މިއަދު ހަވީރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓް ކައިރިއަށް ކަނޑައަށް ޖެއްސި ފްލައިޓް އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައިކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫ ފްލައިންގ ސްކޫލްގައި ބޭނުން ކުރަމުން އަންނަ މި ފްލައިޓް ކަނޑަށް ޖެއްސީ އިންޖީން ފެއިލްވުމާއި ގުޅިގެންނެވެ. އެ ބޯޓު ކަނޑަށް ޖެއްސުމާއެކު ވަނީ އަޑިއަށް ގޮސްފައެވެ.

އެއެންޑީއެފް އިން ވިދާޅުވީ، ކަނޑަށް ބޯޓު ޖައްސާ އެ ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަަށެެވެ.

އަދި މި ފްލައިޓްގައި ތިބި ދެ މީހުން ޝަންގްރިއްލާ ރިސޯޓަށް ގެންދެވިފައިވާކަމަށް އެމްެއެންޑީއެފް އިން ވިދާޅުވިއެވެ. އިންޖީނު ފެއިލްވެގެން ކަނޑަށް ޖެއްސި މި ބޯޓު ދުއްވަން އިނީ އައްޑޫ ސިޓީ މަރަދޫ އަންހެނެކެވެ. އޭނާއަކީ އައްޑޫ ސިޓީ ފްލައިންގ ސްކޫލްގައި ޕައިލެޓަކަށް ވުމަށް ތަމްރީންވަމުން އަންނަ މީހެކެވެ. އޭނާއާއެކު ދެން އެ ބޯޓު ހުރީ އޭނާގެ އިންސްޓްރަކްޓަރެވެ. އެއީ އިންޑިއާ މީހެކެވެ.

"އެއާ ކްރާފްޓް އޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގައި ދެ މީހުންނަށް ހާނިކައެއް ވެފައެއް ނުވެއެވެ. "ވަގުތު"އާއި ވާހަކަދެއްކި މީހަކު ބުނީ، ބޯޓު އަޑިއަށް ދާން ފެށުމުން ދެ މީހުންވެސް ބޯޓުން ކަނޑަށް ފުންމާލި ކަމަށެވެ.

އައްޑޫ ސިޓީ ގަމުގައި ތަމްރީނު ދިނުމަށް 13 ބޯޓާއި ދެ ފްލައިޓް ސިމިއުލޭޓަރސް ބޭނުން ކުރަމުން ދެެެއެވެ. މޫދަށް ޖެއްސުމާއެކު އަޑިއަށް ގޮސްފައި ވަނީ މީގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޯޓުކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު މީހާ

    ކަނޑުގަ ހުރޭތަ 8.6 މީޓަރު ހުންނަ ހިސާބު ތައްވެސް.

    6
    9
    • ދެކަފި

      ލާމު މީހުން އަށް ތިކަން ނޭނގޭތޯ؟