ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ޖުޑިޝަރީ ކޮމެޓީއަށް ދޮގު މައުލޫމާތު ދެއްވާފައިވާކަން ހައިކޯޓުގެ ސިޓީއަކުން މިއަދު ހާމަވެއްޖެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ޕީޖީ ބިޝާމް ވިދާޅުވެފައި ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީ ބިޝާމް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމެޓީގެ މެންބަރު މޫސާ ސިރާޖު ރިލްވާން މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޖީ ވިދާޅުވީ އެ މައްސަލައިގައި ވާނީ އިސްތިއުނާފު ކުރުމުގެ ހުއްދައަަކަށް އެދިފައި ކަމަށެވެ.

"އެ މައްސަލައިގަ އަޅުގަނޑުމެން ވާނީ މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފަ. އެހެންވިޔަސް އެ މައްސަލަ އަކީ މިހާރު މަރުގެ ކޮމިޝަނުން، ޕްރެޒިޑެންޝަލް ކޮމިޝަނުން ވެސް ބައްލަވުމުން ގެންދަވާ މައްސަލައަކަށް ވާތީވެ އެއާ ގުޅިގެން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅުތައް ތަފާތުވެދާނެ ކަމަށްޓަކައި، ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ބިޝާމް ވިދާޅުވި އެވެ.

ނަމަވެސް އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވޭތޯ ސާފުކުރަން ރިލްވާން މަންމަ ހައިކޯޓުގައި ސިޓީއަކުން އެދުމުން އެކޯޓުން ވިދާޅުވީ އެމައްސަލަ އިސްތިއުނާފު ކޮށްފައި ނެތް ކަމަށެވެ.

"ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް މި ކޯޓުގެ ރެކޯޑްތަކުން ފެންނަ ނެތް" ހައިކޯޓުން ރިލްވާންގެ މަންމަ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ބިސާމް ވިދާޅެއްނުވެ ދެއްތޯ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދެލެއްވީ ކޮންފަރާތަކުންކަމެއް؟

  2. ކޮސް

    ކަލޭމެން ނޫޅޭނެ ހަގީގަތް ހޯދާކަށް. އެ ޓެރަރިސްޓް އަމަލަށް ރުހި ހިތްވަރު ދިނުން އެއީ ކަލޭމެން އެދޭނ ގޮތަކީ.

  3. އިނގޭތަ

    ކަލޭމެންނޫޅޭނެ ﷲއަށާ އެކަނލާގެ ރަސޫލާއަށް ފުރައްސާރަކުރާމިހުންނައް އެއްޗެއްބުނާކައް އަދި އައަދަބެއްދޭކަށް..ސަލާމް

  4. ކޮމިޝަން

    ޕީޖީ ވިދާޅެއްނުވެ އިސްތިޢުނާފްކުރިވާހަކައެއް އެކަމައްހުއްދައައްއެދުނުވާހަކަ ވިދާޅުވީ އެހެންވިޔަސް މަރުކޮސްމިޝަނުން މައްސަލަބަލަންޏާ އެމައްސަލަ ޕީޖީއައްއިސްތިއުނާފެއްނުކުރެވޭނެ އެކަންކުރާނީ ކޮމިޝަނުން އެއީ ޕީޖީވެސް އެއީ ތަޙުގީގީ އިދާރާއަކީވެސް އެއީ އުއްތަމަ ފަނޑިޔާރަކީވެސް