މާލޭގެ ކާނިވާ ސަރަހައްދަށް މިއަދު ހެނދުނުން ފެށިގެން އުދަ އަރަން ފަށައިފިއެވެ.

ފުލުހުން ވަނީ މާލެ އަށް އުދަ އަރަމުން ދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ދިޔަވަރު ބޮޑުވާ ދުވަސް ދުވަހު ކާނިވާ ސަރަހައްދަށް އުދަ އެރުމަކީ އާއްމު ކަމެކެވެ. އެކަން ހައްލު ކުރުމަށް އެސަރަހައްދުގެ ތޮށިގަނޑު އިތުރަށް އުސްކުރަން މިދިޔަ އަހަރު އެމްޓީސީސީ އާއި ހަވާލު ކުރިއެވެ. ނަަމަވެސް ސަރުކާރު ބަދަލުވުމުން އެމަސައްކަތް ވަނީ މަޑުޖެހިފައެވެ.

މިއަދު މާލެއަށް އުދަ އަރަން ފަށާފައި ވާއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އޮތީ ވިދާޅުވެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދާއި މާދަމާ ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 12 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމައި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކްރިސް

    ސިޓީކައުންސިލުން ބުނީ ތީ ޔާމީނުގެ މައްސަލއެއްކަމަށް.

    13
    3
    • Anonymous

      ތި ސިޓީކައުންސިލް އަކީ ޖެހިފަ އޮތް މުޞީބާތެއް.

      • މޮޔައެނޮނިމަސް

        ކަލޭ ކިތަންމެ ކަން ބޮޑު ވިަޔަސް ވަގު ކަލޭގެ ދެން ނާންނާނެ

  2. އަހޫ

    އެސަރުކާރުން 5 އަހަރުތެރޭ ނުކުރީ ކީއްވެ

    5
    15
  3. ސީޑީ

    ހިނަގަން ފަށާފަހުރި ޕްރޮޖެކްޓްތަކާއި، ކުންފުނިތަކާއި ހަވާލުކޮށްފަހުރި ޕްރޮޖެކްޓްތައް ހުއްޓުވީ ކޮންބައެއްބާ؟ ތިމާމެންނަށް އަމިއްލަ ފާއިދާއެއްނުލިބޭ އެއްވެސްކަމެއް ކުރުމަކީ މިސަރުކާރަށް ވާނެކަމެއްނޫން ދެއްތޯ...ލާރި ލާރި ލާރި މަޖީބަށް ލާރި..... ރައްޔަތުން ބައިތިއްބާނީ ގުނބޯ ހައްދާފަ...

    8
    1
  4. ޟ

    ބަލަ އެމް ޑީ ޕީ ގެ ތިން އަހަރު ނުކުރީ ކީއްވެ. ޢެތަން ހިމާޔައް ކުރަން އެމް ޓީ ސީ ސީ އާއި އެކު ވި އެއްބަސް ވުމުގެ ދަށުން މަސައްކަތް ކުޜާ ތަން ނުފެނޭތަ. ޢެއް ބަސް ވުން ހެދީ ޔާމިނު ސަރުކާަރުން