ލ. ދަނބިދޫ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ރޯވެފައި ވަނީ އެރަށަށް ކަރަންޓް ދެމުން ގެންދާ ދެ އިންޖީނެއްގައެވެ.

އެ ދެ އިންޖީނުގައިވެސް ވަރަށް ބޮޑަށް ރޯވިއެވެ. މާގިނަ އިރުތަކެއް ނުވެ އެ ދެ އިންޖީނުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. ނަމަވެސް އެ ދެ އިންޖީނުވެސް ބޭނުން ނުކުރެވޭ ވަރަށްް ހަލާކުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދަނބިދޫ އިންޖީނުގޭގައި އަލިފާންގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ އިންޖީނު ގޭގައި ފުލުހުން ހަރަކާތްތެެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ފެނަކަ އިން ވިދާޅުވީ. ދަނބިދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން އެރަށުން ކަރަންޓް ކެނޑިފައިވާތީ އެރަަށަށް ކަރަންޓް ދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ.

އެ އިންޖީނުތަކުގައި ރޯވީ ކީއްވެގެން ކަމެއް އަދި ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަން

    ތެޔޮކޮޅު ވަގަށް ވިއްކާލާފައި އެކަން އޮއްބާލަން ރޯކޮށްލީ ނޫންބާ. ވަގުސަރުކާރު

  2. ކާފަގ

    އެމްއެންޑީއެފަށް ރިޕޯރޓް ކުރަންޖެހޭނީ އެމްއެންޑީއެފްއަށް ހިދުމަތެއް ދެވޭ ތަންތާގަ އެކަންޏެއް ނޫންތަ؟ އެރަށް އަނދާ ހުލިވިޔަސް ކައްދޫ ބަނދަރުގަ އޮންނަ މަނަވަރު ފުޅު އެރަށަކަށް ނުދާނެ. އެމީހުން ބަލާނީ މަސްދަތުރެއް އަޅާލާ ބޭނޭ މަސްކޮޅު ސިފައިންނަށް ކާންދޭ މީހާއަށް ވިއކާލައިގެން ލާރިކޮޅެއް ލިބޭތޯ.