަރުކާރު ބޮޑެތި މީހުންވެގެން.

  15
  1
 2. ރިޝްވަތު

  ތިއީ ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް އީޔޫއިން ރާއްޖެއަށް ދިން އެހީއެއް. މުސްލިމަކު މީހެއް ގަތުލުކޮށްފިނަމަ ހުޅަނގުގެ ގައުމުތައް ޓެރޮރިސްޓޭ ގޮވާނެ. މުސްލިމްނޫން މީހަކު މީހެއް ގަތުލުކޮށްފިނަމަ އެއީ ސިކުނޑީގެ އުނިކަމެއްގެ ސަބަބުން ވި ކަމެއް. އީޔޫގައުމުތަކަށް މުސްލިމުން ސިފަވަނީ ގޮތެއްފޮތެއްނެތް ބައެއްގެ ގޮތުގައި. ހީކުރަނީ މުސްލިމުންގެ ބޭނުމަކީ އެއްވެސް ހައްގަކާނުލާ ހަނގުރާމަ ކުރުންކަމަށް. ނުފެންނާނެ އީޔޫގައުމުތަކުން މެދުއިރުމަތީ ގައުމުތަކުގެ މީހުން މަރާތަން.

  30
  3
  • މޮޔައެނޮނިމަސް

   ސައުދީން މީހުން މެރީ މަ ކިޔާނީ ކީކޭ

   11
 3. އަހުރެން

  ތިތެރަރިސްތުންތިމިހުންމަސައްކަތްކުރާނިތެރަރިސްތުންއުފައްދަން

 4. ޓެރާ

  ތިޔަ ފައިސާ ޓެރަރިސްޓުންނަށް ދިނީމަ އެކަން ހުއްޓޭތަ؟

 5. ޭއަދުރޭ

  ސައޫދީ އެރެބިޔާ އިން ތިކަން ފެތުރުމަށް ހިލޭ ސްކޯލަރޝިޕް ތަކާ އެތައް މިލިއަނެއްގެ ފައިސާ ދަނީ ދިވެހި ސަރުކާރަށް ދެމުން

  2
  12
  • މޮޔައެނޮނިމަސް

   ރަނގަޅު ވާހަކައެއް.ސައުދުން ގެ މައިގަނޑު ދެ އެކްސްޕޯޓަކީ ހަރުކަށި އިސްލާމީ ފިކުރާ ތެލަާ

 6. ޢަލީ

  މީދޯ އެކައުންޓަށް ޖަމާކުރި ޔޫރޯކޮޅު، ފަޅާރީމަ ގެނައީދޯ، މިދެން ބޮޑުވަރު.

 7. ހުސެން

  މޯދީ އާއި ނަތަންޔާހޫ އަކީ ހުދު ކާފޫރު،ސޮހޮލުބޭ ވަކި ސޮހޮލެއް ނޫނެއްނުންދޯ ،މޯޑީގެ އަނިޔާވެރިކަމާ ދެކޮޅަށް ޗުއްޕުވެސް ބުނަން ނުކެރުނު،

 8. އަންނި

  ސުބުހާނަﷲ، ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ، ކެނެރީގޭ ނަޝީދު އާއި ،އޭނައަށް ތަބައަވާ މީހުންގެ ނުބައި ރޭވުންތަކުން މި ދިވެހި ރާއްޖެއާއި، ރައްޔިތުން ސަލާމަތް ކުރައްވާނދޭވެ. އާމީން. މި ހަމަ ސީދާ އިސްލާމް ދީނާ ދެކޮޅަށް، ދީން ފޮހެލުމަށްޓަކައި ދިން ފައިސާ. މިބައި މީހުން ވަނީ އިސްލާމީ އެހެނިހެން ޤައުމު ތަކުގައި ވެސް ހަމަ މި ގޮތަށް ،މި ނަމުގައި މަސައްކަތް ކޮށް ފައިސާ ދީގެން ހަން ފަތުރާފައި. މި ނުބައި ވެރިކަން ހިތި ގޮތަކަށް ނިންމަވާށި

 9. Anonymous

  ތިވެސް ކނބ އެކައުންޓައް ޖަމާކޮއްފަ ކާލާތި