މަޖީދީ މަގު ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރަން އުޅުނު 17 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަން އުޅުނު އަންހެން ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހި، އެކުއްޖާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކުއްޖާގެ މޭކަށިގަނޑާ، އުނަގަނޑުގެ އިތުރުން ވާތު ކޮނޑު ހުޅަށްވެސް އަނިޔާވެ، ތަދުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ކުއްޖާގެ މެއަށް ތަދުވާތީ ނޭވާލަން އުނދަގޫވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ސައިކަލު ދުއްވަން އިން 35 އަހަރުގެ ދިވެހި ފިރިހެން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މީގެ ދެތިން މަސް ކުރިން ވެސް މަގު ހުރަސްކުރި އަންހެނެއްގެ ގައިގަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮރަލް

  މާލޭ މަގުތައް ބޭރަށް ނުކުމެ އުޅެން ރައްކާ ތެރި އެއް ނޫނެވެ.

  42
  1
  • މައިޒާން

   ދެން ގޭގެ އެތެރޭގަ ހުންނާނީ އެއްނުން..

   2
   6
 2. ކޮލެޖު ބޯއި

  ކޮބާ ލައިސަން ނުހިފެހެއްޓީ ކީއްވެޔޯ

  6
  1
 3. ދުއްވާ މީހާ

  މާލޭ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވާ ގިނަ މީހުންނަކީ ވަރަށް ފަރުވާކުޑަކޮށް ދުއްވާ ބަޔެކެވެ. ކަފިހުރަސްމަތިން ހުރަސްކުރާއިރުވެސް ހިނގާ މީހާ ހުރަސްކުރުމުގެ ކުރިން އޭނާގެ ކުރި ކަނޑާލާފައި ދެވޭތޯ ބަލައެވެ. އަދި ކަފިހުރަސްކައިރިން ބައެއް ދުެއްވާ ތަކެތި މަޑުކޮށްލިޔަސް ދުއްވާ އެހެން އުޅަނދުތައް މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނޯވެއެވެ. އެހެންކަމުން ކަފިހުރަސްމަތިން ހުރަސްކުރަނީ ދުއްވާ ތަކެތި މަޑުކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. އަބަދުވެސް ދެކޮޅަށް ދެކޮޅަށް ބަލަމުން، އެއް

  13
  2
 4. Anonymous

  މިއޮތީ ވާ ތޮއްޖައްސާލާފައޮތް މާލެއެއް

  5
  1
 5. ޢަބްދުﷲ

  ޤާނޫނުތަކަށާއި ޤާނޫނީ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގައި ބީރައްޓެހި ބަޔަކަށް ދިވެހިން ނުވަމާ ހިންގަވާށެވެ.

  8
  1