ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމައްސަލައިގައި ބިޝާމް ދައްކަވާ ވާހަކަފުޅު ހައިކޯޓުން އަނެއްކާވެސް ދޮގުކޮށްފިއެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުވާ ކުރި ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާ ސާބިތުނުވުމުން އެމައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަކަށް ހައިކޯޓުގައި އެދިފައި ވާނެ ކަމަށް ބިޝާމް ވިދާޅުވެއެވެ. ނަމަވެސް ހައިކޯޓުން ވިދާޅުވަނީ އެފަދަ ހުއްދައަކަށް އެދިފައި ނެތް ކަމަށެވެ.
ހައިކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމައްސަލަ އިސްތިޢުނާފުކުރުމަށް ޤަސްދުކުރައްވާކަމަށް ވިދާޅުވެ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވީ ބުރާސްފަތި ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
މި ސިޓީގައި ވިދާޅުވެފައިވަނީ އެމައްސަލަ އިސްތިޢުނާފު ކުރެއްވުމަށް ޤަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީޢަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިޢުނާފުކުރުމަށް ހުށަހެޅުއްވުމުގެ ހުއްދަ ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ސިޓީއަށް، ހައިކޯޓުން، 2018 އޮގަސްޓް މަހުގެ 6 ވީ ހޯމަ ދުވަހު ދިން ޖަވާބުގައި ދަންނަވާފައިވާނީ، "ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން އިސްތިޢުނާފަށް ހުށަހަޅަން ޖެހޭ މުއްދަތުކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރގައި ބަޔާންކުރައްވާފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިޢުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ދެންނެވީމެވެ. އަދި މި ދެންނެވުނު މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ދަންނަވަމެވެ" މިފަދައިން ކަމަށް ހައިކޯޓުން ވިދާޅުވެއެވެ.
އެ މުޢާމަލާތުގެ އިތުރުން ހައިކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކަމަށް ހައިކޯޓުން ވިދާޅުވިއެވެ. އަދި 2018، 6 އޮގަސްޓުގައި ހައި ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް މައްސަލަ އިސްތިޢުނާފު ކުރައްވާކަށްވެސް އަދި އިސްތިޢުނާފު ކުރެއްވުމުގެ ހުއްދައަށް އަދިވެސް ހައި ކޯޓަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ހައިކޯޓުން ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި ބިޝާމް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމުގެ ތުހުމަތު ކުރެވިފައި ވާއިރު ބިޝާމްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ އިން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
ބިސާމުގެ ފޫކޮޅު ފެނިފަ މަޖްލިސް ރައީސް އެއިންނަވަނީ އިތުބާރު ނެތްކަމަށް މައްސަލަ ވައްދަންވެސް ބޭނުން ނުވެފަ
ޕީޖީ ވެސް އަދި ކޯޓުން ވެސް ވިދާޅުވަނީ ތެދު މައްސަލަޔަކީ މިސްއަންޑަސްޓޭންޑިން ޕީޖީން ވިސްނިފާ އޮތްގޮތުން ޕީޖީން ވަނީ ހުއްދައަށް އެދި ސިޓީއެއް ހުށަހަޅާފަ . ގަވާއިދުގަ ވާގޮތުން ހުއްދަ އަށް އެދިވެސް ހުށަހަލަންޖެހެނީ މައްސަލަ ސަރީއަތަށް ހުށަހަޅާގޮތަށް މިތަފާތުގެ ސަބަބުން އޮޅުންވަނީ އަރާފަ . ވީމާ ޕީޖީ ވެސް އަދި ކޯޓުންވެސް ދޮގެއްނުހަދާ.
އެއޮތީ އެއްނު އިސްތިއުނާފް ކުރުމުގެ ހުއްދަދެއްވުން އެދެމޭ ޕީޖީ ގެ ސިޓީގަ އޮތްކަމަށް....އެބުނާ ގަވާއިދެއްގެ ދަށުން ވިޔަސް މަތިންވިޔަސް ދެންވެސް ސިޓީގައި ލިޔެވޭނީ ހަމަ އެހެންކަންނޭގެ...ކޮންމެވެސް ކަންތައްގަނޑެއް އެބައުޅޭ...ވަރަށް ނުބައި ގޭސްތަށް ގައުމުތެރޭ އަނބުރަން ފަށައިފި...
އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދި ދޯ ހައިކޯޓުގައި އެދުނީ. ދެން ހައިކޯޓުން އެއޮތީ ޖަވާބުދީފަ ގަވައިދުން މައްސަލަ ހުށައަޅަން. ޕީޖީ އިން މައްސަލަ ހުށައަޅާފަ އެއް ނެތް. އެހެންވީމާ ހުއްދައަށް އެދި ކޯޓަށްވާނީ ސިޓީފޮނުވާފައޭ ބުނެ ކޯޓުގެ ބޮލަަށް މައްސަލަ ކަނޑާ ނިންމާނުލެވޭނެ. ޕީޖީ ދަންނާނެ އިސްތިއުނާފް ނުކުރާކަން. ހައިކޯޓުން ފޮނުވި ޖަވާބުގައި އޮތީ ކީކޭކަން. ހައިކޯޓުން ޕީޖީ އެހަދަނީ ދޮގެއްކަމަށް ބުނުމުން ހައިކޯޓަށް ސިޓީ ފޮނުވި ޕީޖީ ވަރަށް ރަނގަޅަށް ރިކޯޑް ބަލަހައްޓާ
ޕީޖީ ތިޔަކަމުގައި ބެދޭ. މިއަކު އޮޅުމެއް ނެތް. ޕީޖީ ހެދީ ދޮގު. އެހެނީ ހުއްދައަކަށް އެދި ފޮނުވި ސިޓީއަށް ހައިކޯޓުން މައްސަލަ ކުރިއަށް ގެންދަންވީގޮތުގެ ޖަވާބު ދީފައި އޮއްވާ ދެން އަލަކުން ނުބުނެވޭނެ ހުއްދައަކަށްވާނީ އެދިފައޭ. ޕީޖީ ރިކޯޑް ބަލަހައްޓާކަން ސާބިތުކުރަން ކޯޓަށް ފޮނުވި ސިޓީގެ ތާރީޚު ހާމަކުރީ ހިތުން ހައިކޯޓު ލަދުވެސް ގަންނުވާލަން. އެކަމަކު އެސިޓީއަށް ކޯޓުން ދިން ޖަވާބު ހާމަކުރަން ބޭނުންނުވީ ޕީޖީ ހެދި ދޮގު އަމިއްލައަށް ބޭޒާރުކުރަން ބޭނުނުން ނުވާތީ. ކޯޓުން މިކުރިކަމަކީ ޕީޖީ ދެފެންދޭތެރެއަށް ދޫކުރި ތެދެއްހެން ހީވާ ދޮގު އެއީ އޮޅުވާލުމެއްކަން ބޭޒާރުކޮށްލީ