އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.
އަނިޔާ ލިބުނު މީހާގެ ދަރިއަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ބައްޕަ އަށް ފުލުހުން އަނިޔާ ކުރީ މިދިޔަ އަންގާރަ ވިލޭރޭގައި ކަމަށެވެ. މަސްވެރިންގެ ޕާކްގައި އޭނާ އިންދާ ފުލުހުންތަކެއް އައިސް އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ދިޔަ ކަމަށް އޭނާގެ ދަރިފުޅު ލިޔެފައި ވެއެވެ.
ފުލުހުން އޭނާ ވެހިކަލަށް އަރުވައިގެން ގެންދިޔައީ އެއްވެސް ކޯޓު އަމުރެއް ނުދައްކާ ކަމަށް ވެސް ބައްޕަ އާއި ހަވާލާދީ ދަރިފުޅު ބުނެއެވެ.
"އެތަނުން އެއް ފުލުހަކު (ބައްޕަގެ) ކަންކަށިމަތީގައި ޖަހާފައި ބުނީ ސައިކަލް ވަގަށް ނެގުމުގެ 65 މައްސަލައެއް އެބައޮތް ކަމަށާއި އެހުރިހާ ސައިކަލެއް ވެސް ވަގަށް ނެގީ ބައްޕަ ކަމަށެވެ." ދަރިފުޅު ލިޔެފައި ވެއެވެ.
އަނިޔާ ލިބުނު މީހާގެ ދަރިފުޅު ބުނީ އޭނާގެ ބައްޕަ ގެންދިޔައީ ގަލޮޅު ވިލީ ފުލުހަށް ކަމަށާއި އެތަނުގެ ތެރޭގައި ފުލުހުން އޭނާގެ ބައްޕައަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ ބައްޕަގެ ޖިންސީ ގުނަވަނުގައި ވެސް ޖަހާފައި ކަމަށް ދަރިފުޅު ބުންޏެވެ.
"އެޝިފްޓްގައި ޑިއުޓީގައި ތިބި ދެ އަންހެން ފުލުހުން ފިޔަވައި އެހެން ހުރިހާ ފުލުހުން ބައްޕައަށް އަނިޔާ ކުރިއެވެ. ބައްޕަ ގެއަށް އައީ އެރޭ 23:30 ހާއިރުއެވެ." ދަރިފުޅު ލިޔެފައި ވެއެވެ.
ދަރިފުޅު ބުނީ ފުލުހުން އޭނާގެ ބައްޕަގެ ފޯން ވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
@VaguthuOnline @avasmv @raajjemv @ahmed_nihan @ibusolih @hrcmv pic.twitter.com/gadg8iwEBd
— jareema raajje (@RaajjeJareema) August 9, 2019
މީގެ މަހެއްހާ ދުވަސް ކުރިން ވެސް ފުލުހުން މާލޭގެ ގެއެއްގެ ތެރެއިން މީހަކަށް އަނިޔާކުރި މައްސަލައެއް ހޫނުވެފައިވެއެވެ. އެމައްސަލަ އަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނީ ފުލުހުން އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވުމުންނެވެ.
ގަލޮޅު ޕޮލިހުން މީހުންނަށް ވަރަށް އަނިޔާ ކުރޭ.. ކަމިޝަނަރ މިކަން ބައްލަވާ ދެއްވާ.. އަނިޔާ ކުރަނީ އެތާގެ ވެރިންނަށްވެސް އެނގި އެމީހުންގެ އެއްބާރުލުމާއި އެކު.. ކުދި ކުދި ކަންތަކު އެތަނަށް ގެންދާ މީހުން ގައިގަ ވަރަށް ތަޅާފަ އެބަހުރި..
މިސަރުކާރުން އައި ފަހުން މިރާއްޖޭގެ ފުލުހުންގެ ކަންތައް މާއަން ޕްރޮފެޝަނަލް ވެއްޖެ. ރައްޔިތުންނަށް މުޅިން ދޮގު ހަދާ އޮޅުވާލައިގެން އައި ސަރުކާރެއް.
ވަރަށް ގަބޫލުނުކުރެވޭ ވާހަކައެއް މަސްވެރިންގެ ޕާރކް ތެރޭގައި ގިނަވާނީ ޒޮންބީ
ފުލުހުން ތަޅާނީ ތަޅަންޖެހޭ ހިސާބައް ދިޔައީމަ. ތަނެއްގަ މީހަކު ހުއްޓަގޮސް ނުތަޅާނެ. އެމީހާގެ ސަބަބުން ޢާއްމު ކިތައް ރައްޔިތުންގެ އަގުބޮޑު މުދާތޯ ހަލާކުވަނީ. ބުރަ މަސައްކަތުން ލޭ،ދާ އޮހޮރުވައިގެން ހޯދާ މުދަލައް އެމީހާ ދޭ ގެއްލުން ކޮބާ؟ ގާނޫނު އޮތީ ނުކުޅެދިފަ އެކަހަލަ މީހުންނައް އަދަބުދިނުމަށް. އެހެންވީމަ އެހަދަނީ ހަމަ ރަނގަޅައް. އެފްބީގަ ލިޔެވިދާނެ ކޮންމެ އެއްޗެއްވެސް. ހައްގަކާނުލާ އެ އުމުރުގެ މީހެއްގެ ގައިގައި ފުލުހުން ނުތަޅާނެ. އެއުމުރުގެ މީހުންވެސް އުޅެންވާނި އެއުމުރުގެ މީހުން އުޅޭ ގޮތައް.
ތި އިގޭ ނީ ކަލޭ ގެ ބަފާ ފުޑާ ލީމަ އެމީހުން
އަހަންނަކަށް ނޭނގޭ ތީގެ ހގީގަތެއް. އެމީހާ އެކަން ކުރި ކަމުވައި ވިޔަސް ނުވިޔަސް ފުލުހުންނަކަށް އެމީހާގެ ގައިގާ ނުތެޅޭނެެ.
ފުލުހުންނެއް ނޫން އެމީހާ ކުއްވެރިތޯ ނިންމާނީ. ހާކިމުންނާއި ތަންފީޒުކުރާ މީހުން ތިބެނީ ކަމަކު. ތިޔަހެންވިއްޔާ މީހަކު ކަމެއް ކުރާއިރަށް ރަށު އެއްމެން ނިކުމެ ތަޅަން ވީއެއްނު.
އިސްލާމް ދީނުގައި އޮންނަނީ ތިޔަހެނެއްނޫން...
ދީނުގަވަނީ އަތްކަނޑަން، ދެންބުނޭ ލާއިންސާނީ އޭ
ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ތަޅާކަށެއް ނުޖެހޭނެ. ޕޮލިހުންނަކަށް މީހުން ގައިގައި ތެޅުމުގެ ހައްގެއް ލިބިގެންނުވޭ. އެއީ ޕޮލިހުން އަމިއްލަޔަށް ޕޮލިހުން ގެންގުޅޭ ކަމެއް.އެއްވެސް ގާނުނަކު ނޯންނާނެ މީހުން ގައިގައި ތެޅުމުގެ ހައްގެއް. ވަރަށް ސާފު.
އަރުވާލިވަރު ކުޑައީ ދެއަތް ބުރިކޮއްލިނަމަ އޭރުން މީހުންގެ އަގު ބޮޑު މުދަލުގަ އަތެއް ނުލެވޭނެންނު
ހަމަ ބަރާބަރު. ޓްރަމްޕުގެ ހަގުރާމައާ ފިލިޕޫނޯ ރައީސް ނަމޫނާއަކަށް ބަލަން ޖެހޭ...ހަމަ ވުޖޫދުން ފުހެލާ
މަސްވެރިންގެ ޕާރކް ތެރޭގައި ގިނަވާނީ އޮރިޔައް ދަމާފަ ހުރިއެއްޗެހި
ރައްޔިތުން ނިކުމެ ތަޅާލިޔަސް ބުނާނީތިހިން ދޯ ފުރަތަމަ ޕައްޕަ އިސްލާހު ކުރެވޭތޯ ބަލާބަލަ ދަރިވެސް ހަކުރުބޮނީ ކަންނޭންގެ
ބައްޕަ ވަރިހަމަދޯ އެހެން މީހުން އަގުބޮޑުކޮށް ގަނެފަ ހުންނަ ސައިކަލްތައް ވަގަށްނަގަމުން ދުވިޔަސް. 65 ސައިކަލް ވަގަށް ނަގާއިރު ނަސީބެއްނު ސައިކަލްތަކުގެ ވެރިން ނިކުމެ ބައްޕަ ހަވަރަށް ނުދިންކަން
މިކަން ކުރި ފުލުހި ް ވަކިވަކިން ހޯދަން ޖެހޭނީ ހުރިހާފުލުހުން ގޯސްކަމައް ހީކޮށް އެންމެން ނައް ފުރއްސާރަ ކުރުން ރަނގަޅެއްނޫން ކަންފާހަނގަ ކުރަން އަދި އެވަގުތު ޝިފްޓް ގައި ތިބި މަމިހުންގެ ލިސްޓެއް ހާމަކުރުމައް ގޮވާލަން އޭރުން ވަކިވަކިން ފިޔަވަޅުއަޅަން ފަސޭހަވާނެ
ކަލޭ އަމިއްލަ ނަމާ ފޮޓޯ ޖަހާބަލަ
މިއީ އަބަދުވެސް އަނިޔާކުރާ ސެލް އެއްކަމަށް ގެންދާކުދިން ކިޔާ، ބަލަ ރ.އިބޫ ދައްކަވަނީ ޖަޒީރާގެ ވާހަކަ ވިދާޅުނުވެއްނުން އަނިޔާ ނުކުރާނަމޭ... ފުލުހުންގާގަވެސް ތެޅީމަ އެމީހާއަށް ދިނީ ސިޔާސީ މަތީ މަގާމެއް. ފުލުހުންނޭ ރައްޔިތުންގާގަ ނުތަޅާތި، ތިބޭފުޅުންގެ މަސްއޫލިއްޔަތަކީ ޤާނޫނީ ވާޖިބު އަދާކުރުން. ތިބޭފުޅުން ތަޅަންފަށާއިފިނަމަ ޤައުމުގރ އަމާންކަން ގެއްލިދާނެ.....
ބޮޑުމާސިންގާ ސޭކެއްގެ ބެލުމުގެދަށުގަ ތިބޭބަޔަކު އިންސާނުންނަކައް އަނިޔާއެއްނުރާނެ އެހެންނޫނަސް މިސަރުކާރަކީ އަނިޔާވެރިކަކަންހުއްޓވަން ްއައިސްތިބިވަރައްސޯލިހު ވެރިޔަކުހުރިސަރުކާރެއް ތިވާނީބައްޕަގައިގަ ލޯބިންފިފުމާލީކަމައް
މިއީ ބައްޕަގެވެސް ވޯޓާއެކު އައި ސަރުކާރެއް! ބާރަށް އަތްޖަހާ
???
ކީއްކުރަން ވައްކަން ކުރަން ގޮސް އޮތީ؟
ރީނދޫ ޕަޕެޓުންގެ އުޞޫލުތައް ހުންނާނީ ހަމައެގޮތަށް. ތިއޮތީ ކަލޭމެން އެންމެންވެގެން ހެޔޮ ވެރިކަން ގެނެއްސައެއްނު؟ ދެން ބާރަށް އަތްޖަހާ...??
މިހާރު އޮތީ ސޯލިޙުގެ ވެރިކަން. ވަރަށް ސޯލިޙު ވާނެ.
އިނެސެންޓެ އައްޕަ.... ބޮޑުވަގު
ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ
ތިޔަވަރު ބޮޑު ވަގެއް ކީއްވެ ބާ ހައްޔަރު ނުކުރީ .ކޮންމެ މީހެއްގެ ބައްޕަ އައް މިކަން ދިމާވިނަމަ ވެސް އެވާހަކަ ދައްކާނެ
ކޮމެންޓް ކުރާ މީހުން އެއްފަހަރުވެސް ވިސްނާލިން ތަ ހަމަޔެއް ލަމަޔެއް ނެތި އިންސާނީ ކަރާމާތް ފުލުހުން ނަގާލުން ރަނގަޅުނޫން ކަމަށް.
ޥަގަކަު ވައްކަން ކުރީމާ ދޭންޖެހޭ އަދަބު ދޭންވީ. ޢެކަމަކު އެއީ ފުލުހުންދޭ އަދަބަކަށްވެގެންނުވާނެ.
އަނިޔާކުރަން އެހެން މީހުންނަށްވެސް އެނގޭ ! ހަމަ އަނިޔާކޮށްލަން ފުރުސަތުވެސް ލިބޭ. އަނގައިން ބަހެއް ބޭރުވާއިރަށް ދުނިޔެ އުމުރު އެ ވޭނުގައި އެމީހަކު އުޅޭންޖެހޭ ވަރަށް އަނިޔާ ކުރަން ނުޖެހޭ.. ގޭންގް މީހެއްގައިގަ ނުކެރޭނެ ޖަހާކަށް އޭރުން ލޯބި ލޯބި އަނބި މީހާއާއި ދަރިން މަތިން މިސްވޭ. މީ ވާވަރު.
ޙައިރާނުން ބައިނާޅި ކައްކަބަލަ އަދިވެސް ދިވެހިރައްޔިތުން މިސަރުކާރު ހަމަމަގައް އަޅުވާކައް ނުވޭތަ؟ މިހާރު ފުލުހުންގެ އިދާރާގަ ތިބީ ފުލުހުންނެ ނޫން ފުލުހުންގެ ޔުނީފޯމް އަޅުވާފަ ފޮނުވަނީ ބޮޑެތި މުޖުުރިމުން މިސަރުކާރުގަ ތިބީވެސް ޓެރެރިސްްޓުން ޖަލުގެ ގޮޅިތަކުގަ ކަސްތޮޅު އަޅުވާފަ ތިބި މުނާފިގުން
ބައްޕަ ހެސްކިޔާފަ ވާނުވާ ނޭނގޭ ވަރަށް ހަކުރު ބޯލައިގެން ގޮސް ދަރިފުޅު ކައިރީ މޮޅު ސްޓޯރީއެއް ޖެއްސީމާ ދަރުފުޅު ބޯލާއިގެން އިންވަރުން ވާނުވާނޭނގިގެން އެފްބީއަށް ސްޓޯރީ ކިޔާދިނީ... މިއީ ފުލުހުންގެ ބަހަކީ
ތެޅިވަރު މަދު ކޮމެންޓްތަކަށް ބަލާފަ މިހެން މިބުނީ
ތިބުނާ ޕޮލިހުންތަކެއް އެތަނުގައ ތިބެގެން ކުރާ ހަަމައެކަނި ކަމަކީ ފާޑެއްގެ ހަޓެއް ހަދައިގެން އެތާތިބެ ސިގިރޭޓް ބުއިމާއި ބުޅަލަށް ކާންދިނުމާއި ޕަބްޖީ ކުޅުން. މާލޭ ސިޓީކައުންސިލުން ހުއްދަ ލިބިގެންތޯ މިބައިގަނޑު އެތަނުގަ ގެ އެޅީ؟ ތިބައިގަނޑު ކުރާނެ ކަމެއް ނެތިގެން ތިވަރު ކަމެއް ކޮށްފާނެ. ރައްޔިތުންނާއި މުޢާމަލާތް ކުރާއިރު ބައެއްފަަރު ފަހަރު ހިތައް އަރާ މީތޯ ހަމަ ފުލުހުންގެ ދަރަޖައަކީ. އެންމެނެއް ނޫން. އެކަމަކު ގިނައީ މިކަހަލަ ބައިގަނޑު.
ގޭގައޮތްނަމަކާ ނުޖަހާނެދޯ
ޕީޕީ ވިސްނުން
މި ފަހުން މާލޭގެ ގިނަ ފޭރުންތަކުގަ އުޅެނީ އެސޮރު ގަލޮޅު ޕޮލިހުން ވީޑިއޯފޮޓޭޖާ އެއްޗޮހި އާމުކޮއްފަ ރައްޔަތުންނައް މީ ކިހާވަރެއްގެ މީހެއްކަން ބުނެދިނުން ބުއްދިވެރި
ތި މާމީހާގެ އަގުބޮޑު މުދާ ވަގަށް ނެގީމަ އިގޭނީ އެ މީހަކާދޭތެރޭ ކަންކަން ކުރަންވީ ގޮތް
މަށައް އަނިޔާ ކުރިނަމަ ހޭޢަރުވާލީމުސް.......
ފުލުހުން އަނިޔާ ކުރޭ، އަދި ވަކިން ޚާއްސަކޮށް މި ކިނބޫ ވެރިކަން ފެށުނުފަހުން ފުލުހުންގެ ދަތްތައްވެސް ވަކިން ދިގުވެފަ، ހަފާ ކާ އެއްޗެހި ގިނަ، ފުލުހުން މިހާރު ދަތުރު ކުރަމުން އެދަނީ 2012 ގެ ހަނދާން ތަކާދިމާލަށް، ވިސްނުން ތެރިކަމާއެކު މި ކިނބުލުގެ ދަތްތައް އުފުރާލަން،