ގއ. ގެމަނަފުށީގައި ލޯންޗެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ފިހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ލޯންޗުގެ ބެޓަރީ ބަދަލު ކުރުމުގެ ތެރޭގައި ބެޓަރީ ގޮވުމުންނެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގާފައި ވަނީ ފަޅުގައި އޮތް ލޯންޗެއްގައި މަސައްކަތް ކުރަމުންދަނިކޮށް ބެޓަރީއެއް ގޮވައިގެން ކަމަށާއި، މި ހާދިސާގައިި އަނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.