ޝަންގްރިއްލާ ރިސޯޓް ކައިރި މޫދަށް ކުޑަ ފްލައިޓެއް ވެއްޓިއްޖެއެވެ.

ވެއްޓިފައި ވަނީ އައްޑޫ ފްލައިިންގ ސްކޫލްގެ ފްލަައިޓެކެވެ. އެ ބޯޓު ވެއްޓުނީ އެ ރިސޯޓުގެ ވޯޓާ ވިލާއަކާއި ދިމާލުން ބޭރަށެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބޯޓު ވެއްޓުނު އިރު ދެ މީހަކު ފްލައިޓްގައި ތިއްބެވެ. އެއީ ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރަކާއި އޭނާގެ އިންސްޓްރަކްޓަރެވެ. އެނގިފައިވާގޮތުގައި، އެ ފްލައިޓް ދުއްވަން އިނީ ދިވެހި ދަރިވަރެކެވެ. އޭނާގެ އިންސްރަކްޓަރަކީ އިންޑިއާ މީހެކެވެ.

މި ދެ މީހުންވެސް ސަލާމަތްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ބޯޓު ވެއްޓުމާއެކު އެ މީހުން ސަލާމަތްކުރީ ޝަންރިއްލާ ރިސޯޓުގެ ޑައިވިންގ ދޯންޏަކުންނެވެ. އެ މީހުން މިހާރު ވަނީ ޝަންގރިއްލާ ރިސޯޓަށް ގެންދެވިފައެވެ.

އެނގިފައިވާގޮތުން ފްލައިޓް ވެއްޓިފައި ވަނީ އިންޖީން ފެއިލްވުމުގެ ސަބަބުންނެވެ. މި ފްލެއިޓް ވެއްޓުމާއެކު ގޮސްފައި ވަނީ އަޑިއަށެވެ.

މި ހާދިސާގައި ސަލާމަތްވި ދެ މީހުންނަށް އަނިޔާއެއްވެފައި ނުވާކަމަށް މައުލޫމާތު ލިބެެއެވެ. ދެ މީހުންނަށްވެސް ދަނީ ޝަންގްރިއްލާ ރިސޯޓުގެ ކްލިނިކްގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފިރިންގެ ޚިޔާލް

    މިދެމީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ހުޑިޔާރު ޓީމަށް ހެޔޮހިތުން ޝުކުރިެްޔާ، ތިދެއްކެވީ އިންސާނިއްޔެއްތެރިކަމުގެ ރީތި ނަމޫނާ....

    46
    1
    • ޢާދެ

      އަސްކަރީ ފްލައިޓްތަށް އެންމެ ގިނައިން ވެއްޓުނު ރިކޯޑް ވެސް އޮތީ އިންޑިއާ އަތުގަ. އިންޑިއާގެ އިންސްޓްރަކްޓަރެއް ހުރުމުން މި އޮތީ ރާއްޖޭގަވެސް އިންޖީން ފެއިލްވެ ވެއްޓުނު ފުރަތަމަ މަތިންދާ ބޯޓުގެ ރެކޯޑް އިންޑިއާގެ އިންސްޓްރަކަޓަރަށް ލިބިފަ. އިންޖީން ފެއިލް ވުމަކީ އިންސްޓްރަކްޓަރގެ ފޯލްޓެއް ނޫން އެހެން ނަމަވެސް އެފަދަ ރެކޯޑެއް މުގުރާލީ އިންޑިއާގެ އިންސްޓްރަކްޓަރ އެއް. އިންސްޓްރަކްޓަރ އަކަށް ހުންނަ މީހާ ޖެހޭނެ ދަތުރު ދުޢާ އެކުދިން ލައްވާ ކިޔުއްވަން އޭރުން އަމާން ދަތުރަކަށް ވާނެ.
      "ފިރްބީ ދިލްހޭ ހިންދުސްތާނީ"