ރާއްޖެއަށް އެތެރެ ކުރަން އުޅުނު ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިމަހުގެ ފަސްވަނަ ދުވަހު، އިންޑިއާގެ ޗެންނާއީން ރާއްޖެއައި 28 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގެ ތަހުގީގުން އެތަކެތި ހަޝިސް އޮއިލްއަށް ޕޮސިޓިވް ވެފައިވާއިރު، ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތީގެ ޕެކިންގައިވެސް ޖުމްލަ 395 ގްރާމް ހުރި ކަމަށެވެ. ބަންދުކޮށްފައި ހުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.5 ކިލޯ ހުރިއިރު، މަގުމަތީގެ އަގު ހަތް މިލިއަން ހަތަރު ލައްކަ އަށްޑިހަ ހާހަށް އަރާނެ ކަމަށްވެސް ކަސްޓަމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނޫރު

    މިއީ ޑީލަރުން، މިމީހުން ދޫކޮށްލާނެ، ޖަލަށް ލާނީ މިއިން ދުމެއްބޯލާ ނިކަމެތި ޒުވާނާ، އަނެއްކާ އޭނަޔަށް މަހަކު 12000ރ ދައުލަތުން 3 އަހަރު ޚަރަދު ކުރަންޖެހޭ... ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު ބަދަލްކުރަންޖެހޭ، ދިވެހި ޒުވާނުންގެ ތެރެއިން 1300 ހާ މީހުންވީ ޖަލުގަ، އާއިލާ އުޅެންޖެހިފައިވަނީ މިކަމުގެ ސަބަބުން ނަފުސާނީ ބަލީގަ... ކުދިންނަށް ދެވޭ ފަރުވާ މާލެ ނޫން އެހެން ކޮމިއުނިޓީ ތަކުގައި ދެވެންޖެހޭ.. މިއީ50 އަހަރު ދުވަހު ބަޔަކު މުއްސަދިވާން ރާއްޖޭގައި ހިންގަމުންގެންދާ ޖަރީމާއެއް، އެއްވެސް ސަރުކާރަކަށް މިކަން ނުހުއްޓުވޭ، ޑުރަގް ޑީލަރުންދޫވެ އުފަލުގައި ފުރީކޮށްތިބެ ބޮޑެތި ހޮޓާތަކާއި، ފުޅާކޮށް ވިޔަފާރި ހިންގާ. ހަރުކަށި ޤާނޫނުތަކުން ދެވޭ އަދަބުތަކުން މިކަން ނުހުއްޓުވޭނެ،،، ބޯ ކުދިންންނަށް އަދަބު ދިނުމުގެ ބަދަލުގައި ރަގަޅު ކައުންސިލިންނާއި ފަރުވާ މުހިންމު.. ހަރުކަށި އަދަބުދިނުން ހުއްޓާލަންޖެހޭ،

    27
    4
    • ކޮރަޕްޝަން

      ނޫރުގެ ކޮމެންޓް ބަރާބަރު ?

  2. އިބްރާހީމް

    ޒުވާނުންނޭ ސާބަސް މާދަމާ ތަޙްޤީޤަށް ގެންދިއައިމަބުނޭ މަ ބޭނުމޭ އެއްބަސްވުމެެއް ހަދަން ހުރިހާ ވާހަކައެއް ކިޔައިދޭނަމޭ އެކަމަކު މަ ދޫކޮށްލަންޖެހޭނެޔޭ،

    27
    1
  3. ކަށްވަޅު

    ހައްގު އަދަބު ދިނުމަށް ގޮވާލަން. އާއިލާ ތަކާއި މުޖުތަމަޢުގެ ހަލާކު.

    25
  4. ާއަޙުމަދު

    އެތަކެތީގެ ޕެކިންގައިވެސް 395 ގުރާމް ހުރިވާހަކަ. މިކަމުން މި ދޭހަވަނީ ކޮންކަމެއް؟

  5. ޙެހެ

    ފެރީގެ ހިދުމަތް އަވަސް ކޮއްބަލަ އިންޑިއާ ައށް

  6. މޯދީ

    ހުރިހާ ކަމެއްގައި 100 ޕަސެންޓް ޓޮލަރެންސް

  7. ޔާގޯ

    ކުރިއަށް އޮތް 4 އަހަރައް ރާއްޖޭގައި ތިޔަ ޑުރަގުތަައް ޑިސްޓުރިބިއުޓު ކުރާނެކަމާއި މެދު މަމެން ޝައްކެއް ނުކުރަމުއެވެ.

  8. ސަޅި

    ސަޅި އިނގޭ މިސަރުކާރު، ވަގުންނާ ޑުރަގު ލޯޑުންނާ ގޭންގުސުޓާރުން ޖަލައްލައި މިޤަޢުމު އަމާންކޮށްދީ. ހެޔޮ މިމީހުންގެ ކުށްތައް ސާބިތުނުކޮށްދޭ ހުރިހާ ގާޒީންތައް ބޭރުކޮށްގެންވިޔަސް. ހަމަ އިބޫ އޯކޭ!

    2
    4