ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދާ 25 ބުރީގެ "ދަރުމަވަންތަ ހޮސްޕިޓަލް" ގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރ އަހުމަދު މައުސޫމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ތަނަށް ބޭނުންވާ ތަކެއްޗަށްވެސް ވާނީ އޯޑަރު ކޮށްފައި ކަމަށެވެ. މިއަހަރު މެއި މަހުގެ ނިޔަލަށް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ލިބޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭގެ އިތުރުން އައިޖީއެމްއެޗްގައި ލިބެން ނެތް ބައެއް ހިދުމަތްތައް އެ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށާއި ނަމަވެސް ހުޅުވިގެންދާނީ އާންމު ހިދުމަތްތަކާއިއެކުގައި ކަމަށް މައުސޫމް ވިދާޅުވިއެވެ. "އައިޖީއެމްއެޗްގައި ނުވާ ބައެއް ކަންތައް ބަދަލުކުރަމުން ކުރިއަށްދާނީ، އެކަމަކު އަދި ބުނާކަށް ނޭނގޭ. އެކަމަކު ފަށާނީ އާންމު ހިދުމަތްތަކާއި އެކު" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ކުރިންވެސް އަމާޒުކުރެވިފައިވާ ފަދައިން ދަރުމަވަންތަ ހޮސްޕިޓަލް މިއަހަރު ޖުލައި 26 ގައި ހުޅުވުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި އެހޮސްޕިޓަލުން މި ޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބެން ހުންނާނެ ކަމަށެވެ.

ސިންގަޕޫރު ޝެންހުއާ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ބޮޑު ހޮސްޕިޓަލަކަށް ވެގެންދާނެއެވެ. ހާއްސަކޮށް ރާއްޖެ އިން ބޭރަށް މިހާރު ދިވެހިން ބޭސްފަރުވާ ހޯދަން ކުރަމުންދާ ދަތުރުތައް ދަރުމަވަންތަ ހޮސްޕިޓަލާއި އެކު މަދުވެގެން ދާނެއެވެ.

ސަރުކާރުން ނިންމާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ޑޮކްޓަރުކަން ވެސް ކިޔަވައި ދޭށެވެ. އެހޮސްޕިޓަލްގެ ދެބުރި ޑޮކްޓަރުކަން ކިޔަވައިދޭން އުފައްދާ މެޑިކަލް ކޮލެޖަށް ހާއްސަ ކުރާނެއެވެ. އެހެންކަމުން މިއީ ވެސް މިހާރު ޑޮކްޓަރުކަން ކިޔަވަން ދިވެހިން ކުރަމުންދާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހެބަލިވޭ

    ޑޮކްޓަރުކަން ކިޔަވަންދާ ހޭދަ ކުޑައެއް ނުވާނެ، ވިޔަސް ވާނީ ބޮޑު، މާލޭގެ ކުއްޔާ ހުރެ!

    • ގފކ

      "ހެބަލިވޭ" އަާށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ބަނީ އިސްރާޢީލް ބާގާގެ މީހުންނަށް ހެޔޮ އެއްގޮތެއްވެސް އޮވޭތަ. މިބައިމީހުންނަށް ހެޔޮވާނީ ހަމަ ލާދީނީ ސޮރު.

  2. ޙަފްޞާ / މާލެ

    ގޮށްރީނދޫ ޓްވިޓަރޭތައް ބިރުން ހެނޑޭވަރުގެ ޚަބަރެއްމީ! މިހާރުވެސް ޓްޕްޓްރީ ހޮސްޕިޓަލް ، އައިޖީއެމްއެޗް ، އޭޑީކޭ ހޮސްޕިޓަލުން މީގެކުރިން ނުލިބޭ ބޮޑަތި ޚިދުމަތްތައް އެދަނީ ލިބެމުން! މިއީ ރައީސް ޔާމީންގެ ، " ބޮޑަތިބަލިތަކަށް ރާއްޖެއިން ފަރުވަދިނުން " ވަޢުދުގެ ދަށުން ލިބުނު ކުރިއެރުންތައް! ސާބަސް ރައީސް ޔާމީން!

  3. ނަޖްވާ

    ބަލަގަ މަ ހީ ކުރީ މީ އައިޖީއެމް ހޮސްޕިޓަލުގެ އެކްސްޓެންސަނެއް ކަމަށް! މިހާރު މީ ހަމަ އާ ހޮސްޕިޓަލެއް ދޯ!

  4. ޑާޑާޑާޑާ

    ސަރުކާރުގެ ބާރު ހިނގަން ޖެހޭނީ މަޖޫރީންގެ ބާރެއް ނޫން ހިނގަން ޖެހޭނީ ސަރުކާރުން ޕެނިކް ރޫމް އަށް ވަދެގެން ނުވާނެއޭ މަޖޫރީން ޖެހޭނީ ހަމަ ބަލި ވާންއޭ ބަލިވާން އޭ މަމެން ޖެހޭނީ މޮޅުވާންއޭ ޖަސްޓް މޮޅުވާންއޭ.

  5. ބޮކަރު

    ކޮބާ ދެވަނަ ޓަވަރު ؟

  6. ީއިޓް މީ

    ހޫމް އައި ލައިކް ސޯ އެކްސައިޓީސް

  7. ބޮނޑި

    ތިހުސްޕިަޓަލަށާޢި ބުރިޖައް ކިޔަން އެންމެ ހައްގީ "އައްޑަނަ" މިސަރުކަރުން ހިންގާ ކޮންމެ ނޭދެވޭކަމެއް ކުރުމަށް ފަހު އެކަން އޮއްބަން ނޫސްވެރިން އެއްކޮއްގެން މަޢުލޫމާތުދޭނީ، ތިހުސްޕިޓަލާއި ބުރިޖާ ބެހެގޮތުން ވީމާ ތީ ހަމަ "އައްޑަނަ" އަދި ތިތަންތަން ހަދާފަވަނީވެސް އިވޭގޮތުގައި މާ ބޮޑެތި އަގުތަކެއްގައި.....

  8. މަހަށްދޭބަލަ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެނޭތޭ 25 ބުރީގެ ހޮސްޕިޓާ ވެސް ނިމުނީއޭ ތަމެން ދެން ދާން ޖެހޭނީ މަހަށޭ ރަންރީނދޫ ޓްވިޓަރޭ މެންނޭ ތަމެން ދެން ދަގަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

  9. މަންޑޭ

    މާލޭގެ ބާޒާރު މަތީގައި ވިޔަފާރި ކުރާ ކުންފުނި ތަކުން މިފަހަރު މަމެން އެމެންނަށް އެންމެ ބޮޑަށް ބޭނުންވެގެން އުޅޭ ދަނޑިވަޅުގައި ކޯރޕަރޭޓް ކޮށް ހަދާ ވިޔަފާރި ކުންފުނި ތަކާއި މެދު މަމެން ޓްރީޓް ކުރާނަމޭ ރަނގަޅަށް އެގޮތުން މަމެން މިއުޅެނީ ގުޅި ފަޅު ހިއްކާލަންއޭ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ހެދުމަށް ފަހު. އެގޮތަށް މަމެން ހަދާއިރު މާލޭގައި މިހާރު ހުރި މަސްމާރުކޭޓް އަދި ވަޅޯމަސް މާރުކޭޓް އަދި ލޯކަލް މާރުކޭޓް ބަދަލު ކޮށްލާނަމޭ ގުޅިފަޅަށް އެދުވަހަކުން ގުޅިފަޅުގެ ބާޒާރު މަތިން އެންމެ ފުރަތަމަ ބިން ދޭނީ މިގޮތަށް ކޯރޕަރޭޓް ކުރާ ކުންފުނި ތަކަށޭ ލިލީ އިންޓަރނޭޝަނަލް އެއީ ނަމޫނާ އަކަށް ބަލައިގެން ދެން ހުރި ކުންފުނި ތައް ވެސް ކޯޕަރޭޓް ކުރަންވީއޭ އެއިރުން ނޭ ރަނގަޅު ވާނީ. މަމެން މާލެ ލިޓިލް ޓޯކިޔޯ އަށް ހަދާއިރު މިހާރު ބާޒާރު މަތީގައި ހުރި ހުރިހާ ސްލަމްސް ތައް ދާނެއޭ އެތަނުން ދެން ރާއްޖެތެރޭން އަންނަ އޮޑި ފަހަރުވެސް ދާނީ ގުޅި ފަޅަށޭ މާލެ ފަޅަށް ނުވަދެވޭނެއޭ މާލެ އާއި ގުޅި ފަޅާއި ދެމެދު ބްރިޖް އަޅާލެވޭނެއޭ އަދި ރިސޯރޓްސް ތަކުގެ ފެރީވެސް ދާން ޖެހޭނީ ގުޅިފަޅަށޭ މާލެ އަށް ނާދެވޭނެއޭ. މާލެ އެބަޖެހޭ އަމާން ތަނަކަށް ހަދަން. އައި އޭމް ޖަސްޓް އިން ދަ މިޑިލް އޮފް ލިޓިލް ޓޯކިޔޯ ސައިލެންޑް ޑްރީމް އިޓް ފީލްސް ލައިކް އަ ޓޯކިޔޯ ގާރލް އިޒް ޑާންސިންގް ވިދް މީ. އައި ވިޝް އައި ކުޑް މޭކް މާލެ ލިޓިލް ޓޯކިޔޯ އިޓްސް ޖަސްޓް އެނަދަރ މެޖިކް މަންޑޭ އައި ވިޝް އިޓްސް އަ ލަކީ މަންޑޭ.

  10. ޖޮއްބެ

    ކެރަފާނަޝީދު އިނދަޖައްސާލި ޞިއްޙީ ނިޒާމަށް މާތްﷲގެ ވާގިފުޅާއެކު މިސަރުކާރުން ކުރެއްވި ބުރަ މަސައްކަތުން ދިރުން ލިބެމުން ދާތަން ފެނުނީމާ ރީނދޫބައިގަނޑު ވަރަށް ޖޭވާނެ.