ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ދިވެހިރާއްޖެއަށް ފާޑުކިޔަމުން ދިޔަ ނަމަވެސް އެއީ ހަޤީޤަތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޓްވިޓާ އެކައުންޓެއް ނޫންކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެއް ކަމަށްވާ ޑރ.ޕްރަދީޕް ކަޓްވާލްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އަންނަނީ ރާއްޖެ އަށް ފާޑުކިޔާ ޓްވީޓްތަކެއް ކުރަމުންނެވެ. އޭނާ ކޮށްފައިވާ އެއް ޓްވީޓްގައި ބުނެފައި ވަނީ ރާއްޖެ އިންޑިއާގެ ބާރުގެ ދަށަށް ގެންދަން ޖެހޭ ކަމަށެވެ. ޓްވިޓާ އެކައުންޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު ޓްވިޓާ އެކައުންޓް ހަދާފައި ވަނީ ޖުލައި މަހުއެވެ.

ޓްވިޓާ އެކައުންޓާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެއީ އެހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ނަމުގައި ހަދާފައި ވަނީ ފޭކް އެކައުންޓެއް ކަމަށާއި އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާ ކަމަށެވެ.

ޑރ.ޕްރަދީޕް ކަޓްވާލްގެ ނަމުގައި ހަދާފައިވާ އެ ޓްވިޓާ އެކައުންޓުގައި އޭނާ އަކީ އިންޑިއާ އަށް ނިސްބަތްވާ ޑޮކްޓަރެއް ކަމަށް ބުނެފައިވީ ނަމަވެސް އޭނާ އަކީ ނޭޕަލަށް ނިސްބަތްވާ ޑޮކްޓަރެކެވެ.

ޑޮކްޓަރެއްގެ ނަމުގައި އިންޑިއާ އަށް ތާއިދުކޮށް އަދި ރާއްޖެއަށް ބަދުބަސް ރައްދުކުރަމުން ދާއިރު ރާއްޖޭގައި އިންޑިއާ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކަންތައްތައް ނުކުރެވޭ ކަމަށާއި ރާއްޖޭގެ ޕާކްތަކަށް އިންޑިއާ މީހުންނަށް ހިލޭ ވަދެވޭ ގޮތެއް ހަދަން ޖެހޭ ކަމަށް ބުނެ ވެސް އިންޑިއާ ބައެއް މީހުން މިހާރު ދަނީ ޓްވީޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙަަަސަނު

    ގުނބޯ ތަކެއް އުޅޭ ތަނެއް ތި އައްޑޫ އަކީ ސީރިއަސް އެއް ނޫން ވެވޭނީކީ

    14
    1
  2. ބަކުރުބެ

    އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކުން ރާއްޖޭ މީހުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭ ގޮތް ހަދާ އޭރުން ހިލޭ މިކޮޅުން ޕާކުތަކަށް ވަދެވޭނެ

    33
    1
  3. ާއަލީ ހަސަން

    އިންޑިއާމީހުން ދިވެހިރާއްޖެއިން ބޭރުކުރަން އެބަޖެހޭ، އިންޑިއާ އަކީ މުޅިދުނިޔެއައްވެސް ވައިރަސް އެއް

    35
    1
  4. ޛސޖ

    ތިމައްސަލަ ބަލަނީ ހޮސްޕިޓަލުންތަ.
    އެހެން ގައުމުތަކުގައި ތިކަހަލަ މައްސަލަ ބަލަނީ ފުލުހުން.

    26
    1
  5. ާރޯޑީ

    އަހަރެމެން އިންޑިއާ ޒުލަށް ޓްރިވެންޑްރަމް ޒުލަށްވެސް ވަދެވެނީ ލޯކަލް މީހުންނަށްވުރެ އެތައްގުނަ ބޮޑުކޮށް. ކަލޭމެންވެސް ފެއަރކޮށް ކުރޭ ފުރަތަމަ.

    25
    1
  6. މައްލި

    ތާޖްމަހަލް އައް ވަނުމަށް ކޮންމެ ބޭރުމީހަކައް 2000 ރުޕީސް ދައްކަންޖެހޭ

    22
  7. Anonymous

    ހަނދާން ނައްތާލާ. ކަލޭމެނައް ކުޅެވޭނީ ކަލޭމެން ދިނީމަ ކައިގެން ބޮއެގެން އުޅާ ލާދީނީ އމޑޕ މީހުނާ.

    24
    1
  8. ބައްޗާ

    ތިޔައީ ޑޮކްޓަރުގެ ދިފާއުގަ ކޮންމެހެން ހޮސްޕިޓަލުން ނެރެން ޖެހޭ ބަޔާނެއް ނޫން.

    21
    1
  9. ޙަސަންބެ

    ބަލަ މިއީ ދިވެހީންގެ ދިވެހިރާއްޖެ، މިއީ އެއްގޮތަކަށްވެސް އިންޑިއާ މީހުންގެ ތަނެއް ނޫން، އެމީހުން އެއްއިރެއްގަ މިތަނަށް ނުފޫޒުގަދަކޮށްފަ އުޅުނަސް، އަނެއްކާވެސް މި ފެންނަނީ އިންޑިއާގެ ނުފޫޒު މި ދިވެހިރާއްޖޭގަ ގަދަވަމުން އަންނަތަން، މިއީ ވަރަށްވެސް ދެރަވެއްޖެކަމެއް، އާދައިގެ ކަމެއް ނޫން މިއަކީ، އަހުރެމެން ހުރިހާ ދިވެހީން ކަންނެތްކަމާއި ވަރިހަމަކަމުން ހޭލާންވެއްޖެ، މިމީހުންގެ ނުބައި މިރޭވުމުންނާއި ނުފޫޒުން ސަލާމަތްވާން ގައުމުދެކެ ލޯބިވާ އެންމެން ތެދުވާންވެއްޖެ.

    21
    1
  10. ސސ

    ވެދާނެ މިއުޅޭ ވަގު ޖައްލާދުގެ ކަމައްވެސް

    13
  11. ރައްޔިތު

    ރާއްޖެމީހުނަށްވެސް އިންޑިޔާ ޕާކުތަކަށް ހިލޭ ވަދެވޭގޮތްހަދާބަލަ. ރަސްރަނި ހުޅުވާލައިފިނަމަ، ދިވެއްސަކަށް ތިތަނަކަށް ނުވަދެވޭނެ. އެއަށްވުރެ މާރީތި ހިތްގައިމުތަނެއް ތީ.

    18
  12. އުތުރު

    އިންޑިއާގެ މާނުރައްކާތެރި މައްސަލަތައް ރާއްޖެ
    އަށް ކުރިމަތިވާނެކަން އަޅުގޑުގެ ހިތުގައި ސައްކު
    ހިނގާ ކަމެއްނޫނެވެ އިންޑިއާކޮޅަށް މާބޮޑަށް ދީލާ
    ލުމުން ރާއްޖޭގެ މިސްރާބު މިވަނީ ގެއްލިފައެވެ
    ރާއްޖެ އަނބުރާ ސީދާ މިސްރާބަށް ގެނައުމަކީ
    ދެން ވަރަށް ދަތި ކަމަކަށްވާނެއެވެ.