އުތުރުގެ ތިން އަތޮޅަކަށް ފެރީ ދަތުރުކުރާ ލޯންޗަކުން މާގިނައިން ޓިކެޓް ވިއްކި މައްސަލައެއް ހޫނުވެ، 400 ވަރަކަށް މީހުންނަށް ރަށަށް ނުދެވި މާލޭގައި ތާށިވެއްޖެއެވެ.
ހއ.އަތޮޅާއި ހދ.އަތޮޅާއި ނ.އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރުމަށް ޓިކެޓް ނެގި މީހުން މިރޭ 20:30 އަށް ލޯންޗް ކައިރިއަށް ދިޔައިރު ޖާގައަށް ވުރެ ގިނަ މީހުން ފުރަން ގޮސް ލޯންޗަށް އެރުމުން ލޯންޗް ފުރޭ ގޮތެއް ނުވިއެވެ.
ލޯންޗްގެ ކެޕްޓަން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފުރޭ ގޮތް ނުވެފައި ވަނީ ލޯންޗްގެ އިންޖީނަށް މައްސަލައެއް ދިމާވެ ފާއިތުވި ތިން ދުވަހު ވެސް ދަތުރުނުކުރެވި އޮއްވާ އެ ތިންދުވަހަށް ވެސް ޓިކެޓް ވިއްކުމުން ކަމަށެވެ.
ކެޕްޓަން ބުނީ ދަތުރު ނުކުރާ ދުވަސްތަކަށް ޓިކެޓް ވިއްކިކަން އޭނާ އަށް ނޭނގޭ ކަމަށެވެ.
ލޯންޗްގެ ޓިކެޓް ވިއްކި މީހާ އާއި ސުވާލު ކުރުމަށް ފުލުހުން ވަނީ މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގިނަ އަދަދެއްގެ ޓިކެޓް ވިއްކާފައި ވަނީ 103 މީހުންގެ ޖާގައިގެ ލޯންޗަކުންނެވެ. މިރޭ ލޯންޗް ފުރާ ގަޑިއަށް 400 މީހުން އެއްނަމްބަރު ފާލަން ކައިރިއަށް ދިޔަ ނަމަވެސް މިހާރު ބައެއް މީހުން ވަނީ ލޯންޗްގައި ނުދެވޭނެ ކަމަށް ނިންމުމަށް ފަހު އެސަރަހައްދުން ގޮސްފައެވެ. ނަމަވެސް އަދިވެސް ލޯންޗްގައި 120 ވަރަކަށް މީހުން އެބަތިއްބެވެ.
ފުލުހުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރިފަންޑް ދިނުމުން ލޯންޗުން ފައިބަން ބޭނުންވާ މީހުން ހޯދާށެވެ.
މިމައްސަލަ އާއި ގުޅިގެން ފެރީ އޮޕަރޭޓް ކުރާ ކުންފުނީގެ ރަސްމީ ބަހެއް ނުލިބެއެވެ.
ފުލުހުން ނާއި ނޫސް ވެރިން ޓެކްސީ ތަކުގެ ފަހަތުން ދުވޭ. ނަހުލާ ދާނެ އަތަށް އަންގި ލައްވާގެން ރައްޔިތުންނާ ތަޅަން. ދިވެހިރާއްޖޭގަ ހައްލު ނުވެ އޮތީ ހަމަ އެކަނި ޓެކްސީ ގަވައިދު.
ތިލޯޗުފެރީ ވަރައް އިތުބާރު ކުޑަ މަށައް ރާއްޖޭގަ އެންމެ އިތުބާރުބޮޑު ދަތުރުފަތުރުގެ ނިޒާމަކީ ކުޅުދުއްފުށީ ބޯޓުފަހަރު
ކޮންފޮޓް އެކުސްޕްރެސްތަތީ އަނެއްކާ
ނިމިދިޔަ ސަރުކާރުން ފަޅުތައް ވިއްކާލިގޮތަށް ތިޔޮތީވެފަ
ނިމިދިޔަ ސަރުކާރެކޭ ވީދޭނެ ކަމެއް ނެތް. ވަގުވޯޓުން ވެރިކަމަށް އައިސް މިސަރުކާރުން ވިއްކަނީ ދިވެހިންގެ އަމިއްލަބިންތައް. ދެން ސަހަރޯ އަދިގޮވާނެ.
ކާކުތަ ވަގު ވޯޓުލީ، ކެކެކެ ވަގުން ގެ ސަރުކާރު އުފެއްދި ވަގުން ތަށް އަދިިވެސް ތި ތުއުޅެނީ، މުލު ވަގުކަލޭގެ ހައްޔަރުކުރޭ އަވަހަށް
އެންމެ މިއޮތްހާދުވަހު މާލޭގައި ތިބެފައި އެއްދުވަހާ ފުރަންދިމާކުރާތީ ވާގޮތްތީ. އީދަށް ދަތުރުކުރާ ފަރާތްތަކުން ހަފްތާއެއްވަރުކުރިން ޗުއްޓީނެގެންތިބި މީހުން ދަތުރުކުރުން ބުއްދިވެރި.
ކޮންފޮޓަބަލްވީތަ؟؟؟؟؟