އުފަންވާތަނުން މަރުވާ ކުދިންގެ އަދަދު ރާއްޖޭގައި އާދަޔާއި ހިލާފަށް އިތުރުވަމުން އަންނަ ކަމަށް ލަފާކުރެވެން ފަށައިފިއެވެ. މަރުވާ ތުއްތު ކުދިންގެ ރަސްމީ އަދަދުތައް ސަރުކާރުން ދުވަހުން ދުވަހަށް އިއުލާން ކުރަމުން ނުގެންދިޔަ ނަމަވެސް ކަށުނަމާދުގެ މައުލޫމާތުތައް ފޯރުކޮށްދޭ އޮންލައިން ޕޭޖްތަކުން ލިބެން ހުރި މައުލޫމާތައް ބަލާއިރު ތުއްތު ކުދިން މަރުވާ އަދަދު ރާއްޖޭގައި ވަނީ އިތުރުވެފައެވެ.

"ކަށުނަމާދުއެމްވީ" އިން ލިބެން ހުރި މައުލޫމާތައް ބަލާއިރު އުމުރުން އެންމެ ދުވަހެއް ވެސް ނުވާ ހަތް ކުއްޖަކު މިމަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ވެސް ވަނީ ނިޔާވެފައެވެ. މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް މަރުވި ތުއްތު ކުދިންގެ އަދަދު 22 އަށް އަރައެވެ. އޭގެ ތެރޭގައި އެއްމާބަނޑު ދެކުދިން ވެސް މަރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

ޕޭޖްގައި ހުރި މައުލޫމާތުތަކަކީ ހަމައެކަނި މާލޭގައި މަރުވާ ކުދިންގެ މައުލޫމާތުތައް ކަމަށްވާތީ މިއަހަރު ރާއްޖޭގައި މަރުވި ތުއްތު ކުދިންގެ އަދަދު އަދި ވަރަށް ބޮޑަށް އިތުރުވެފައި ވުން ވެސް އެކަށީގެންވެއެވެ.

އުފަންވާތަނުން މަރުވާ ކުދިންނާއި އުފަންވާއިރު މަރުވެފައިވާ ކުދިންގެ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކެއް ސަރުކާރުން އިއުލާން ކޮށްފައެއް ނުވެއެވެ. އެންމެފަހުން ސަރުކާރުން އާއްމުކޮށްފައި ވަނީ 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކެވެ.

އެހިސާބުތައް ދައްކާ ގޮތުގައި 2015 ވަނަ އަހަރު މަރުވެފައި ވަނީ 47 ކުދިންނެވެ. 2016 ވަނަ އަހަރު އެއަދަދު ވަނީ 41 އަށް މަދުވެފައެވެ. 2015 ވަނަ އަހަރު މާލޭގައި 20 ކުދިން މަރުވިއިރު 2016 ވަނަ އަހަރު މާލޭގައި މަރުވީ 15 ކުދިންނެވެ.

ފާއިތުވި ތިން މަހެއްހާ ދުވަސް ތެރޭގައި ހަމައެކަނި މާލެ އިން 22 ކުދިން މަރުވެފައި ވާއިރު މިއީ އެވްރެޖްކޮށް މަހަކު ގާތްގަނޑަކަށް ހަތް ކުދިންނެވެ. އެހެންކަމުން އަހަރު ދުވަސް ތެރޭގައި ޖުމްލަ 87 ކުދިން ހަމައެކަނި މާލެ އިން މަރުވުން އެކަށީގެންވާ ކަމަށް މިހާރު ފެންނަން ހުރި ތަފާސް ހިސާބުން ލަފާކުރެވެއެވެ. އެހެންކަމުން އެއީ އެންމެ ފަހުން ތަފާސް ހިސާބުތައް އާއްމު ކުރި ދެއަހަރު މުޅި ރާއްޖެ އިން މަރުވެފައިވާ ކުދިންނަށް ވުރެ ވެސް އިތުރު އަދަދެކެވެ.

މާލޭގައި ދެތިން މަސް ދުވަސް ތެރޭގައި މަރުވެފައިވާ ކުދިން މަރުވެފައި ވަނީ ކޮން ހޮސްޕިޓަލްތަކެއްގައި ކަން އެނގެން ނެތުމުން މިކަމާއި ގުޅިގެން ހޮސްޕިޓަލެއްގެ ބަހެއް ވަނީ ނުލިބިއެވެ.

ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވުން އިތުރުވެފައި ވީނަމަވެސް ހެލްތު މިނިސްޓްރީން އަދި މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ތުއްތު ކުދިން މަރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހަކަށް އައިސް ގިނަ އަދަދެއްގެ ތެލެސީމިއާ ބަލި މީހުން މަރުވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ތިޔައީ ކުރީ ސަރުކާރުން ކަންތައްތައް ކުރި ގޮތުން ދިމާވެގެން އުޅޭ މައްސަލަ ތަކެއް!! ޔާމީނު ހައްޔަރުކުރޭ!!

    5
    49
    • ގުލް

      ޔުއަރ ސަރކާސްޓިކް

      9
      1
    • ޢަލީ

      ހާދަދެރައޭ..މަރަކީ ޤުދުރަތީކަމެއްކަން އެންމެންވެސް ގަބޫލުކުރާނެ..އެކަމަކުވެސް ކުއްޖާއަށް ދިމާވީ ކޮންކަހަކަ ކަމެއްތޯ ބަލާއެކަމެއް އާއިލާޔާވެސް ހިއްސާކުރެވެން ވާނެ..ބަނޑުބޮޑުއިރުގެ ކަމެއްތޯ؟ މައިންބަފައިންގެ ފަރުވާކުޑަކަމުން ނޫނީ އެމީހުންގެ އިހުމާލުންތޯ..ގަބޫލު ކުރަން މަސްތުވާ ތަކެތި އަދި ހަށިވިއްކުމުގެ ވިޔަފާރީގަ އުޅޭމީހުންވެސް ހަމަވިހާފާނެ އެހެންވީމަ އެމީހުނަކީ ދަރިންނަށް ރަހުމެއްނެތް ބަޔަކަށް ވެދާނެ..އެހެންވީމަ އެކަހަލަ ގޮތަކުން މަރުވެދާނެކުދިން ކަމުގައިވެސް ވެދާނެ..އެކަމަކު ރައްޔިތުން ހާއްސަކޮށް މާބަނޑުމީހުން މިހާރުތިބޭނީ ވަރަށް ބޮޑުބިރުވެރުކަމެއްގެ ތެރޭގައިކަން ޔަޤީން.. ރައްޔިތުންނަށް މިވާނުވާ ހާމަކޮއްދިނުމަކީ މަގާމުގައިތިބި ކޮއްމެމީހެއްގެ ވެސް ވާޖިބަކަށް ވާނެކަންޔަގީން..ކޮއްމެ މީހަކަށް ރާއްޖެއިން ބޭރަށް ވިހާކަށް ނުދެވޭނެ ޓްރީޓޮޕަކަށްވެސް ނުދެވޭނެ..ހަގީގަތް ހާމަކޮއްދިނުމަށް ހެލްތު މިނިސްޓްރީއަށް ގޮވާލަން..

      15
    • އުގޫފާރު މީހާ

      މީހުންނާއި ތުއްތު ކުދިންގެ މަރާއި ޔާމީން އަކާއި ގުޅުމެއްނުވޭ. ކަންތައްތް ސިޔާސީ ނުކޮންބަލަ. ފިތުނަ ފަސާދަ އުފެދުން ފިޔަވާ އިތުރު ކަމެއް ނުވާނެ.

  2. ޙަސަން

    މި ފެންނަނީ ޔަހޫދީ އަދި ހިންދޫންގެ މަކަރުވެރި ރޭވުން މުސްލިމް އާބާދީ މަދުކުރުން ، މީ ޙަޤީޤަތަކީ ރީނދޫ ހުންޖެހިފަތިބި މީހުންނަކަށް ރަނގަޅަކަށް ނުފެންނާނެ އެމީހުން ބަލާނީ އެއް ލޮލުން ދައްޖާލު ބަލާނީ އެއް ލޮލުން އެކަލޭގެ ގެ އެންމެ އަރިސް ބައިގަނޑަކީ ޔަހޫދީންނާއި ސިހުރުހާޙުރައިގެ ހިންދޫން - ވަﷲ އަޢުލަމް -

    51
    2
  3. މަރީ

    އަހަރެން ވިހެއީ އައިޖީއެމްގަ... ކިރިޔާ ބޭބީ ސަލާމަތްވީ.... ލޭބާރގަ ތިބޭ ނަރުހުން ވ. ފަރުވާކުޑަ ...

    12
    • ޢަލީ

      ދެލޯފުޅާ ތީހަމަތެދެއް..އަހަރުންގޭވެސް ދެކުދިން މިފަހުންވިހައިފި އެތާނގަ އެކަކުގެ ދަރިވިހައިގެން ރޯންފެއްޓިއިރުވެސް އެކަކުވެސް ނެތްކައިރީގަ އެންމެންތިބީ ސަރުކާރު ކޮއްމެވެސް މީހެއްގެ އާއިލީ މީހަކުބަނޑުގަ ރިއްސާތީވެ އޭނަކައިރީގަޔޯ މަންމަފަކީރު އެކަނިއޮވެވިހާ އިރައިގެންގޮސް ދެބައިއެއްވިއިރުވެސް އަޅާނުލާ އަނެއްދުވަހު ފޮނުވާލީގެއަށް..ބޭސްއަޅާނުދޭ އަލަތު ދަރިފުޅު ބުއްކޮޅެއްނުދެވޭ އެކަމުވެސް ފޮނުވާލީގެއަށް..ދަރިފުޅު 24ގަޑިއިރުވެގެން ގެއަށް ފޮނުވާލިއިރުވެސް ބުއްފުޅިދޭކައް ނުބުނެ ނުދޭ ބުއްނުދެވޭ މަންމައަށް ފުރަސްފައިބައިގެން އިށީންދެނީދެވެ..އެކަމުވެސް ފޮނުވާލީގެއަށް މީހާލަތު މިދިޔަރޯދަމަހުގެ ވާހަކަމިކިޔާދިނީ...ފަރުވާކުޑަކަމުގެ އިންތިހާ...ނަރުހުންވެސް މީހުނަށް ކަމޭނުހިތެންޏާ ކޮއްމެހެން އެވަޒީފާހިޔާރު ކުރާކަށްނުޖެހެ..ދެރަލިބެނީ ނިކަމެތި ރއްޔިތުންނަށް

      6
      1
  4. ގަންޖާ ރާއްޖެ

    ރާއްޖެ މިދަނީ އެއްދުވަހުން އަނެއްދުވަހަށް ފަހަތައް.

    25
  5. ާަަަަާއުފާ

    ޓެކްސީ ގެ އަގު ކުޑަކުރުމުން ރައްޔިތުން މިތިބީ އުފަލުން. އަމީން މިިނިސްޓަރ ރައްޔިތުން ނާ ތަޅަން ތައްޔާރު ތޯ.

    8
    2
  6. ޞަޙީފާ

    ތިޔައީ ރައީސް ޔާމީންގެ ކަމެއްކަމަށް އަމީނު ބުނާނީ!

    16
    1
  7. ޢަޙްމަދު

    ސުރުޙީއަކަށް ލިޔަންވީ މިސަރުކާރު އައިފަހުން މަރުވާ ތުއްތުކުދިންގެ އަދަދު އިތުރުވި ވާހަކަ

    32
  8. ޕސޓ

    މިކަންކަމަކީ ކުރީގެ އަދި މިހާރުގެ ވެސް ސަރުކާރަށް ކަނޑާލެވޭނެ ކަންކަމެއް ނޫން.. ރައްޔިތުން ވެސް ހޭލުންތެރި ވާންވީ

    8
    4
  9. ވެކްސިން

    އަދިވެސް ގިނައިން ވެކްސިން ދީ

    3
    1
    • ވެކްސިން 2.0

      ވެކްސިންއަކީ ކޮންމެހެން ދޭންޖެހޭ އެއްޗެއް. ޅަފަތުގައި ކުދިން މަރުވަނީ ވެކްސިން ނުޖަހާތީއާއި ކުއްޖާއަށް އުމުރާއި ނުގުޅޭ ކާއެއްޗެހި ދިނުމާއި، ބެލެނިވެރިންގެ އިހުމާލުންނާއި ހޮސްޕިޓަލުގެ އިހުމާލުންނާއި ގުދުރަތީގޮތުން ދިމާވާ ބައްޔެއްގެ ސަބަބުން (ޑީއެންއޭގައި ހުންނަ އުނިކަންތައް، ވިހާއިރު ދިމާވާ ކަންތަކުން ލިބޭ އުނިކަން، ދުވަސް ނުފުރާ ވިހެއުން). މިހާރުވެސް ރާއްޖޭގައި އަގުހެޔޮކޮށް އެބޯޓުކުރެވޭ ކިލިނިކް އަޅަބަލަ، ފެންނާނެ ބައެއްމީހުން ދަރިން ލިބޭތީ ނަފުރަތު ކުރާވަރު.

  10. ޒަބާދުކުޑޭ

    މިސަރުކާރު އައިފަހުން ސިއްހީހާލަތު ތިޔަދަނީ ބޮޑުތަނުން ކުރިއަށް.

    5
    8
  11. އެޑްވަޑް ބާމުންޑޭ.

    ކުރީ ސަރުކާރުގެ ކަމެއްނޫންބާ؟

  12. ހުސޭނުބޭ

    ހެލްތު މިނިސްޓަރަށް ހުރީ އިޙްމާލް ކިޔާ ނުރައްކާތެރި ބައްޔެއްޖެހިފައި! ޔާމީނު ސަރުކާރުގައި މިނިސްޓަރުކަން ދިނުމުން އޭނާގެ ކިބައިން އެ ބަލި ފެނިގެން ކެބިނެޓުން ބޭރުކޮށްލީ! ތާކު ގަމާރެއްހުރިއްޔާ...... ތާކު ފެއިލްވެފައި ހުރި ބީތާއެއް ހުރިއްޔާ ...... ތާކު ކަރަޕްޓް މީހަކު ހުރިއްޔާ މި ސަރުކާރުގެ ކޮންމެވެސް ބޮޑު މަޤާމެއް ދީފައި ހުންނާނެ ބަހައްޓާފައި!

    8
    2