ޝަންގްރިއްލާ ރިސޯޓް ކައިރި މޫދަށް ވެއްޓުނު އައްޑޫ ސިޓީ ފްލައިންގ ސްކޫލްގެ ފްލައިޓު ދުއްވަން އިނީ ދިވެހި އަންހެން ދަރިވަރެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ބޯޓު ވެއްޓުނުއިރު ދުއްވަން އިނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އޭނާއާއެކު އެ ބޯޓުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އިންޑިއާ މީހެކެވެ.

މަރަދޫއަށް ނިސްބަތްވާ އަންހެން ކުއްޖާއަކީ ޕައިލެޓު ކޯސް ހަދަމުން އަންނަ ދަރިވަރަކެވެ.

މި ބޯޓު ވެއްޓިފައި ވަނީ އިންޖީނު ފެއިލްވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ބޯޓުގައި ތިބި ދެ މީހުންނަށްވެސް އެއްވެސް ވަރަކަށް އަނިޔާވެފައެއް ނުވެއެވެ.

އައްޑޫ ސިޓީ ގަމުގައި ތަމްރީނު ދިނުމަށް 13 ބޯޓާއި ދެ ފްލައިޓް ސިމިއުލޭޓަރސް ބޭނުން ކުރަމުން ދެެެއެވެ. މޫދަށް ޖެއްސުމާއެކު އަޑިއަށް ގޮސްފައި ވަނީ މީގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއް ބޯޓުކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަފާ

    އިންޑިއާ މީހަކާއެކު އަންހެން ކުއްޖަކު ދާކައްނުވާނެ

    117
    17
  2. ހމމ

    ނަފާ އަހަރުމެންގެ އެންމެ ރަނގަޅު އިންސްޓްރަކްޓަރާ ތި ބެހެނީ އިނގޭ

    24
    51
  3. ހަސަނު

    ބޯޓުގެ އިންޖީނު ފެެއިލް ވުމުގެ ސަބަބުން ބޯޓު ކަނޑަށް ޖެއްސީ. ވެއްޓުނީކީ ނޫން.

    72
    3
    • އަޓޯ

      ކަނޑަށް ލޭންޑް ނުކުރެވޭ ޒާތުގެ ފްލައިޓެއް ކަނޑަށް ނުޖެއްސޭނެ އެއަށް ކިޔާނީ އިންޖީން ފެއިލްވެ ކަނޑަށް ވެއްޓެން ދޫކޮށްލީއޭ ނުވަތަ އިމަރޖެންސީ ކްރޭޝް ލޭންޑިންއޭ ކިޔާލިޔަސް އޯކޭ. ދަތުރުގެ ރައްކާތެރިކަމަށް ހުރިހާ ދަރިވަރުން ވެސް ދަތުރު ދުޢާ ކިޔަން ހަނދާން ބަހައްޓާތި.

      26
      1
  4. ކޮސް

    އެހެންވެ މަބުނަނީ އަންހެން ކުދިން ތިބެން ޖެހޭނީ ބުރުގާ އަޅާފައި ގޭގައޭ. ގޭގައި އޮތްނަމަ ކަނޑަކަށް ނުވެއްޓުނީހެއްނު؟

    36
    105
    • ޙޫ

      ބަލާއެއް ކަލޭ އައްތަ އެނގޭނީ

      13
      9
    • ?‍♀️

      ތަރަގީ ޒަމާނުގައި މިކަހަލަ ބީތާއިން ވެސް އުޅޭ

      11
      12
    • ފިރިން

      ފިރިހެނުން ގޭގައި ތިބޭނަމަ އިރުއިރުކޮޅާ ހައިވޭތަކުގެ މަތިން އެކްސިޑެންޓެއް ނުވާނެ. އަންހެނުންވެސް ފިރިހެނުންވެސް ކޮންމެހެން ތިބެން ނުޖެހޭނެ ގޭގަ (އައިޑީލް އިސްލާމީ ހިލާފަތެއްގައި (އައިސިސް އެއް ތާލިބާނެއް ނޫނީ އެކަހަލަ މުނާފިގު ޖަމާއަތެއް ނޫން) އަންހެނުން ގޭގައި އުޅެވިދާނެ) . ކޮންމެ ތަނެއްގައި އުޅުނަސް އެކަމަށް މިންވަރު ކުރައްވައިފައި ވާނަމަ އެކްސިޑެންޓް ނުހިނގާ ނުދާނެ.

      16
      3
    • ނަން

      ފޯނާއި. ނުކުޅެ. ގުރުއާން ...ކިޔަވަބަލަ

  5. ޕައިލެޓް

    ފިރިހެން ދަސްކުރާ ކުއްޖަކު ކަނޑަކަށް ނުވެއްޓޭ. ތިވާނީ އިންސްޓްރަކްޓަރު އެހެން ކަމެއް ގެ ތަމްރީނެއް ދޭން އުޅުނީ ކަމަށް.

    49
    38
    • XD

      އެކީއްވެ ފިރިހެން ދަސްކުރާ ކުއްޖަކު ނުވެއްޓެންވީ. ފިރިހެނުންވެސް އަންހެނުންވެސް ދާންއޮތީ ހަމައެއްތާކަށް.

      11
      1
  6. ދަސްކުރާ

    ފިރިހެން ސޮރުމެންވެސް ބުނޭ ކިރިޔަ ކިރިޔާއޭ ނުވެއްޓެނީ. މިތިބެނީ ކުމާރާއެކު އެކަނި ވިއްޔާއޭ. ފެންނާނެ މީހަކު ނުހުންނާނެ ވިއްޔާއޭ

  7. Saabas

    ކޮންމެސް އެކައްޗެކޭ ކިޔާބަލަ ދޮންކަލޯ. ވެއްޓުނީއޭ ޖެއްސީއޭ ފޭބީއޭ ވެރުނީއޭ. މަ ހަމަ ވާނުވާގަ.

    8
    3
  8. އައްޔު

    ކުމާރު ދެއްކި ލީވަރަކުން އުޅެއުޅެ ފުލައިޓުގެ ހުންގާނެއް ނުގުޑި. ދެން ވެއްޓޭނީއެއްނު؟

    5
    1
  9. ނަފާ ބަލާބަ

    އެ އިންޑިޔާ އިންސްޓްރަކްޓަރޭ އެ މަންޖެ ފުރާނަ ސަލާމަތް ކުރީ، ކިހިނެއް ވެގެންތަ ތިއުޅެނީ؟

    8
    1
  10. ކުމާރު

    އިންސްޓްރަކްޓަރު ދެއްކި ލީވަރުން އުޅެ އުޅެ ފުލައިޓް ކޮންޓްރޯލެއް ނުވި. އެއަކީ އެކުއްޖާގެ ކުށެއް ނޫނެއްނު؟

    6
    4
  11. ބޯކިބާ

    ހަގީގަތަކީ ޑޮކްޓަރުކަމާއި ޕައިލެޓުކަމާއި އިލްމުވެރިކަމާއި ސައިންސުވެރިކަމުގައި ރާއްޖޭގެ އުތުރުމީހުން ތިބީ އަދިވެސް ދެކުނު މީހުނަށްވުރެ 100 އަހަރު ފަހަތުގަ. މީގެ މިސާލަކީ މާލޭމީހުން ކުޅުދުއްފުށީމީހުނަށް ބޮނބިތަޅާ ވަނެއްދީފަ އެރަށު ކުޅި ހަލާކުކުރަން އެއްބަސްކުރުވި ކުރުވުން. ދެކުނުމީހުން އެތިބީ ކުޅި ހިމާޔަތްކޮށްގެން ކެނޯދުއްވަން.

    11
    15
    • ހޯރައިއްބެ

      ނުބައި ނުލަފާ ކަމުންވެސް ކުރީގަ އުޅެނީ. އެޔަށް ކިޔަނީ ކިޔެވި ކިޔެވީނުން ޖާހިލުވުން

      18
      3
      • Bohalaaku

        ???

  12. ޢާދެ

    އަސްކަރީ ފްލައިޓްތަށް އެންމެ ގިނައިން ވެއްޓުނު ރިކޯޑް ވެސް އޮތީ އިންޑިއާ އަތުގަ. އިންޑިއާގެ އިންސްޓްރަކްޓަރެއް ހުރުމުން މި އޮތީ ރާއްޖޭގަވެސް އިންޖީން ފެއިލްވެ ވެއްޓުނު ފުރަތަމަ މަތިންދާ ބޯޓުގެ ރެކޯޑް އިންޑިއާގެ އިންސްޓްރަކަޓަރަށް ލިބިފަ. އިންޖީން ފެއިލް ވުމަކީ އިންސްޓްރަކްޓަރގެ ފޯލްޓެއް ނޫން އެހެން ނަމަވެސް އެފަދަ ރެކޯޑެއް މުގުރާލީ އިންޑިއާގެ އިންސްޓްރަކްޓަރ އެއް. އިންސްޓްރަކްޓަރ އަކަށް ހުންނަ މީހާ ޖެހޭނެ ދަތުރު ދުޢާ އެކުދިން ލައްވާ ކިޔުއްވަން އޭރުން އަމާން ދަތުރަކަށް ވާނެ.
    "ފިރްބީ ދިލްހޭ ހިންދުސްތާނީ"

    7
    3