ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ އެވެ.

މިއަހަރުގެ އަޟްހާ އީދަކީ އަންނަ އާދީއްތަ ދުވަހެވެ. މެޓް އިން ލަފާކޮށްފައިވާގޮތުގައި މިފަހަރުގެ އީދަކީ ވެސް ވިއްސާރަ އީދެކެވެ. ނިމިގެންދިޔަ ފިތުރު އީދުވެސް ވެގެން ދިޔައީ ފެން އީދަކަށެވެ.

އޮގަސްޓް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް ވިއްސާރަ ކުރާ މަހެއް ކަމަށް މެޓްއިން ބުނެއެެވެ.

އަލްހާ އީދާ ދިމާކޮށް އެކިއެކި ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރާއިރު، ކަނޑު ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ފަސިންޖަރުން އުފުލާ ބޯޓުތަކުގައި ސަލާމަތީ ކަންކަން ހަމަވެފައި ހުރިތޯ އެމްއެންޑީއެފްއާއި ފުލުހުންވެސް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު